އާބާދީގެ ނިސްބަތުން ކޮވިޑުގައި އެންމެ ގިނަ މީހުން މަރުވީ ރާއްޖޭގައި ކަމަށް ބުނެ ޝުޖާއު ދޮގު ހަދައިފި

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އާބާދީގެ ނިސްބަތުން ކޮވިޑުގައި އެންމެ ގިނަ މީހުން މަރުވީ ރާއްޖޭގައި ކަމަށް ބުނެ އޭނާ ވަނީ ދޮގުހަދާފަ --- ފޮޓޯ: މަޖިލިސް އިދާރާ

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު: އާބާދީގެ ނިސްބަތުން ކޮވިޑުގައި އެންމެ ގިނަ މީހުން މަރުވީ ރާއްޖޭގައި ކަމަށް ބުނެ އޭނާ ވަނީ ދޮގުހަދާފަ --- ފޮޓޯ: މަޖިލިސް އިދާރާ

އާބާދީގެ ނިސްބަތުން ކޮވިޑުގެ ބަލިމަޑުކަމުގައި އެންމެ ގިނަ މީހުން މަރުވީ ރާއްޖޭގައި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ދޮގު ހައްދަވައިފި އެވެ.

ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި ޖަލްސާގައި، ކޮވިޑު ދުވަސްވަރު އޮތް އެ ޕާޓީގެ ވެރިކަމުގައި އެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރި މަސައްކަތްތައް އޭރުގެ ވެރިން ވަނީ ފާހަގަކޮށްފަ އެވެ.

އެކަމަށް ރައްދު ދެއްވާ އެކްސްގައި ކުރި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ކޮވިޑުގައި އެމްޑީޕީން އެޅި ދޯދިޔާ ފިޔަވަޅުތަކުގެ ސަބަބުން އަދިވެސް ގައުމު އަރައިގަނެފައިނުވާ ކަމަށެވެ. އެގޮތުން، ވެންޓިލޭޓަރުތަކުގެ މައްސަލައާއި ފައިސާ ޗާޕުކުރި މައްސަލަ އޭނާ ފާހަގަކުރެއްވި އެވެ.

"މިރޭ އެމްޑީޕީ ޖަލްސާގައި އޮތީ ކޮވިޑް މެނޭޖު ކުރި މޮޅުގޮތް ކިޔާދިނުން. އާބާދީގެ ނިސްބަތުން ކޮވިޑް ބަލީގައި އެންމެ ގިނަ ރައްޔިތުން ނިޔާވީ ދިވެހިރާއްޖޭގަ. ތާހިރެއްނު. ވަރަށް މޮޅެއްނޫންތޯ ތިބޭފުޅުން މިބަލިން ދިވެހީން ރައްކާތެެރި ކުރުމަށް އެޅި މޮޅު ފިޔަވަޅުތައް،" އެ ޕޯސްޓުގައި އޭނާ ލިޔުއްވާފައިވެ އެވެ.

ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 316 އެވެ. މި ބަލިމަޑުކަމުގެ ރަސްމީ ނަމްބަރުތައް ބަލަހައްޓަމުންދާ އެތައް މަސްދަރަކުން ފެންނަން ހުރި ގޮތުގައި މިއީ އާބާދީގެ ނިސްބަތުން ގައުމަކުން މަރުވި އެންމެ ގިނަ އަދަދެއް ނޫނެވެ.

ކޮވިޑުގެ މަރުތަކުގެ ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި މި ބަލިމަޑުކަމުގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން މަރުވީ ޕެރޫ ގަ އެވެ. އެއީ ކޮންމެ މިލިއަނަކުން 6،595 މީހުންނެވެ. ދެވަނައިގައި ބަލްގޭރިއާ އޮތް އިރު ތިންވަނައިގައި އޮތީ ހަންގޭރީ އެވެ.

މި ލިސްޓުގައި ރާއްޖެ އޮތީ 132 ވަނައިގަ އެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ އެތައް ގައުމަކާ އަޅާބަލާއިރުވެސް ރަނގަޅު ދަރަޖައެއްކަން ފާހަގަކޮށްލެވެ އެވެ.

އޭގެއިތުރުން، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭ އެ ބަލިން ރައްކާތެރިވުމަށް އަދި އެ ބަލިމަޑުކަމާއެކު އުޅުމަށް ގިނަ މަސައްކަތްތަކެއް ކޮށް އެންމެ ފުރަތަމަ ބޯޑަރު ހުޅުވި ގައުމަތުގައިވެސް ރާއްޖެ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox