ހޯރްމޫޒް ކަނޑުއޮޅި
77 ލިޔުން
ފަހުގެ
ދުނިޔެހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އަދިވެސް ވަރަށް ނާދިރު
އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުން އަދިވެސް ދުރުގައި އޮތްއިރު، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކުރުމަށް ގަތަރުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކޮށް މަސައްކަތްތައް ވަރުގަދަކުރަމުންނެވެ. މަސްރަހު ހޫނުވެ އެމެރިކާއިން އީރާނުގެ ބައެއް އަމާޒުތަކަށް ހަމަލާދީފައިވާއިރު، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށްޓަކައި އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމަށް އެ ގައުމުން ވަނީ އެމެރިކާއަށް އިންޒާރުދީފައެވެ.
ދުނިޔެގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި
ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.
