ޔާމީނަށް އިންޑިއާ އައުޓެކޭ ނުގޮވޭނެ، ފުލުހުން ހުއްޓުވަންޖެހޭ: ނަޝީދު

Dec 21, 2021, 3:49 PM
އިންޑިއާ އުއުޓް ހަރަކާތުގައި ކުރީގެ ރައީސް ޔާމީން، ކ. ގުރައިދޫގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

އިންޑިއާ އުއުޓް ހަރަކާތުގައި ކުރީގެ ރައީސް ޔާމީން، ކ. ގުރައިދޫގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތް އެ ގޮތުގައި ހިންގިގެން ނުވާނެ ކަމަށާއި އެކަން ފުލުހުން ނުކުމެ ހުއްޓުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ މާލޭ ދާއިރާތަކުގެ ރައީސުންނާ ބައްލުކުރަން ސަލްޓަން ޕާކުގައި ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް ނުގޮވޭނެ" ކަމަށާއި އެއީ ރާއްޖެއަށް މަސްލަހަތު އޮތް ގޮތެއް ވެސް ނޫން ކަމަށެވެ.

އިންޑިއާ އައުޓް ނުގޮވޭނެ، ނުގޮވޭނެ. އެއީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ މަސްލަހަތާ ހިލާފު ކަމެއް. ކަނޑައެޅިގެން މި ރާއްޖޭގެ އެކިއެކި ތަންތަނުގައި ގޮވުމަކުން ނުހިނގޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެފަދަ ހަރަކާތްތަކަކީ ތަހުޒީބު އެއްވެސް ޑިމޮކްރަސީއެއްގައި ހިންގޭނެ ފަދަ ހަރަކާތެއް ނޫން ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ޔާމީންގެ ޓީޝާޓުގައި އިންޑިއާ އައުޓް ޖައްސަވައިގެން އެގޮތަށް ގޮވަން ނުކުމެވަޑައިގެނެވިގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީނަކަށް އިންޑިއާ އައުޓް ޖައްސަވައިގެނެއް ބޭރަށް ނުކުމެ ގޮވުމަކުންނެއް ނުހިންގެވޭނެ. އެއީ ދިވެހިރާއްޖޭގެ ފުލުހުން ނުކުމެ ހުއްޓަންޖެހޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަން ވުމާ ގުޅިގެން ޑިސެމްބަރު 3 ވަނަ ދުވަހުގެ ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންޑިއާގެ ޓައުނެއް ނޫން ކަމަށާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބާން ޖެހޭނެ ކަމަށެވެ.

ޔާމީންގެ އެ ކެމްޕޭނަށް ނަޝީދު ފާޑު ވިދާޅުވެފައިވާއިރު، އެމްއެންޕީން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ގައުމީ ހަރަކާތެއްގެ ގޮތުގައި ކަމަށް ބުނެ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.

"މިއީ ވަކި ބޭފުޅަކު އެ ބޭފުޅަކު އެ ބޭފުޅެއްގެ ސަރުކާރުގަ ހިނގާފަ ހުރި އެކި ކަންކަން ފޮރުވައި މަތި އަޅަން ހިންގާ ކެމްޕޭނެއް،" ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާމެދު ސުވާލު އުފައްދައި އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާތީ ދިވެހި ސަރުކާރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިންޑިއާއާއެކު މިހާރު ހަދާފައިވާ އެއްބަސްވުންތަކަށް ވާސިލުވުމުގެ އަސްލަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި އެކުލަވާލާފައިވާ އެކްޝަން ޕްލޭން ކަމާއި، އެ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ރާއްޖެއަށް މުހިންމު ކަމާއި ތަންފީޒުކުރުން ކުރިއަށް ގެންދިއުމަށް، ދެ ގައުމުގެ ބައްދުވުންތަކުގައި ކުރިން ފެށިގެން ވެސް އެދިފައިވާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ސިފައިން ވެސް އަދި އެ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ވިދާޅުވެފައިވެ އެވެ.

އެ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތާއި މިނިވަން ކަމަށް އެއްވެސް ގެއްލުމެއް ނެތް ކަމަށް، އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއާއެކު އޮތް ގުޅުން ހީނަރުވެ، ޗައިނާއާ ގުޅުން ބަދަހިކުރި އެވެ. މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނިގެންދަނީ، ޗައިނާއާ ދުރުވެ، އިންޑިއާގެ ގުޅުން ވަރުގަދަކޮށްފައިވާ މަންޒަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox