ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ދިވެހި ސަރުކާރުން ނުފޫޒު ފޯރުވަން އުޅުމުން: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނުފޫޒު ފޯރުވަން އުޅުނީ އޮނަރަރީ ކޮންސުލްގެ މަގާމަށް މީހަކު ހޮވަން -- ފޮޓޯ: އަދަދު

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނުފޫޒު ފޯރުވަން އުޅުނީ އޮނަރަރީ ކޮންސުލްގެ މަގާމަށް މީހަކު ހޮވަން -- ފޮޓޯ: އަދަދު

ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސުލޭޓު އޮފީސް ބަންދުކުރީ، ދިވެހި ސަރުކާރުން ނުފޫޒު ފޯރުވަން އުޅުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި އެވެ.

މިކަމާ ގުޅޭގޮތުން ނަޝީދު އެކްސްގައި ވިދާޅުވީ، ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސުލޭޓް އޮފީސް ބަންދުކުރަން ނިންމުމަކީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. މިއީ އަނެއްކާ ވެސް ސަރުކާރުގެ ނުރަނގަޅު ސިޔާސަތުތަކުގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި، ސަރުކާރުން ބޭނުންވީ ރާއްޖޭގައި ހުންނަވާ އޮނަރަރީ ކޮންސުލްގެ މަގާމަށް އެ މީހުން ބޭނުންވާ ވަކި މީހަކު ހަމަޖެއްސުމަށެވެ. އަދި މިކަމާ މެދު ޖަރުމަނު ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ލަންކާގައި ހުންނަ ޖަރުމަނު އެމްބަސީން ނެރުނު މައުލޫމާތުގައި ބުނެފައިވަނީ، ވަކި ގޮތެއް އަންގަންދެން ރާއްޖޭގައި ހުންނަ އޮނަރަރީ ކޮންސުލްގެ އޮފީސް ބަންދުކުރަން ޖެހިފައިވާ ކަމަށެވެ. އެ ގައުމުން އިތުރު އެއްވެސް މައުލޫމާތެއް ހާމަނުކުރެ އެވެ.

ޖަރުމަނު ސަރުކާރުން ރާއްޖޭގައި ކޮންސުލް އޮފީހެއް ހުޅުވީ 2019 ގައި އެވެ. އޭރުން ފެށިގެން ޖަރުމަނުގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ހުންނަވަނީ ޔުނިވާސަލް އާއިލާގެ ސަންޖޭ އިބްރާހިމް މަނިކެވެ.

ޖަރުމަނަކީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ރާއްޖޭގައި ވިސާ އެޕްލިކޭޝަން ސެންޓަރެއް ހިންގާ ހަމައެކަނި ގައުމަށް ވާއިރު، މީގެ ސަބަބުން އެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، ދެ ގައުމުގެ ސަަރުކާރުން ވެސް ރަސްމީކޮށް އެއްޗެއް ނުބުނާތީ އެ ސެންޓަރަށް ވާގޮތެއް އަދި ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox