ހަމަލާތަކާ އެކު މެދުއިރުމަތީގެ ގައުމުތަކުގައި އަނެއްކާވެސް ބިރުވެރިކަން

Sep 3, 2026, 8:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ ޖުލައި މަހަށް ފަހު ބަދަލުކުރި އެންމެ ވަރުގަދަ ހަމަލާތަކާއެކު، އީރާނާއި އަރަބި އަވަށްޓެރި ގައުމުތަކުގައި އަނެއްކާވެސް ހަނގުރާމައިގެ ބިރުވެރިކަން ބޮޑުވެއްޖެ އެވެ.

މި ކުރިމަތިލުންތަކުގައި އެމެރިކާގެ ސިފައިން އީރާނުގެ ދެކުނު އައްސޭރިފަށަށް ހަމަލާދީފައިވާއިރު، އީރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބަދަލުހިފުމުގެ ހަމަލާތަކެއް ދީފަ އެވެ.

އެމެރިކާ އިން ވަނީ މިއަށްވުރެ ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. އީރާނުން ބުނި ގޮތުގައި އެމެރިކާގެ ހަމަލާތައް އަމާޒުވީ ކައިވެނި ހަފުލާއަކަށެވެ. މި ހަމަލާގައި ފަސް މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އީރާނުން ބުނެ އެވެ.

އެމެރިކާގެ ވައިގެ ހަމަލާތަކާ ގުޅިގެން އޭޝިއާ އާއި ޔޫރަޕްގެ ހިއްސާގެ ބާޒާރުތައް ދަށަށް ގޮސް، ތެލުގެ އަގު ވަނީ މިދިޔަ ޖުލައި މަހަށް ފަހު މައްޗަށް ނުދާ މިންވަރަށް އުފުލިފަ އެވެ. 

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި އަންގާރަ ދުވަހު ދިން ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ވައިގެ ދިފާއީ ނިޒާމުތަކާއި، ރޭޑާ ސިސްޓަމްތަކާއި، ކަނޑުގެ އުޅަނދުފަހަރާއި، މައިން ވަޅުލުމުގެ ގާބިލުކަމާއި މުއާސަލާތީ މަރުކަޒުތަކަށް ވަނީ ހަމަލާދީފަ އެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާތައް އަމާޒުވެފައިވަނީ ހޯރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި އެކި އަމާޒުތަކަށެވެ. 

އީރާނުން ބަދަލުހިފުމުގެ ގޮތުން ބަހްރޭން، އުރުދުން، ކުވެއިތު އަދި އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައިވެ އެވެ. އީރާނުން ބުނީ އެ ގައުމުގެ މިހާރުގެ އަމާޒަކީ މެދުއިރުމަތީގައި އެތައް އަހަރެއް ވަންދެން އެމެރިކާ އިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކުގެ ވިއުގަ އެ ސަރަހައްދުން ބޭރުކޮށްލުން ކަމަށެވެ.

އުރުދުންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެ ގައުމަށް އަމާޒުވި 13 މިސައިލެއްގެ ތެރެއިން 10 މިސައިލެއް ވަނީ ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ. އަދި ބާކީ ތިން މިސައިލް ވެއްޓުނީ މީހުން ދިރިނޫޅޭ ސަރަހައްދުތަކަށެވެ. އައިއާރުޖީސީން ބުނީ އުރުދުންގައި ތިބި އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން މަރާލާފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން ބުނި ގޮތުގައި، ފުރަތަމަ ބެލި ބެލުމުން އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.

ކުވެއިތުގައި ހުންނަ އެމެރިކާގެ ބޮޑު އަސްކަރީ މަރުކަޒެއް ކަމަށްވާ އަލީ އަލް ސާލިމް އެއާ ބޭސްއަށް މިސައިލާއި ޑްރޯން ހަމަލާ ދީފައިވާ ކަމަށާއި، އެމެރިކާގެ ކޮމާންޑަރަކު ދިރިއުޅޭ ތަނަކަށް ވެސް އަމާޒުކޮށްފައިވާ ކަމަށް އީރާނުން ބުނެ އެވެ. ކުވެއިތުގެ ފަޔާ ސާވިސް އިން ބުނީ ބުދަ ދުވަހުގެ ފަތިހު އީރާނުގެ ޑްރޯން ހަމަލާއެއް އެރި އިމާރާތެއްގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށާއި، އެ ހަމަލާގައި މީހަކަށް އަނިޔާނުވި ނަމަވެސް އިމާރާތަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ގަލްފް ސަރަހައްދުގައި އެމެރިކާގެ އެންމެ ބޮޑު އެއާބޭސް ހުންނަ ގަތަރުން ބުނީ، މި ހަމަލާތަކާއި އޭގެ ސަބަބުން ކުރިމަތިވާނެ ހުރިހާ ނަތީޖާއެއްގެ ފުރިހަމަ ގާނޫނީ ޒިންމާ އީރާނުން އުފުލަން ޖެހޭނެ ކަމަށެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ސަރަހައްދީ މަރުކަޒު ހުންނަ ބަހްރޭނުން ބުނީ އީރާނުގެ ޑްރޯންތައް ހުއްޓުވައި ހަލާކުކޮށްލާފައިވާ ކަމަށެވެ.

އައިއާރުޖީސީން ބުނި ގޮތުގައި އިރާގުގެ އުތުރުގައި އޮންނަ އުރުބީލްގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އެ ގައުމުގެ އެއްގަމު ސިފައިން ވަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އަދި އެ ހަމަލާގައި އެމެރިކާގެ ބައެއް ސިފައިން މަރުވި ކަމަށް އީރާނުން ބުނި ނަމަވެސް، އިރާގުން ނުވަތަ އެމެރިކާ އިން ވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މީގެ އިތުރުން، އީރާނުން ބަންދުކޮށްފައިވާ ކަމަށް ބުނާ ހޯރްމޫޒް ކަނޑުއޮޅި ތެރެއިން އެމެރިކާގެ އެޖެންޓުން ދަތުރުކުރި ދެ ތެޔޮ ޓޭންކަރެއްގައި މައިން ޖެހިފައިވާ ކަމަށް ވެސް އީރާނުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާބަނޑު ގައިދީއަކު ހޮސްޕިޓަލަށް ގެންދިޔަ އުޅަނދުން ފިލައިފި

އެމެރިކާގެ ނިއު މެކްސިކޯގައި މާބަނޑު ގައިދީއަކު ޑޮކްޓަރަށް ދައްކާފައި އަނބުރާ ޖަލަށް ގެންދިޔަ މަގުމަތީގައި، ފުލުހުންގެ އުޅަނދެއްގެ ކޮންޓްރޯލް ހޯދައިގެން ފިލައިފިއެވެ. އޭނާ ފިލަން ބޭނުންކުރި ކާރާއި ޖަލު ޔުނީފޯމް ފެނިފައިވީ ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ.

ކުވޭތަށް ދިން ހަމަލާއެއްގައި އިޓަލީގެ ދެ ރައްޔިތަކު މަރުވެއްޖެ

އީރާނުން ކުވައިތަށް ދިން ޑްރޯން ހަމަލާތަކެއްގައި، ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުންޏެއްގައި މަސައްކަތްކުރާ އިޓަލީގެ ދެ ޓެކްނީޝަނުން މަރުވެއްޖެއެވެ. މި ހަމަލާގައި އިތުރު ދެ މީހަކަށް އަނިޔާވެފައިވާއިރު، މިއީ އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ.

ޕާކިސްތާނުގެ ޓީވީ ޝޯއެއް އިންޑިއާގައި ދެއްކުމަށް ހުރަސްތަކެއް

ޕާކިސްތާނުގެ މަގުބޫލު ޑްރާމާ ސިލްސިލާއެއް އިންޑިއާގެ ބެންގަލޫރުގައި ދެއްކުމަށް ރޭވި ހަރަކާތްތަކެއް، ދެ ގައުމުގެ ސިޔާސީ ނުތަނަވަސްކަމާއި ސޯޝަލް މީޑިއާގެ ފާޑުކިޔުންތަކާ ގުޅިގެން ކެންސަލްކޮށްފިއެވެ. މި ހަރަކާތްތަކަށް ހުރަސް އެޅުނީ ފުލުހުންގެ ސަމާލުކަމަށް އެކަން އައުމުންނެވެ. މިއީ ޕާކިސްތާނުގެ އުފެއްދުންތަކަށް އިންޑިއާގައި ޝައުގުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރިމަތިވި ހުރަހެކެވެ.

ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކަށް އާ ޓެރިފް ކަނޑައަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުގެ ދަށުން، ޗައިނާ އާއި އީޔޫ ހިމެނޭހެން 14 ސަރަހައްދަކުން އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި އާ އުސޫލުގެ ދަށުން އެންމެ ބޮޑު ޓެކްސްއެއް ނަގާނީ ޗައިނާއިން ކަމަށްވާއިރު، އަންނަ އަހަރު މި ޓެރިފްތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.

އަންހެނުންގެ ވޯޓުގެ ހައްގު އަތުލަން ބޭނުންވާ ނުފޫޒުގަދަ ފާދިރީ

އެމެރިކާގެ ނުފޫޒުގަދަ ފާދިރީއެއް ކަމަށްވާ ޑަގް ވިލްސަން، އަންހެނުންގެ ވޯޓުލުމުގެ ހައްގު އަތުލައި، އެމެރިކާގެ ވެރިކަން ނަސާރާ ދީނުގެ ހަރުކަށި އުސޫލުތަކަށް ބަދަލުކުރުމަށް ވަކާލާތު ކުރަމުންދެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުޖުތަމައު ހިންގަންވާނީ ފިރިހެނުން އިސްވެ ތިބެގެން ކަމަށްވާއިރު، މިއީ އަންހެނުން އަޅުވެތިކުރުމަށް ބާރުދޭ ޑިމޮކްރަސީއާ ހިލާފު ވިސްނުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަލަސްތީނުގެ ދަރިވަރު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ

އެއްވެސް ދައުވާއެއް ނުކޮށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ދަރިވަރެއް ކަމަށްވާ މަހުދީ ތޫންސީ މިނިވަންކުރުމަށް ގޮވާލައި، އިޒްރޭލުގެ އެކްޓިވިސްޓުންނާއި ދަރިވަރުން މުޒާހަރާކޮށްފިއެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މި ދަރިވަރު، އެއްވެސް ދައުވާއެއް ނުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ އަމަލެއް ކަމަށް އެކަޑެމީ ދާއިރާގެ ބޭފުޅުން ތުހުމަތުކުރެއެވެ.

ފިޔަވަޅުތަކާ ކުރިމަތިލާން އީރާނު ތައްޔާރު ކަމަށް ބުނެފި

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް، އެހެން ބޯޑަރުތައް މެދުވެރިކޮށް މުދާ އެތެރެކުރެވޭތީ އެކަމާ ކަންބޮޑުނުވާ ކަމަށް އީރާނުން ބުނެފިއެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަސާސީ މުދަލުގެ އަގުތައް ހިފެހެއްޓުމަށާއި ފަގީރު އާއިލާތަކަށް އެހީތެރިވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެ ގައުމުން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox