ހުރާއިން ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކުރިމަތިލާން އަލުން ހުޅުވާލައިފި

ކ. ހުރާ: އެ ރަށުން ގޯތި ދޫކުރަން އަލުން ވަނީ ހުޅުވާލާފައި -- ފޮޓޯ: އެޗްޑީއެފްސީ

ކ. ހުރާ: އެ ރަށުން ގޯތި ދޫކުރަން އަލުން ވަނީ ހުޅުވާލާފައި -- ފޮޓޯ: އެޗްޑީއެފްސީ

ކ. ހުރާއިން ގޯތި ދޫކުރުމަށް ނިމިދިޔަ ދައުރުގެ ކައުންސިލުން މިދިޔަ އަހަރު އެކުލަވާލި އުސޫލަށް ޕީއެންސީގެ މެޖޯރިޓީ އޮތް އައު ކައުންސިލުން ބޮޑެތި ބަދަލުތައް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ. 

ހުރާ ކައުންސިލުން ނެރުނު އައު އުސޫލުގައި އަލަށް ހިމަނާފައިވަނީ ގޯއްޗަށް އެދޭ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ހުރާއިން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި ވާނަމަ ނުވަތަ އަމިއްލަ ފަރާތަކުން ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ނުވަތަ އިމާރާތެއްގެ ފްލެޓަކުން ނުވަތަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑުބައެއް ލިބިފައިވާނަމަ 60 ޕޮއިންޓް އުނިވާނެ ކަމަށެވެ. 

ރަށުގައި ދިރިއުޅޭކަމަށް ހެކިން ސޮއިކޮށްފައިވާ ލިޔުން ލާފައިވާ ނަމަވެސް، އެކަން އިތުރަށް ތަހުގީގު ކުރުމުގެ ފުރުސަތު ކޮމިޓީގެ މެންބަރުންނަށް ލިބިގެންވާ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ. ހުރާ ކައުންސިލުން ބުނީ މި އުސޫލުގެ މަގްސަދަކީ ކ. ހުރާގައި އާއިލާއާއެކު ދިރިއުޅޭ ފަރާތްތަކަށް ގޯތި ދިނުމުގައި އިސްކަން ދިނުން ކަމަށެވެ.

މި ގޮތުން އުފަންވީއްސުރެ ހުރާގެ ރަށްވެއްސެއްނަމަ ޕޮއިންޓް ދިނުމުގެ އުސޫލުގެ ދަށުން 35 ޕޮއިންޓް ދޭން ވަނީ ނިންމާފަ އެވެ. ކުރިން އުސޫލު އޮތްގޮތުން ހުރާގެ ރަށްވެހިންނަށް ލިބެނީ 30 ޕޮއިންޓެވެ. 

ހުރާއިން ދޫކުރުމަށް ހަމަޖެހިފައި ވަނީ 1،500 އަކަފޫޓުގެ 150 ގޯއްޗެވެ. ގޯއްޗަށް ކުރިމަތިލާން ހުޅުވާލީ އޮކްޓޯބަރު 11، 2026 އިން ފެށިގެން އޮކްޓޯބަރު 15، 2026، ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އެގޮތުން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށެވެ.

ފޯމް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލިޔަސް، ކުރިން ލާފައިވާ އެއްވެސް ފޯމެއް ބާތިލުނުވާނެ ކަމަށް ކައުންސިލުން ބުންޏެވެ. ނަމަވެސް ފޯމުތަކަށް މާކްސް ދިނުމުގައި ބަލާނީ އިސްލާހު ކުރެވިފައިވާ އުސޫލަށެވެ. 

މީގެއިތުރުން ކުރިން ފޯމު ލާފައިވާ މީހަކު އަލުން ފޯމުލާނަމަ ކުރިން ހުށަހެޅި ފޯމު ބާތިލުވާއިރު، އިއުލާނާ ގުޅިގެން ހުށަހަޅާ މާކްސް ދިނުމާއި ރެކޯޑު ސާފުކުރުމުގައި ބަލާނީ އޮގަސްޓް 3، 2025، ގައި ކުރި އިއުލާނުގެ ތާރީހާ ހަމައަށެވެ. 

ހުރާގެ ނިމިދިޔަ ކައުންސިލުން ގޯތި ދޫކުރުމަށް ހުޅުވާލުމާ ގުޅިގެން ގިނަ ބަޔަކު ފޯމު ހުށަހެޅި އެވެ. އެގޮތުން އެ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ގާތްގަނޑަކަށްހެން ކައުންސިލުން އޮތީ ނިންމާފަ އެވެ. 

ނިމިދިޔަ ދައުރުގެ ކައުންސިލުން ހުރާއިން ގޯތި ދޫކުރުމުގެ އުސޫލު ޖޫން 23، 2025، ގައި އާންމުކުރި އެވެ. އެއަށްފަހު ގޯއްޗަށް ކުރިމަތިލާން އޮގަސްޓް 25، 2025، އިން ފެށިގެން ސެޕްޓެމްބަރު 23، 2025، ގެ ނިޔަލަށް ހުޅުވާލި އެވެ. އެއަށްފަހު މިދިޔަ ދައުރުގެ ކައުންސިލުން ދެ ފަހަރެއްގެ މަތިން ގޯތި ދިނުމުގެ އުސޫލަށް ބަދަލުގެނަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox