އެމްއެންޕީގެ "ހަމަލާ" އިންޑިއާ އައުޓް ކެމްޕެއިން އަށް

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ:އެމްއެންޕީ

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ:އެމްއެންޕީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ހާރީޖީ ސިޔާސަތު ހާމަކޮށް، ފުރަތަމަ "ހަމަލާ" ޕީޕީއެމް-ޕީއެންސީ ހިމެނޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ދޫކޮށްލައިފި އެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ގައުމީ ހަރަކާތެއްގެ ގޮތުގައި ކަމަށް ބުނެ އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.

"މިއީ ވަކި ބޭފުޅަކު އެ ބޭފުޅަކު އެ ބޭފުޅެއްގެ ސަރުކާރުގަ ހިނގާފަ ހުރި އެކި ކަންކަން ފޮރުވައި މަތި އަޅަން ހިންގާ ކެމްޕޭނެއް،" ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރަތް ކުރައްވައި ނާޒިމް ވިދާޅުވި އެވެ.

Advertisement

"މިއީ ގައުމީ ކެމްޕޭނެއް ނޫން. އެމްއެންޕީން ގަބޫލެއް ނުކުރަން އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ކެމްޕޭނެއް ކަމަކަށް."

ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް، އިދިކޮޅުގެ އެ ހަރަކާތް ސިފަކުރެއްވީ ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ. އޭގެ ނޭދެވޭ އަސަރާއި، ގެއްލުން ކައިރި މުސްތަގްބަލެއްގައި ރާއްޖެއަށް ކުރާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެހެންވެ، އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިނުވުމަށް އޭނާ އިލްތިމާސްކުރެއްވެވި އެވެ.

ނާޒިމު ވިދާޅުވި ގޮތުގައި ރާއްޖެ އަށް އެންމެ ހެޔޮ ގޮތަކީ ވަކި ގައުމެއްގެ ކޮޅަކަށް ގޮސް ހުސްނުވެ އޮންނަ، ހުރިހާ ގައުމަކަށް ވެސް ހަމަހަމަ ހާރިޖީ ސިޔާސަތެކެވެ. އޭނާގެ ޕާޓީގެ ވެރިކަމެއްގައި ބައްޓަން ކުރާނީ އެފަދަ ހާރިޖީ ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.

"ކޮވިޑް ތެރޭގައި އެއް ގައުމަކުން އުނދުހުމުގެ ބަބުލްއެއް ހުޅުވާލި، އޭގެ ސަބަބުން ދިވެހިރާއްޖެއަށް ކިހާ ބޮޑު ނަފާތަކެއްތޯ ލިބުނީ. އަޅުގަނޑުމެންގެ ހުރިހާ ގެސްޓު ހައުސްތަކެއް ފުރިގެން ދިޔަ. އެ ގައުމާއި ދޭތެރޭގައި އޭރު ގުޅުން ނެތް ނަމަ އެ ބަބުލްއެއް ނޯންނާނެ" ކޮވިޑްގެ ދަތި ކަމުގެ ތެރޭގައި ވެސް އިންޑިއާއިން ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކޮށް ރާއްޖޭގެ އެންމެ ބޮޑު މާކެޓަކަށް އެ ގައުމު ވެފައިވާތީ އެކަމަށް އިޝާރާތްކޮށް ނާޒިމު ވިދާޅުވި އެވެ.

"އިންޑީއާ ސަރުކާރުން އެ ބަބުލް ހުޅުވާލީމަ، އިންޑިއާއިން ފުރައިގެން ދާން އޮތް ގާތްގަނޑަކަށް ބިލިއަނެއްހާ މީހުން (އެހެން ގައުމުތަކަށް) ދާން މިޖެހުނީ ރާއްޖެ މެދުވެރިކޮށް. ރާއްޖޭގެ އެނދެއް (ހުސްކޮށް) ނެތް، ގޭގޭގައި މީހުން ނިންދަވައިގެން އަޅުގަނޑުމެނަށް ނަފާ ލިބިގެން ދިޔަ. އެއީ ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން އޮތުމުން އަންނަ ކަންކަން."

ސަރުކާރުން އިންޑިއާ އަށް މާބޮޑަަށް ބަރޯސާވުމަކީ ވެސް ގޯހެއްކަން ނާޒިމް ގަބޫލުކުރެއްވި އެވެ. އޭގެ ސަބަބުން ލިބޭ ހާރިޖީ ގެއްލުންތައް އޭނާ ކިޔައިދިނީ ކުރީ ސަރުކާރުން ގާތް ގުޅުމެއް ބޭއްވި ޗައިނާގެ އެހީ ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއަށް ލިބިގެން ނުދާކަން ފާހަގަކުރަމުންނެވެ.

"ދުނިޔެ އެއްކޮށް އޮތީ ބަންދުކޮށް، އެ އޮންނަ އޮތުން އަޅުގަނޑު މި ދަންނަވަނީ ޗައިނާ އާއި ރާއްޖެއާ އޮތް ގުޅުން ރަނގަޅު ނަމަ، ޗައިނާއިން ދިވެހިރާއްޖެ އަށް ފަތުރުވެރިން އައުމުގެ ފުރުސަތު ދިނުން ވަރަށް ގާތޭ،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި ހައުސިންގް މަޝްރޫއު ކުރިއަށް ގެންދިއުމަށް ޗައިނާއިން ދީފައިވާ ލޯންތައްވެސް ކޮވިޑްގެ ތެރޭގައި ހުއްޓިގެން ދިޔައީ ވެސް މި ސަރުކާރުން ޗައިނާއާއެކު ހަރުދަނާ ގުޅުމެއް ބޭއްވިފައި ނެތުމުން ކަމަށް ނާޒިމު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox