އިންޑިއާއިން މަޝްރޫއުތައް ހިންގަން ދޭ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން އެކްޓިވް ވެއްޖެ

މިދިޔަ އަހަރު މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވިއިރު، މޯދީ އަރިހުގައި: ކްރެޑިޓު ފެސިލިޓީ އެއްބަސްވުމުގައި ސޮއިކުރީ މި ދަތުރުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރު މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވިއިރު، މޯދީ އަރިހުގައި: ކްރެޑިޓު ފެސިލިޓީ އެއްބަސްވުމުގައި ސޮއިކުރީ މި ދަތުރުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމާފައިވާ 500 މިލިއަން ޑޮލަރު ނުވަތަ 48.50 ބިލިއަން އިންޑިއަން ރޫޕީޒްގެ ކްރެޑިޓް ލައިން މިދިޔަ މަހުގެ 27 އިން ފެށިގެން އެކްޓިވްވެފައިވާ ކަމަށް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ބުދަ ދުވަހު ހާމަކޮށްފި އެވެ.

އާރުބީއައިއާ ހަވާލާދީ ރޮއިޓާސްގައި ވަނީ މި ކްރެޑިޓް ލައިން ބޭނުން ކުރަން ފެށުމާއެކީ، މި ފެސިލިޓީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ވަކިވަކި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދޫކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަގު ހުޅުވިފައިވާ ކަމަށެވެ. 

އާރުބީއައިއިން ބުނީ މި ކްރެޑިޓް ލައިންގެ ދަށުން ހިންގާ ކޮންމެ މަޝްރޫއަކަށް މަދުވެގެން ފަސް ބިލިއަން އިންޑިއަން ރު ޕީޒްގެ އަގުހުރި ވަކިވަކި އެއްބަސްވުންތަކެއް ގާއިމުކުރަން ޖެހޭނެ ކަމަށެވެ. މިއީ ރާއްޖޭގެ ތަރައްގީގެ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ދޫކުރާ ފައިސާކަން އެ ބޭންކުން ފާހަގަކުރެއެވެ.

Advertisement

ކްރެޑިޓް ލައިން އެއްބަސްވުމުގެ ދަށުން ފައިނޭންސް ކުރާ މަޝްރޫއުތަކަށް ބޭނުންވާ މުދަލާއި، މަސައްކަތްތެރިން އަދި ހިދުމަތްތަކުގެ މަދުވެގެން 75 އިންސައްތަ ހޯދަންވާނީ އިންޑިއާގެ ކުންފުނިތަކުން ނުވަތަ އެ ގައުމުގެ ސަޕްލަޔަރުންގެ އަތުންނެވެ. ބާކީ އޮތް 25 އިންސައްތަ މުދަލާއި ޚިދުމަތް އިންޑިއާއިން ބޭރުގެ އެހެން ގައުމުތަކުން ހޯދުމުގެ ފުރުސަތު މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ އެވެ.

އާރުބީއައިން ވަނީ މި ކްރެޑިޓް ލައިންގެ ފައިސާ އެކްސްޕޯޓް ކުރުމުގެ މުއާމަލާތްތަކުގައި ދޭންޖެހޭ އެޖެންސީ ކޮމިޝަންތައް ދެއްކުމަށް ބޭނުން ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އެފަދަ ކޮމިޝަންތައް ދައްކަން ޖެހޭނީ އެކްސްޕޯޓް ކުރާ ފަރާތްތަކުގެ އަމިއްލަ ފައިސާއިންނެވެ.

މިއީ ތަރައްގީގެ އެކި މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް މެދުވެރިކޮށް ދިނުމަށް މިދިޔަ އަހަރުގެ ޖުލައިގައި އިންޑިއާ ސަރުކާރުން އެއްބަސްވެފައިވާ މަޝްރޫއެކެވެ. މި ކަމަށް އެއްބަސްވީ ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ. 

ކުރީ ސަރުކާރުގައި ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓު ފެސިލިޓީއެއް ދޫކޮށްފަ އެވެ. މިހެން ނަމަވެސް މި ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ ގުޅީފަޅު ޕޯޓު އޭގެ ތެރެއިން އުނިކުރުމުން، މުޅި ފެސިލިޓީ އޮތީ އެއްކޮށް ބޭނުންނުކުރެވި އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox