ބިމު އަޑީގައި ތާށިވި 46 މީހުން ދިރިތިއްބާ ފެނުމުގެ އުއްމީދު ބޮޑު

Sep 2, 2026, 11:16 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން، އެ ގައުމުގެ ރަސުވަގަދީ ހައިޑްރޯޕަވާ ޕްލާންޓުގެ ބިމުގެ އަޑީގައި ޗެމްބަރެއްގައި ތާށިވެފައިވާ ގިނަ ބަޔަކު، ހަފުތާއެއް ފަހުން ވެސް ދިރިތިއްބާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ނޭޕާލް އިލެކްޓްރިސިޓީ އޮތޯރިޓީގެ އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

ނޭޕާލް އިލެކްޓްރިސިޓީ އޮތޯރިޓީގެ ބޯޑު މެންބަރު އަމްޝޫ ކިރަން ޝާހީ ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަސުވަގަދީ ހައިޑްރޯޕަވާ ޕްލާންޓުގެ ބިމުގެ އަޑީގައިވާ ޓަނަލްގެ ތެރޭގައި ހުރި ކޮޓަރިއެއް ފަދަ ތަނެއްގައި 46 މަސައްކަތްތެރިން ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެ މީހުން ތާށިވެފައި ތިބި ތަނުގެ ތެރޭގައި ކާބޯތަކެއްޗާއި ފެން ހުރުމުގެ ސަބަބުން، ހަފުތާއެއް ވެފައިވީ ނަމަވެސް އެ އެންމެން ވެސް ދިރިތިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ޝާހީ ވިދާޅުވި އެވެ.

ޗައިނާ އާއި ނޭޕާލް ގުޅޭ ބޯޑަރު ކައިރީގައި ފަރުބަދައަކުން ސްނޯ ފައިބައިގެން އައި ގަނޑުފެނާއި، ހިލަޔާއި، ޗަކަ އަދި ކުނިބުނިތަކުގެ ސަބަބުން ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގައި ހަލާކުވި ހައިޑްރޯޕަވާ މަޝްރޫއުތަކުން މިހާތަނަށް 279 މީހަކު ނޭޕާލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ސަލާމަތްކޮށްފަ އެވެ.

ނަމަވެސް، މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން މަދުވެގެން 639 މީހަކު އަދިވެސް ނުފެނިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ތާށިވެފައި ތިބީ ހައިޑްރޯޕަވާ މަޝްރޫއުތަކާ ގުޅިފައިވާ ޓަނަލްތަކުގެ ތެރޭގައި ކަމަށް ބެލެވެ އެވެ. އެ މީހުން ހޯދުމަށްޓަކައި ނޭޕާލާއި، އިންޑިއާ އަދި ޗައިނާގެ ރެސްކިއު ޓީމުތަކުން ދަނީ ކޮނުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

ޑިސެމްބަރު 16 ވަނަ ދުވަހު އެނބުރި ގައުމަށް ދާން ބޭނުން: ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަންނަ ޑިސެމްބަރު 16 ގައި އެނބުރި ގައުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާކަން ހާމަކުރެއްވި ނަމަވެސް، އެ ގައުމުގެ މިހާރުގެ ސަރުކާރުން ވަނީ އެ ފުރުސަތު ނެތް ކަމަށް ބުނެފަ އެވެ. އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގުމުގެ ކުށުގައި މަރުގެ ހުކުމް އިއްވާފައިވާ ހަސީނާ، އިންޑިއާގެ ހިމާޔަތުގައި ހުންނަވައިގެން ގައުމުގެ ހަމަނުޖެހުންތަކަށް ހިތްވަރުދޭ ކަމަށް ބަންގްލަދޭޝް ސަރުކާރުން ތުހުމަތުކުރެ އެވެ.

"ކޮކްރޯޗް" ޕާޓީގެ ލީޑަރަކު އެއާޕޯޓުން ހުއްޓުވައިފި

އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކެއްގައި ތަގުރީރުކުރުމަށް ފުރަން ދަނިކޮށް، އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ލީޑަރު ސޯރަވް ދާސްގެ ޕާސްޕޯޓު ފްލެގްކޮށް ދިއްލީ އެއާޕޯޓުން ވަނީ ހުއްޓުވާފައެވެ. އިންޑިއާގެ ޒުވާނުންގެ މެދުގައި މަގުބޫލު މި ލީޑަރު ހުއްޓުވި ސަބަބެއް ސާފުނުވާއިރު، އޭނާއަކީ މީގެކުރިން ސަރުކާރާ ދެކޮޅަށް ކުރި އެކި މުޒާހަރާތަކުގައި ހައްޔަރުކޮށްފައިވާ ފަރާތެކެވެ.

ފެއާނަސް ކްރީމަކުން 17 އަހަރުގެ ކުއްޖެއްގެ ކިޑްނީ ހަލާކުވެއްޖެ

އިންޑިއާގެ ކެރެލާގައި 17 އަހަރުގެ އަންހެން ކުއްޖަކު ބޭނުންކުރި ފެއާނަސް ކްރީމެއްގައި ނުރައްކާތެރި މިންވަރަކަށް މާކަރީ ހުރުމުގެ ސަބަބުން، އެ ކުއްޖާގެ ކިޑްނީއަށް ސީރިއަސް މައްސަލަތަކެއް ކުރިމަތިވެއްޖެއެވެ. މި މައްސަލައިގައި ކްރީމް އުފެއްދި ކުންފުންޏާ ދެކޮޅަށް ފުލުހުން މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު، އެ ކްރީމުގައި މާކަރީ ހުރީ ހުއްދަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ކަމަށް ލެބޯޓްރީ ޓެސްޓުތަކުން ވަނީ ދައްކާފައެވެ.

ނޭޕާލަށް އިންޑިއާއިން 1.6 ބިލިއަން ޑޮލަރުގެ ބޮޑު އެހީއެއް

ނޭޕާލަށް ދިމާވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ގައުމު އާރާސްތުކުރުމަށް 1.62 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާއިން ނިންމައިފިއެވެ. މި އެހީ އިއުލާނުކުރީ ނޭޕާލްގެ ބޮޑުވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހުގައެވެ. މި ބައްދަލުވުމުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން، ދެ ގައުމު ގުޅުވައިދޭ ރޭލު ދަތުރުފަތުރުގެ ހިދުމަތް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކޮށް ޖަލަށްލާނެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކޮށް ޖަލަށްލާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އިންޑިއާގައި ހުންނެވި ހަސީނާ އަނބުރާ ގެނައުމަށް ކުށްވެރިން ބަދަލުކުރުމުގެ މުއާހަދާގެ ދަށުން މަސައްކަތް ކުރަމުންދާއިރު، އެކަމަނާގެ މައްޗަށް އެ ގައުމުގައި ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox