ތިލަފުށީ ބަނދަރު ޗައިނާއަށް ދިނުން: ވަކި ގައުމެއް އިސްކުރާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

Sep 9, 2026, 4:24 PM
ތިލަފުށީ ބަނދަރު ހަދާ ސަރަހައްދު: ޗައިނާއަށް ޕްރޮޖެކްޓު ދިނުމުން އިންޑިއާ އާއި އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: ޔޫއެސް އެމްބަސީ

ތިލަފުށީ ބަނދަރު ހަދާ ސަރަހައްދު: ޗައިނާއަށް ޕްރޮޖެކްޓު ދިނުމުން އިންޑިއާ އާއި އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: ޔޫއެސް އެމްބަސީ

ތިލަފުށީ ބަނދަރުގެ ހެދުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކަށް ދިނީ، އިންޑިއާ ދުރު ކުރުމަށްފަހު ކަމަށް ދެކެވޭ ވާހަކަ ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ. 

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ ޕްރޮޖެކްޓުގެ ފުރަތަމަ ފޭސް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލު ކުރީ ފެބްރުއަރީ، 2026، ގަ އެވެ. 

އެ ވާހަކަ މި ދުވަސްވަރު އިންޑިއާގެ ނޫސްތަކުގައި އަންނަނީ ލިޔަމުންނެވެ. ތިލަފުށީ ޕޯޓު ޗައިނާގެ ކުންފުންޏަކަށް ދިނީ އެތަން ބިނާ ކުރަން އެހީތެރިވެދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޮކްޓޯބަރު، 2024، ގައި ވިދާޅުވެފައި އޮއްވަ އެވެ. 

Advertisement

އިނގިރޭސި ބަހުން މިއަދު ނެރުނު ބަޔާނުގައި އިގްތިސާދީ މިނިސްޓްރީ އިން ބުނީ، އެ ނިންމުމަކީ ވަކި ގައުމަކާ މެދު ރާއްޖެއިން ދެކޭ ގޮތް ހާމަވާ ނިންމުމެއް ނޫން ކަމަށެވެ. 

"މި ޕްރޮޖެކްޓު އެވޯޑުކޮށްފައި ވަނީ މި ބާވަތުގެ ޕްރޮޖެކްޓުތައް އެވޯޑް ކުރުމަށް ހަމަޖެހިފައިވާ ގާނޫނުތަކާއި އިޖުރާއަތުތަކާ އެއްގޮތަށް. އެ ނިންމުން ނިންމާފައި ވަނީ ރާއްޖޭގެ ދުރު ރާސްތާގެ ތަރައްގީއަށް ރިއާޔަތް ކުރުމަށްފަހު. އެ ނިންމުމަކީ ވަކި ގައުމަކާމެދު ދެކޭ ގޮތް ހާމަވާ، އަދި ވަކި ގައުމަކާ މެދު އޮތް ގުޅުމަކަށް ބަދަލެއް ވެސް އަންނާނެ ނިންމުމެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ތިލަފުށީ ބަނދަރު ހެދުމުގެ ފުރަތަމަ ފޭސްގެ ދަށުން ޗައިނާ ކުންފުންޏާ ހަވާލު ކުރީ ބަނދަރު ހެދުމުގެ ދިރާސާ އާއި ޑިޒައިންގެ މަސައްކަތެވެ. އޭގެ އިތުރުން ބަނދަރުގެ ކީވޯލް އެޅުން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. 

ތިލަފުށީ ބަނދަރު ހެދުމުގެ މަސައްކަތް ޗައިނާއަށް ދިނުމުން އިންޑިއާ އާއި އެމެރިކާއިން ވެސް ކަންބޮޑުވުން ފާޅުކުރިކަން މި ނޫހަށް އެނގިފައިވެ އެވެ. އޭގެ ފަހުން އެމެރިކާ ސަރުކާރުގެ ސީނިއާ އޮފިޝަލުންތަކެއް ވަނީ ތިލަފުށީ ބަނދަރު ހަދާ ސައިޓަށް ޒިޔާރަތެއް ވެސް ކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox