ސައުދީ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ

Sep 3, 2026, 11:10 AM
އީރާނުގައި ހަނގުރާމަ ފެށުނީއްސުރެ، ހޯރްމޫޒް ކަނޑުއޮޅި ވަނީ ބަންދުކޮށްފަ. (ފައިލް ފޮޓޯ)

އީރާނުގައި ހަނގުރާމަ ފެށުނީއްސުރެ، ހޯރްމޫޒް ކަނޑުއޮޅި ވަނީ ބަންދުކޮށްފަ. (ފައިލް ފޮޓޯ)

ސައުދީ އަރަބިއްޔާގެ ސުޕަޓޭންކަރަކަށް ހޯމަ ދުވަހުގެ ރޭ އީރާނުން ދިން ހަމަލާއެއްގައި ފިލިޕީންސްގެ ދެ ފަޅުވެރިން މަރުވި މައްސަލަ އެ ގައުމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ސައުދީގެ ގައުމީ ޝިޕިން ކުންފުނި، ބަހްރީން ބުދަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި، އެ ކުންފުނީގެ "ސިދްރު" ނަމަކަށް ކިޔާ އުޅަނދު ހޯމަ ދުވަހުގެ ރޭ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް ވަނީ "ސަލާމަތީ ނުރައްކަލެއް" ކުރިމަތިވެފަ އެވެ.

ކަނޑުދަތުރުފަތުރުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ކުންފުނިތަކުން ބުނާ ގޮތުގައި، އޮމާންގެ މުސަންދަމް ޕެނިންސިއުލާގެ އުތުރުން ސިދްރު ޓޭންކަރަށް ހަމަލާދީފައިވަނީ ގޮވާ އެއްޗެހި ބޭނުންކޮށްގެންނެވެ. އަދި ހަމަ އެ ވަގުތު، ދެކުނު ކޮރެއާގެ ކުންފުންޏަކަށް ނިސްބަތްވާ "ސެނެގާލް ޕްރޮސްޕެރިޓީ" ނަމަކަށް ކިޔާ ސުޕަޓޭންކަރަކަށް ވެސް މުސަންދަމްގެ އިރުމަތިން ހަމަލާދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ސައޫދީން ކުރި މި ތުހުމަތުތަކަށް އީރާނުން އަދި ވަކި ޖަވާބެއް ދީފައެއް ނުވެ އެވެ. ނަމަވެސް، ހުއްދަ ނޫން މަގަކުން ކަނޑުއޮޅި ހުރަސްކުރަން އުޅުމުގެ ތެރޭގައި ދެ ޓޭންކަރެއް މައިންތަކެއްގައި ޖެހި އަލިފާން ރޯވެފައިވާ ކަމަށް އީރާނުން މީގެ ކުރިން ބުނެފައިވެ އެވެ.

ފިލިޕީންސްގެ ދެ ފަޅުވެރިން މަރުވި ހަބަރު މި ފެންމަތިވީ، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމާއި، އީރާނުގެ ފައުޖުތަކުން އަވަށްޓެރި އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ މިދިޔަ ޖުލައި މަހަށް ފަހު ދެ ފަރާތުގެ މެދުގައި ހިނގި އެންމެ ވަރުގަދަ ކުރިމަތިލުމެވެ.

އީރާނުގެ ހެލްތު މިނިސްޓަރު ބުދަ ދުވަހު ވިދާޅުވި ގޮތުގައި، އެމެރިކާގެ ހަމަލާތަކުގައި 18 މީހުން މަރުވެ 108 މީހުން ވަނީ ޒަހަމްވެފަ އެވެ. އަދި އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ސިރިކްގައި އޮތް ކައިވެނި ހަފުލާއަކަށް ދިން ހަމަލާއެއްގައި ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހުން މަރުވި މައްސަލައިގައި، އެމެރިކާގެ މައްޗަށް "ހަނގުރާމައިގެ ކުށުގެ" ތުހުމަތު އީރާނުން ވަނީ ކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މާބަނޑު ގައިދީއަކު ހޮސްޕިޓަލަށް ގެންދިޔަ އުޅަނދުން ފިލައިފި

އެމެރިކާގެ ނިއު މެކްސިކޯގައި މާބަނޑު ގައިދީއަކު ޑޮކްޓަރަށް ދައްކާފައި އަނބުރާ ޖަލަށް ގެންދިޔަ މަގުމަތީގައި، ފުލުހުންގެ އުޅަނދެއްގެ ކޮންޓްރޯލް ހޯދައިގެން ފިލައިފިއެވެ. އޭނާ ފިލަން ބޭނުންކުރި ކާރާއި ޖަލު ޔުނީފޯމް ފެނިފައިވީ ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ.

ކުވޭތަށް ދިން ހަމަލާއެއްގައި އިޓަލީގެ ދެ ރައްޔިތަކު މަރުވެއްޖެ

އީރާނުން ކުވައިތަށް ދިން ޑްރޯން ހަމަލާތަކެއްގައި، ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުންޏެއްގައި މަސައްކަތްކުރާ އިޓަލީގެ ދެ ޓެކްނީޝަނުން މަރުވެއްޖެއެވެ. މި ހަމަލާގައި އިތުރު ދެ މީހަކަށް އަނިޔާވެފައިވާއިރު، މިއީ އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ.

ޕާކިސްތާނުގެ ޓީވީ ޝޯއެއް އިންޑިއާގައި ދެއްކުމަށް ހުރަސްތަކެއް

ޕާކިސްތާނުގެ މަގުބޫލު ޑްރާމާ ސިލްސިލާއެއް އިންޑިއާގެ ބެންގަލޫރުގައި ދެއްކުމަށް ރޭވި ހަރަކާތްތަކެއް، ދެ ގައުމުގެ ސިޔާސީ ނުތަނަވަސްކަމާއި ސޯޝަލް މީޑިއާގެ ފާޑުކިޔުންތަކާ ގުޅިގެން ކެންސަލްކޮށްފިއެވެ. މި ހަރަކާތްތަކަށް ހުރަސް އެޅުނީ ފުލުހުންގެ ސަމާލުކަމަށް އެކަން އައުމުންނެވެ. މިއީ ޕާކިސްތާނުގެ އުފެއްދުންތަކަށް އިންޑިއާގައި ޝައުގުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރިމަތިވި ހުރަހެކެވެ.

ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކަށް އާ ޓެރިފް ކަނޑައަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުގެ ދަށުން، ޗައިނާ އާއި އީޔޫ ހިމެނޭހެން 14 ސަރަހައްދަކުން އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި އާ އުސޫލުގެ ދަށުން އެންމެ ބޮޑު ޓެކްސްއެއް ނަގާނީ ޗައިނާއިން ކަމަށްވާއިރު، އަންނަ އަހަރު މި ޓެރިފްތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.

އަންހެނުންގެ ވޯޓުގެ ހައްގު އަތުލަން ބޭނުންވާ ނުފޫޒުގަދަ ފާދިރީ

އެމެރިކާގެ ނުފޫޒުގަދަ ފާދިރީއެއް ކަމަށްވާ ޑަގް ވިލްސަން، އަންހެނުންގެ ވޯޓުލުމުގެ ހައްގު އަތުލައި، އެމެރިކާގެ ވެރިކަން ނަސާރާ ދީނުގެ ހަރުކަށި އުސޫލުތަކަށް ބަދަލުކުރުމަށް ވަކާލާތު ކުރަމުންދެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުޖުތަމައު ހިންގަންވާނީ ފިރިހެނުން އިސްވެ ތިބެގެން ކަމަށްވާއިރު، މިއީ އަންހެނުން އަޅުވެތިކުރުމަށް ބާރުދޭ ޑިމޮކްރަސީއާ ހިލާފު ވިސްނުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަލަސްތީނުގެ ދަރިވަރު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ

އެއްވެސް ދައުވާއެއް ނުކޮށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ދަރިވަރެއް ކަމަށްވާ މަހުދީ ތޫންސީ މިނިވަންކުރުމަށް ގޮވާލައި، އިޒްރޭލުގެ އެކްޓިވިސްޓުންނާއި ދަރިވަރުން މުޒާހަރާކޮށްފިއެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މި ދަރިވަރު، އެއްވެސް ދައުވާއެއް ނުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ އަމަލެއް ކަމަށް އެކަޑެމީ ދާއިރާގެ ބޭފުޅުން ތުހުމަތުކުރެއެވެ.

ފިޔަވަޅުތަކާ ކުރިމަތިލާން އީރާނު ތައްޔާރު ކަމަށް ބުނެފި

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް، އެހެން ބޯޑަރުތައް މެދުވެރިކޮށް މުދާ އެތެރެކުރެވޭތީ އެކަމާ ކަންބޮޑުނުވާ ކަމަށް އީރާނުން ބުނެފިއެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަސާސީ މުދަލުގެ އަގުތައް ހިފެހެއްޓުމަށާއި ފަގީރު އާއިލާތަކަށް އެހީތެރިވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެ ގައުމުން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox