ރަސްމާލެއިން ގަންނަ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނޯންނާނެ: މުއްތަލިބު

ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު: ރަސްމާލެ ވޯޓާފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވަނީ މުއްތަލިބު --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު: ރަސްމާލެ ވޯޓާފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވަނީ މުއްތަލިބު --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ރަސްމާލެ މަޝްރޫއުގެ ދަށުން ތަންތަން ގަންނަ ފަރާތްތަކަށް ކުލީގެ މުއްދަތު އާކުރުމުގެ ނުވަތަ އެ މުދާ ދާއިމީ ގޮތެއްގައި މިލްކުކޮށްގެން ތިބުމުގެ އެއްވެސް އިހުތިޔާރެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ އިޒްރޭލުގެ ރައްޔިތުން ރާއްޖޭގައި ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި އޭނާގެ ލިންކްޑްއިން އެކައުންޓުގައި ޝާއިއުކުރެއްވި ލިޔުމެއްގަ އެވެ.

މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ބިން ނުވަތަ ޔުނިޓްތައް ދޫކުރާނީ ވަކި މުއްދަތަކަށް ކަމަށާއި، އެއްވެސް ފަރާތަކަށް އެތަންތަން ފްރީހޯލްޑް ނުވަތަ އަމިއްލަ މިލްކަކަށް ނުހެދޭނެ ކަމަށެވެ. އަދި ބިން އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ކުލީގެ މުއްދަތު އާކުރުމާއި ދާއިމީކޮށް މުދާ މިލްކުކުރުމުގެ އިހުތިޔާރެއް އެއްވެސް ފަރާތަކަށް ނޯންނާނެ،" މުއްތަލިބު ވިދާޅުވި އެވެ.

ރަސްމާލެއާ ގުޅޭގޮތުން އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަކީ ފަލަސްތީނުގެ މައްސަލައާ ގުޅިފައިވާ ކަންކަންކަން ފާހަގަކުރައްވަމުން މުއްތަލިބު ވިދާޅުވީ، އިޒްރޭލުގެ ރައްޔިތުން ވަޒަންވެރިކުރުވަން އުޅޭ ކަމަށް ބުނެ ފަތުރަނީ އެއްވެސް އަސާސެއް ނެތް ބިރުވެރިކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޒަޔަނިސްޓުންގެ މަޝްރޫއަކީ އެހެން ގައުމުތަކުގައި ތިބި ޔަހޫދީން އިޒްރޭލަށް ގެންގޮސް ވަޒަންވެރިކުރުވުމެވެ. އަދި މިނިވަން މުސްތަގިއްލު ގައުމެއްގައި ބޭރު މީހުން ގެދޮރު ގަތުމުން އެފަދަ އަތްގަދަކުރުމެއް ހިނގާފައިވާ ތާރީހީ އެއްވެސް މިސާލެއް ދުނިޔޭގެ އެއްވެސް ތަނަކުން ފެންނަން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

މި ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިންމާފައިވާ ނިންމުމަށް އިޝާރާތް ކުރައްވައި މުއްތަލިބު ވިދާޅުވީ، ރިއަލް އެސްޓޭޓް މުއާމަލާތެއްގެ ތެރެއިން ސިއްރިޔާތުގައި އެ އުސޫލު ދޫކޮށްލާނެ ކަމަށް ބުނުމަކީ ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް އިން ވެސް ރާއްޖޭގެ އުސޫލުތަކަށް ބޯލަނބާނެ ކަމުގެ އިގުރާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލު ދެއްވަމުން މުއްތަލިބު ވިދާޅުވީ، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އެ ގައުމުގެ ކޮންޓްރޯލް އޮންނަ ފަރާތަކަށް މި މަޝްރޫއުގެ އެއްވެސް މަރުހަލާއެއްގައި ބައިވެރިނުވެވޭނެ ގޮތަށް އުސޫލުތައް ހަރުދަނާ ކުރާނެ ކަމަށެވެ. އަދި މުދާ ގަންނަ ފަރާތްތަކުން އެ މީހުންގެ ރައްޔިތުކަން ހާމަކޮށް އިގުރާރުވާން ޖެހޭނެ ކަމަށާއި، ދޮގު މައުލޫމާތު ދީފި ނަމަ އެއްބަސްވުން ބާތިލުކޮށް މުދާ ދައުލަތަށް ނެގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ރަސްމާލޭން ތަނެއް ގަތުމަކީ ދާއިމީ ރެސިޑެންސީއެއް ނުވަތަ ރައްޔިތުކަމެއް ލިބޭނެ ކަމެއް ނޫން ކަމަށާއި، މި މަޝްރޫއުގައި އަބަދުވެސް އިސްކަންދޭނީ ދިވެހިންނަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަމާޒަކީ ކޮންމެ ފިޔަވަހީގައި ވެސް ޔުނިޓްތަކުގެ ބޮޑު ބައެއް ދިވެހިންނަށް ގަނެވޭނެ ގޮތް ހެދުން ކަމަށެވެ.

ރަސްމާލެއިން ވިއްކާ ތަންތަނުގައި އެކަކަށް ނޫނީ ވަކި ގައުމަކަށް ނިސްބަތްވާ ބަޔަކަށް މާ ގިނަ ތަންތަން ގޮތަކަށް "އޯނާޝިޕް ކެޕް" ތަކެއް ތައާރަފުކުރާނެ ކަމަަށް ވެސް މުއްތަލިބު ވިދާޅުވި އެވެ. 

މުއްތަލިބުގެ ލިޔުން ނިންމަވާލެއްވީ ރާއްޖޭގެ އިގްތިސާދު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުންނެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އަމިއްލަ އިގުތިސޯދު ބިނާކޮށްގެން މެނުވީ ފަލަސްތީނު ފަދަ މައްސަލަތަކުގައި ރާއްޖެއިން ގެންގުޅޭ ސާބިތު އުސޫލުތައް ދެމެހެއްޓެން ނެތް ކަމަށެވެ.

ރަސްމާލެ މަޝްރޫއުގެ މައްސަލައިގައި އެއްވެސް ގޮތަކުން ގޯހެއް ނޫޅޭނެ ކަމަށް ބުނެ ސަރުކާރުން ޔަގީންކަން ދެމުން ދިޔަ ނަމަވެސް، މި ޕްރޮޖެކްޓާ ދެކޮޅު އަޑުތައް އަންނަނީ ގަދަވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox