ފުއްގިރި މައްސަލައިގައި ޔާމީނަށް ހުކުމް އިއްވުން މި މަހުގެ 29 ގައި

Oct 13, 2026, 7:20 PM
ކުރީގެ ރައީސް ޔާމީން: ޔާމީނަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމެއް މި ސަރުކާރުގެ ވެރިން ކުރިން ބުނެފައިވާ -- ފޮޓޯ: އަދަދު ފައިލް

ކުރީގެ ރައީސް ޔާމީން: ޔާމީނަށް ކުރަނީ ސިޔާސީ ދައުވާތަކެއް ކަމެއް މި ސަރުކާރުގެ ވެރިން ކުރިން ބުނެފައިވާ -- ފޮޓޯ: އަދަދު ފައިލް

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، މި މަހުގެ 29 ވަނަ ދުވަހު ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ.

މި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 11:00 ގައި އެވެ.

މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ނިންމާލާފައިވަނީ އިއްޔެ އާއި މިއަދު ބޭއްވި އަޑުއެހުންތަކުގައި މައްސަލައިގައި ހުލާސާ ބަޔާން ހުށަހަޅައި ނިމުމުންނެވެ. އިއްޔެ ދައުލަތުން ހުލާސާ ބަޔާން ހުށަހަޅާފައިވާއިރު، މިއަދު އޮތް އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވާފައިވަނީ ޔާމީންގެ ފަރާތުންނެވެ. 

ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ދެއްވި ހުލާސާ ބަޔާނުގައި ވިދާޅުވީ ފުއްގިރި މައްސަލައިގައި ރައީސް ޔާމީނާ ގުޅުވާލެވޭނެ އެއްވެސް ހަރުދަނާ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި،  މި މައްސަލައިގައި ފުރަތަމަ ހަ މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް، އެހެން ހުރިހާ ފަރާތްތަކެއް ސަލާމަތްވެ، މިހާރު ޝަރީއަތް ކުރިއަށްދަނީ ހަމައެކަނި ޔާމީނާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގީ ޔާމީނުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށް ދައުލަތުން ބުނެފި

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ކުރީގެ ރައީސް ޔާމީންގެ ސީދާ އިރުޝާދުގެ ދަށުން، އެމަނިކުފާނަށް ފައިސާ ހޯއްދެވުމަށް ހިންގާފައިވާ ކަމެއް ކަމަށް ފުއްގިރި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން ބުނެފިއެވެ.

ހަމްޒާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޔާމީންގެ އެކައުންޓަށް 1.1 މިލިއަން ޑޮލަރު ޖަމާވެފައިވަނީ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންސްއަށް 1.5 މިލިއަން ޑޮލަރަށް ރަށް ދޫކުރިތާ ނުވަ މަސް ދުވަސް ފަހުންނެވެ.

އެހާ ގިނަ ދުވަސް ފަހުން ޖަމާވި ފައިސާއަކާއި ކުރިން ހިނގި މުއާމަލާތަކާ ގުޅުވޭނެ ހަރުދަނާ ހެކިތަކެއް ހުންނަން ޖެހޭނެ ކަމަށް ހަމްޒާ ވިދާޅުވި އެވެ. އަދި މި މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ހުރިހާ ސިފައެއް ފެންނަން އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ސަން ކުންފުނިތަކުގެ މައްޗަށް ކުށް ސާބިތުނުވި ނިންމުން ދައުލަތުން އިސްތިއުނާފު ކޮށްފައި ނުވާ ކަމާއި، ކްރިކް ރިޒާގެ ދައުވާތައް އަނބުރާ ގެނެސް މައްސަލަ ފައިލްކޮށްފައިވަނީ އާދަޔާ ހިލާފު ގޮތަކަށް ކަމަށް ދިފާއުން ބުންޏެވެ.

ހަމަ އެހެންމެ، ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިން އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ބަޔާންތަކުގައި ފުށުއެރުންތައް ހުރި ކަމަށާއި، އެ މީހުންގެ ބަޔާންތައް ނަގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ޔާމީންގެ ވަކީލު ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި ޔާމީންގެ ފަރާތުން އެދިފައި ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއިން ބަރީއަވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެހެން ނަމަވެސް ދައުލަތުން ވަނީ އެމްއެމްޕީއާރުސީ ހިޔާނާތަކީ ޔާމީންގެ އިރުޝާދަށް ހިންގި ހިޔާނާތެއް ކަމަށް ބުނެ އޭނާގެ މައްޗަށް މި މައްސަލަ ސާބިތުކޮށްދޭން އެދިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox