ލޯނުގެ އިންޓްރެސްޓަށް އެރި 45 މިލިއަން ޑޮލަރު ދައްކައިދިނީ އިންޑިއާ ސަރުކާރުން

Sep 18, 2026, 7:18 PM
އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު މިއަދުގެ ޕްރެސް ކޮންފަރެންސުގައި: ލޯނު ދެއްކުމަށްފަހު ސަރުކާރުން އުފާ ފާޅު ކުރި ނަމަވެސް މިހާރު ރިޒާވް ހުސްވެފައިވާކަމުގެ އަޑުތައް ދަނީ ފެތުރެމުން -- ފޮޓޯ: އެކްސް

އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު މިއަދުގެ ޕްރެސް ކޮންފަރެންސުގައި: ލޯނު ދެއްކުމަށްފަހު ސަރުކާރުން އުފާ ފާޅު ކުރި ނަމަވެސް މިހާރު ރިޒާވް ހުސްވެފައިވާކަމުގެ އަޑުތައް ދަނީ ފެތުރެމުން -- ފޮޓޯ: އެކްސް

ބަޖެޓު ސަޕޯޓަށް ފައިސާ ހޯދަން ކުރީ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ވިއްކި 150 މިލިއަން ޑޮލރުގެ ޓީ-ބިލުތަކަށް އެރި 45 މިލިއަން ޑޮލަރުގެ އިންޓްރެސްޓު ދެއްކީ އެ ގައުމުން ކަމަށް އިންޑިއާ ސަރުކާރުން މިއަދު ބުނެފި އެވެ. 

މީގެ ހަތް އަހަރު ކުރިން 2019 ވަނަ އަހަރު ނެގި އެ ލޯނުގެ އިންޓްރެސްޓް ދެއްކީ އިންޑިއާ ސަރުކާރުންކަން ކަށަވަރުކޮށްދެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރް ޖައިސްވާލް އެވެ. 

"މި ޓްރެޝަރީ ބިލުތަކުގެ ޕްރިސިޕަލް އެމައުންޓު ދެއްކީ ދިވެހި ސަރުކާރުން. އެކަމަކު މި ހުރިހާ ޓްރެޝަރީ ބިލަކަށް މިދިޔަ ފަސް އަހަރު ޖެހުނު އިންޓްރެސްޓް ދެއްކީ އިންޑިއާއިން. އިންޑިއާ ސަރުކާރުން ދެއްކީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު،" ޖައިސްވާލް ވިދާޅުވި އެވެ. 

ޓީ-ބިލުތައް ފައިސާ ދެއްކީ، ފައިސާ ދެއްކުން ހަ ފަހަރެއްގެ މަތިން ފަސް ކުރުމަށްފަހު އެވެ. އެ ލޯނުގެ ފުރަތަމަ ޕޭމަންޓު ދެއްކީ ޖެނުއަރީ، 2024، ގަ އެވެ. އެއީ 50 މިލިއަން ޑޮލަރެވެ. ދެ ވަނަ ޕޭމަންޓަށް ވެސް ހަމަ 50 މިލިއަން ޑޮލަރު ދެއްކީ މެއި 11، 2026، ގަ އެވެ. 

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށްފަހު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން އިއްޔެ ވަނީ އުފާ ފާޅުކޮށްފަ އެވެ. އަދި ސަރުކާރުގެ ވަރަށް ގިނަ އޮފިޝަލުން ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ދެއްކި އެވެ. 

ނަމަވެސް އެ ދަރަނި އަދާކުރުމުން ދައުލަތުގެ ރިޒާވް މައިނަސްވެފައިވާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ދަރަނި ދެއްކީ ބީއެމްއެލްގައި ހުރި އާންމުންގެ ޑޮލަރު ބޭނުންކޮށްގެން ކަމަށެވެ. 

އެއާއެކު، ވިޔަފާރިވެރިން މުދާ ގަންނަން ބޭރަށް ޑޮލަރު ނުފޮނުވޭކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. އަދި ވިޔަފާރިވެރިންގެ އަމިއްލަ ޑޮލަރު ސަރުކާރުގެ ބޭނުމަކަށް ނަގާފައިވާ ކަމަށް ބޭންކުން އަންގަމުންދާ ބުނެ ވެސް ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. 

"ދައުލަތުގެ ރިޒާވްގައި އެއްވެސް މިންވަރަކަށް ޑޮލަރު ނެތް. ޓީ-ބިލްގެ 50 މިލިއަން ޑޮލަރު ދެއްކީ ބީއެމްއެލްގައި ހުރި އާންމުންގެ ފައިސާއިން. ވިޔަފާރިވެރިން، އާންމުން ތަކެތި ގަންނަން ބީއެމްއެލްއަށް ޑޮލަރު ޖަމާކުރީމަ އެ ޑޮލަރު ސަޕްލަޔަރުންނަށް ނުދަނީ ސަރުކާރުން އެ ފައިސާ ނަގާތީ،" ނަޝީދު ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox