ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ނަޝީދު ލިޔުއްވި ފޮތް ނެރުމުގެ ރަސްމިއްޔާތު

ނަޝީދު ލިޔުއްވި ފޮތް ނެރުމުގެ ރަސްމިއްޔާތު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ކުރުވާހަކަ، "80ގެ ކުރީކޮޅު" ފޮތް ނެރެފި އެވެ. 

މި ފޮތް ނެރެފައިވަނީ މިރޭ ދޮންމަނިކު ރެސްޓޯރަންޓުގައި ބޭއްވި ހަފްލާއެއްގަ އެވެ. މި ފޮތް ނެރެދެއްވީ ގ.ކެނެރީގެ، ޒުހައިރާ އުމަރު އެވެ. އެއީ އެމަނިކުފާނުގެ ބޮޑުދައިތަ އެވެ. މި ފޮތް ވިއްކަނީ 250ރ. އަށެވެ.

"މި ފޮތް، މި ވާހަކަތައް އަޅުގަނޑު ލިޔެފައި މި ހުރީ 80 ގެ ވަރަށް ފަހުކޮޅު 90 ގެ ކުރީކޮޅު. މީގައި ޖަހާފައި އެބައޮތް 80 ގެ ކުރީކޮޅޭ. އެއީ ދެވަނަ ދެލިކޮޕީއިން ނުކުތް ބަދަލެއް. މި ވާހަކަތައް ލިޔުނީ 94 ގައި އަޅުގަނޑު ޖަލުން ގެއަށް ގެނެސް ގޭބަންދަށް ބަދަލުކުރިތާ،" ނަޝީދު ވިދާޅުވި އެވެ. 

ފޮތުގައި އޮތީ ފަސްވާހަކަ އެވެ. އެއީ "ގައުމީ މަޝްރޫއު"، "މޫސަބަރު"، "ޗާލާ ޒަމާނާ"، "ރީތި ހަދިޔާ" އަދި "ހިތާއި ހިތުގެ ގުޅުން" އެވެ.

"ހިތާ ހިތުގެ ގުޅުން": ކުރުސީ އަކީ ނަޝީދުގެ ކާކު؟

"ބުމާގައި ހީވަނީ އެގްރިކަލްޗަރުން މުޑުވައްކޮށްގެން އިސްތަށި އިންދާ ހައްދާފައި ހުރިހެނެވެ... ހަދީޖާ ހީލި އެވެ. ނޮވެމްބަރު އެގާރަ ބާރައޭ ކުރުސީ ހިތަށް އެރި އެވެ. ހިނިތުންވުމުން ހީވީ ހަވާއަރުވާލިހެނެވެ."

މިރޭ ނަޝީދު ހާމަކުރެއްވި ގޮތުގައި 1989 އިން ފެށިގެން 2008 އާ ހަމައަށް އެމަނިކުފާނުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ފޮތެއް ލިޔެފައިވާނެ އެވެ. އިނގިރޭސި ބަހުން ލިޔެފައިވާ އެ ފޮތް މިހާރު އޮތީ ޕަބްލިޝަރަކަށް ފޮނުވާފައި ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދުއަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އެމަނިކުފާނު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން ނޫސްވެރިކަން ކުރައްވައި ފޮތް ލިޔުއްވި އެވެ.

ސިޔާސީ މަސައްކަތުގައި އުޅުއްވަމުން ވެސް ފޮތް ލިޔުއްވި އެވެ. އޭގެ ތެރޭގައި "އެއްބަސްވެވޭ އިންގިލާބު"، "ދެ ރަދުން"، "ކިއްލާ މާލެ" އަދި "ދަގަނޑު ދަހަނާ" ފަދަ ފޮތްތައް ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅީފަޅު ގުޅާލައިފި

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ގުޅީފަޅާ ދެމެދުގެ މައި އޮނިގަނޑު ނިންމައި، އެ ދެ ރަށް އިއްޔެ ވަނީ ގުޅާލާފައެވެ. މިއާއެކު މިހާރު މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ބްރިޖުގެ މަސައްކަތް ވަނީ ގުޅިފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރީގެ ސަރުކާރުގައި ފަށާފައިވާއިރު، މުޅި މަޝްރޫއު އެއްކޮށް ނިންމުމަށް މިހާރު ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 2026 އަށެވެ.

Newsletter

Get the latest news delivered straight to your inbox