ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އަދިވެސް ވަރަށް ނާދިރު

Nov 4, 2026, 7:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް އޮތީ ވަރަށް ދުރުގައި ކަމަށް އީރާނުގެ އިސް އޮފިޝަލަކު އަންގާރަ ދުވަހު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވެއްޖެ އެވެ. މި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ކުޑަކޮށް، އެމެރިކާގެ މިޑްޓާމް އިންތިހާބަށް ފަހު މަސްރަހު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން މިހާރު ވަނީ މަސައްކަތްތައް ވަރުގަދަކޮށްފަ އެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެމެރިކާގެ މުދަލާއި ވަސީލަތްތަކަށް ހަމަލާދިނުމަށް ބޭނުންކުރާ "ސާފަސް-ޓޫ-އެއާ" މިސައިލްތަކަށް އަމާޒުކޮށް، ރޭގަނޑުގެ ވަގުތެއްގައި އެމެރިކާއިން ވަނީ އީރާނުގެ ގަޝްމު ރަށަށް "ދިފާއީ" ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް، އެހެން އޮފިޝަލަކު ވިދާޅުވީ މި ހަމަލާތަކަކީ ވަކި އަމާޒުތަކަކަށް ދިން މަދު ހަމަލާތަކެއް ކަމަށާއި، މިއީ އަލުން ބޮޑު ހަނގުރާމައަކަށް އެނބުރި ދިއުމުގެ ނިޝާނެއް ނޫން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ފޮކްސް ނިއުސް ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި، އަސްކަރީ ފިޔަވަޅު އެޅުމުގެ އިންޒާރު އަލުން އާކުރައްވަމުން ވިދާޅުވީ، ގިނަ ބަޔަކު މަރާލުމަކީ އެމަނިކުފާނު އެދޭ ގޮތެއް ނޫން ކަމަށެވެ. ނަމަވެސް، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަން ކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން ފެށި ކުރިމަތިލުންތައް، އަންގާރަ ދުވަހުގެ މިޑްޓާމް އިންތިހާބަށް ފަހު އަލުން ހޫނުވެދާނެ ކަމުގެ ބިރު އޮތުމާއެކު، ގަތަރުން ދަނީ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަލުވިކުރަމުންނެވެ.

ނަން ހާމަނުކުރުމަށް އެދި އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ، ތެހެރާނާއި ވޮޝިންޓަނާ ދެމެދު ހުރި ފަރަގުތައް ކުޑަކުރުމަށް މެދުވެރިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން، ވޭތުވެދިޔަ އަށް ދުވަހު މަޝްވަރާކުރެވުނު އެމެރިކާ-އީރާނު އެއްބަސްވުމުގެ ދެލިކޮޕީއާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ގަތަރުގެ މެދުވެރިން ހޯމަ ދުވަހުގެ ރޭ ވަނީ ތެހެރާނަށް ދަތުރުކޮށްފަ އެވެ.

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއިން ބޭނުންވާ ނަމަ، އީރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަކުރަން ޖެހޭނެ ކަމަށް އެ އޮފިޝަލް އިންޒާރު ދެއްވި އެވެ. އީރާނުގެ ޝަރުތުތަކުގެ ތެރޭގައި ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން ހިންގާ ބްލޮކޭޑް ނުވަތަ ބަންދުކުރުން ހުއްޓާލުމުގެ އިތުރުން، ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުން ހިމެނެ އެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރެޒާއީ ފަހުން ވިދާޅުވީ، އީރާނުގެ ހުށަހެޅުންތަކަށް އެމެރިކާއިން ދިން ޖަވާބަކީ ގަބޫލުކުރެވޭ ފަދަ ޖަވާބެއް ނޫން ކަމަށެވެ. އަދި އީރާނުން ހުށަހަޅާފައިވާ ހަތް ޝަރުތަށް ވޮޝިންޓަނުން ފުރިހަމައަށް އަދި ސާފުކޮށް އިޖާބަދީ، އެކަންކަމަށް އަމަލުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރެޒާއީ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވޭނީ ހަމައެކަނި އެ ޝަރުތުތައް ފުރިހަމަކުރުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox