އެލްޖީއޭ ވޯޓަށް ކައުންސިލަރުން ދަތުރުކުރަން ހަމަޖެހިފައި އޮއްވައި ހދ. ގެ ހުރިހާ އާރްޓީއެލް ފެރީއެއް ކެންސަލްކޮށްފި

އާރްޓީއެލް ފެރީ: -- ފޮޓޯ: އަދަދު ފައިލް

އާރްޓީއެލް ފެރީ: -- ފޮޓޯ: އަދަދު ފައިލް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، ހދ. އަތޮޅުގެ ހުރިހާ ރޫޓެއްގެ އާރްޓީއެލް ފެރީ ދަތުރުތައް މިއަދު ހެނދުނު ކުއްލި ގޮތަކަށް ކެންސަލްކޮށްފި އެވެ.

ހދ އަތޮޅުގެ ފެރީތަކުގެ އިތުރުން ށ އަދި ހއ އަތޮޅުގެ ފެރީތައް ވެސް ކެންސަލްކޮށްފައިވާ ކަމުގެ މައުލޫމާތު މި ނޫހަށް ލިބިފައިވެ އެވެ.

ފެރީތައް ކެންސަލް ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރި އެމްޑީޕީ ކައުންސިލަރަކު ވިދާޅުވީ މިއަދު ހެނދުނު ކުއްލި ގޮތަކަށް ހދ. އަތޮޅުގެ ހުރިހާ ރޫޓެއް ކެންސަލްކޮށް، ހއ. އަދި ށ. އަތޮޅުގެ ބައެއް ފެރީތައް ވެސް ހުއްޓާލީ އެލްޖީއޭ ވޯޓަށް ކައުންސިލަރުން ދިއުމަށް ހުރަސްއެޅުމުގެ ގޮތުން ސިޔާސީ މަންފާއަށް ޖެއްސުން ކުރުމަށް ސަރުކާރުން އަޑީގައި އޮވެގެން ކުރި ކަމެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.

"ދުރާލާ ކައުންސިލަރުން ޓިކެޓް ނަގައި ފަހު ވަގުތު ކެންސަލް ކުރީމައި ވަރަށް ރީއްޗަށް އެބަ އެނގޭ މި ވެގެން އުޅޭ ގޮތެއް. އިންތިހާބަށް ހުރަސް އަޅައި ޕީއެންސީ ކެންޑިޑޭޓުން ސަރުކާރު ހަރަދުގައި ވޯޓު ލާ މަރުކަޒުތަކަށް ގެންދިޔުމުން ވެގެން އުޅޭ ގޮތް ވަރަށް ސާފު." އޭނާ ވިދާޅުވިއެވެ.

މިއީ ސީދާ ކައުންސިލްތަކުގެ ހައްގުތަކަށް އަރައިގަތުން ކަމަށް ވެސް އެ ކައުންސިލަރު ފާހަގަކުރެއްވިއެވެ.

އެލްޖީއޭ ބޯޑު އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކުރިއަށްދާއިރު، ޖުމްލަ 807 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ހދ އަތޮޅުގެ ވޯޓުލުން ކުރިއަށްދަނީ ކުރީގެ ހދ އަތޮޅު ކައުންސިލްގެ އިދާރާ ހިންގި އިމާރާތުގަ އެވެ.

އެލްޖީއޭގެ އިންތިހާބުގައި ސިޓީ ކައުންސިލުގެ ތެރެއިން ވާދަކުރައްވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ. އޭނާއާ ދެކޮޅަށް އެއްވެސް ބޭފުޅަކު ކުރިމަތިނުލެއްވުމުން އިންތިހާބަކާ ނުލައި މަގާމަށް ވަނީ އިންތިހާބުވެފަ އެވެ.  

އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިހާބުކުރުން ކުރިއަށް ގެންގޮސްފައި މިވަނީ މިދިޔަ އޮގަސްޓު މަހު އިންތިހާބު  ބާއްވަން ނިންމުމަށްފަހުއެވެ. އެ އިންތިހާބު ނުބާއްވައި ދިގުލައިގެންދިޔުމުން އެމްޑީޕީން އެކަމާ ކަންބޮޑުވުން ފާޅުކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅީފަޅު ގުޅާލައިފި

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ގުޅީފަޅާ ދެމެދުގެ މައި އޮނިގަނޑު ނިންމައި، އެ ދެ ރަށް އިއްޔެ ވަނީ ގުޅާލާފައެވެ. މިއާއެކު މިހާރު މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ބްރިޖުގެ މަސައްކަތް ވަނީ ގުޅިފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރީގެ ސަރުކާރުގައި ފަށާފައިވާއިރު، މުޅި މަޝްރޫއު އެއްކޮށް ނިންމުމަށް މިހާރު ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު 2026 އަށެވެ.

Newsletter

Get the latest news delivered straight to your inbox