ކުރީގެ ރައީސް މުހައްމަދު ނަޝީދު
1722 ލިޔުން
ފަހުގެ
ހަބަރުހުލާސާކޮށް އިއްޔެ: ނަޝީދުއާ ޖެހުނު މައްސަލަ ސޯލިހުގެ ދުލުން
ކުރީގެ ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ތަފުސީލު ހާމަކުރައްވާފައިވާއިރު، ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބަދަލުތަކެއް އައިސް ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަކިކުރާ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ބައިނަލްއަގުވާމީ މައްސަލަތަކާއި، ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވާކަން ފާހަގަކުރެވެއެވެ.
ހަބަރުނަޝީދުއާ ޖެހުނު މައްސަލަ ސޯލިހުގެ ދުލުން
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރު ހިންގުމަށް އެންމެ ބޮޑު ހުރަހަކަށްވީ، ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، މަޖިލިސް ތެރެއިން ސަރުކާރަށް އެއްބާރުލުން ނުލިބުމާއި ޕާޓީގެ އެތެރޭގެ ބައެއް ބޭފުޅުން ސަރުކާރުގެ އަގުވައްޓާލަން ކުރި މަސައްކަތްތަކަކީ 2023 ގެ އިންތިހާބު ނާކާމިޔާބުވި ސަބަބުތައް ކަމުގައި ސޯލިހު ފާހަގަކުރެއްވިއެވެ.
