ބޮޑު އަގު ނަގާ ޓެކްސީއެއްގެ ޝަކުވާ ހުށަހަޅައިފިނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނަން: ފުލުހުން

ޓެކްސީއެއް ސިނަމާލެ ބްރިޖަށް އަރާއިރު ފުލުހަކު މަގު ދައްކައިގެން. ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ޓެކްސީތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި -- ފޮޓޯ: އަދަދު

ޓެކްސީއެއް ސިނަމާލެ ބްރިޖަށް އަރާއިރު ފުލުހަކު މަގު ދައްކައިގެން. ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ޓެކްސީތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި -- ފޮޓޯ: އަދަދު

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ސަރުކާރުން ހުއްދަ ނުދެނީސް، އަމިއްލަ އަގުތަކެއްގައި ޓެކްސީތަކުން ދަތުރުކުރަމުންދާތީ ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވެސް ބުނެފި އެވެ.

ޓެކްސީތަކުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ހޮނިހިރު ދުވަހުން ފެށިގެން ދަތުރުކުރަމުންދާތީ "އަދަދު" އިން ސުވާލުކުރުމުން ފުލުހުން ބުނީ އެ ފަދަ މައްސަލައެއް ހުށަހަޅައިފިނަމަ ބަލާނެ ކަމަށެވެ.

"އެފަދަ މައްސަލައެއް ހުށަހަޅައިފި ކަމުގައިވާނަމަ އެ މައްސަލައެއް ބަލައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވި އެވެ.

މިފަދަ އެއްވެސް މައްސަލައަކާ ގުޅިގެން މިހާތަނަށް އެއްވެސް ޓެކްސީއެއް ނުވަތަ ޓެކްސީ ސެންޓަރަކާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގެއް ނުނެގުމަށާއި އަދި ޓެކްސީގެ ހިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް މިއަދު ޓްރާންސްޕޯޓު މިނިސްޓްރީން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

"ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ގަވާއިދު ނަންބަރު 1475-R/2013 (ޓެކްސީ ގަވާއިދު) ގެ 20 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ،" ޓްރާންސްޕޯޓުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

ޖުމްލަ 16 ޓެކްސީ ސެންޓަރު ހިމެނޭހެން އަގު ބޮޑުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅީ މާޗް 7، 2022 ގަ އެވެ. ނަމަވެސް، އަގުތައް ބަދަލުކުރަން ހުއްދަ ނުދިނުމުން މިދިޔަ ހަފްތާގެ ހޯމަ އަދި ބުރާސްފަތި ދުވަހު ޓެކްސީ ޑްރައިވަރުން މުޒާހަރާ ވެސް ކުރި އެވެ.

މުޒާހަރާގެ ބައިވެރިން މިދިޔަ ބުރާސްފަތި ދުވަހު ކާރުތަކާއެކު މާލެ އައުމަށް ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން ހުއްޓުވި އެވެ. އެއާއެކު، ހޮނިހިރު ދުވަހުން ފެށިގެން ނަގަމުން އަންނަނީ ބޮޑުކުރި އަގުތަކެވެ.

ބައެއް ޓެކްސީތަކުން މާލެ ތެރޭގެ ދަތުރުތައް ކުރަނީ ރަސްމީކޮށް ނެގުމަށް ހުއްދަ އޮންނަ 25ރ. ގެ ބަދަލުގައި ފަސް ރުފިޔާ ބޮޑުކޮށް 30ރ. އަށެވެ. އަދި މާލެއިން ހުޅުމާލެ އަށް ބައެއް ޓެކްސީތަކުން ދަތުރު ކުރަނީ 100ރ. އަށެވެ. މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް އަސްލު ނެގޭނީ 75ރ. އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox