ގުޅީފަޅުގައި އިމާރާތް ކުރުމުގެ މަސައްކަތް ފަށަން ނިންމިއިރު އަދިވެސް ބިމުގެ ދިރާސާއެއް ނުހަދާ

ބަޔަކު ގުޅީފަޅަށް ގޮސް އެ މީހުންނަށް ދޫކޮށްފައިވާ ގޯތިތައް ބަލާލަނީ: މާހިރުން ބުނަނީ ބިންގަނޑު ހަމަނުޖެހެނީސް އުމްރާނީ ތަރައްގީގެ މަސައްކަތް ކޮށްފި ނަމަ ބޮޑެތި ގެއްލުންވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ބަޔަކު ގުޅީފަޅަށް ގޮސް އެ މީހުންނަށް ދޫކޮށްފައިވާ ގޯތިތައް ބަލާލަނީ: މާހިރުން ބުނަނީ ބިންގަނޑު ހަމަނުޖެހެނީސް އުމްރާނީ ތަރައްގީގެ މަސައްކަތް ކޮށްފި ނަމަ ބޮޑެތި ގެއްލުންވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ގުޅީފަޅުގެ ވެލިގަނޑު ހަމަޖެހެމުންދާ ގޮތުގެ ދިރާސާއެއް މިހާތަނަށް ހަދާފައި ނެތް ނަމަވެސް އެތަނުގައި އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރިއަށްގެންދަން ސަރުކާރުން ނިންމައިފި އެވެ.

ގުޅީފަޅުގައި 4000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ފަށަން ނިންމާފައިވާ ކަމަށް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް އެވެ. އޭނާ ވިދާޅުވީ، އިންޑިއާގެ އެލްއޯސީއެއްގެ ދަށުން ކުރިއަށްގެންދާ އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށެވެ.

ގުޅީފަޅުގެ ފުން ސަރަހައްދަކީ ރާއްޖޭގައި މިހާތަނަށް ހިއްކި އެންމެ ފުން ތަނެވެ. ހިއްކުމުގެ ކުރިން އެތަނުގެ ފުން މިނުގައި 15 މީޓަރު ހުއްޓެވެ. މި ސަރަހައްދު ހިއްކުމަށްފަހު ބިންގަނޑު ހަމަޖެހެމުންދާ ގޮތުގެ ފުރިހަމަ ދިރާސާއެއް ނުހަދާ، އުމްރާނީ ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށްގެންދިޔުން ނުރައްކާތެރިވާނެ ކަމަށް މާހިރުން މިހާރު ދަނީ ބުނަމުންނެވެ.

Advertisement

"ގުޅީފަޅުގައި މުަސްތަގުބަލުގައި ދިރިއުޅޭނެ ރައްޔިތުންގެ ރައްކާތެރިކަމާއި ލިބިދާނެ މާލީ ގެއްލުމާއި ގެއްލިދާނެ ވަގުތަށް ބަލާއިރު، ގުޅީފަޅުގެ ބިންގަނޑު ހަމަޖެހެމުންދާ ގޮތުގެ ދިރާސާތަކެއް ނުހަދާ އެތަން ތަރައްގީ ކުރާކަށްނުވާނެ،" ދިވެހި ކޯސްޓަލް އިންޖިނިއަރެއް ކަމަށްވާ ނަޝްވާން މަތީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ސެޓެލައިޓް ބޭނުންކޮށްގެން ދިރާސާކުރުމުގެ މަސައްކަތް ވެސް ކުރައްވާ ނަޝްވާން އިތުރަށް ވިދާޅުވެފައި ވަނީ، ބިންގަނޑު ރަނގަޅަށް ހަމަނުޖެހެނީސް އިމާރާތްތަކާއި އުމްރާނީ ތަރައްގީގެ އެހެނިހެން މަސައްކަތްތައް ކުރިއަށްގެންގޮސްފި ނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުން އެކަށީގެންވާ ކަމަށެވެ. 

"ބިންގަނޑު ރަނގަޅަށް ހަމަނުޖެހޭ ނަމަ، އިމާރާތްތައް އަރިވެ، ގަނބައިގަތުމުގެ އިތުރުން ވެއްޓިދާނެ. ބިންގަނޑު ހަމަނުޖެހޭ ނަމަ ޔުޓިލިޓީ އާއި މަގުތައް ވެސް ހަލާކުވާނެ. އެހެން ސަރަހައްދުތަކަށް ވުރެ ގުޅީފަޅުގެ ފުން ސަރަހައްދުގައި މި މައްސަލަ ބޮޑުވެދާނެ،" ނަޝްވާން ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox