ނަޝީދުގެ ގަލަމުން: ބޭރު މީހުނާއި އެކުވުން، ދިވެހީންގެ ދިވެހިކަން ތަނަވަސްކުރުން

މާލެ ސިޓީގެ މަލަމަތި ވިލިމާލެއިން ފެންނަ ގޮތް. ދިވެހިންގެ ތަނަވަސްކަން އިތުރުވާނީ ބޭރު މީހުންނާ އެކުގައި މަސައްކަތްކޮށްގެން ކަމަށް މި ކޮލަމްގައި ނަޝީދު ލިޔުއްވި --- ފޮޓޯ: އަދަދު ފައިލް

މާލެ ސިޓީގެ މަލަމަތި ވިލިމާލެއިން ފެންނަ ގޮތް. ދިވެހިންގެ ތަނަވަސްކަން އިތުރުވާނީ ބޭރު މީހުންނާ އެކުގައި މަސައްކަތްކޮށްގެން ކަމަށް މި ކޮލަމްގައި ނަޝީދު ލިޔުއްވި --- ފޮޓޯ: އަދަދު ފައިލް

ދިވެހިންގެ ތެރެއިން އެއްބަޔަކު ދެކޭ ގޮތުގައި މި ދިވެހިރާޖޭގެ ބިމަކީ ދިވެހިން ނޫން އެހެން އެއްވެސް ބަޔަކު އެ ބިމުގެ ބޭނުން ހިފައިގެން ވާނެ ބައެއް ނޫނެވެ. ޙާއްސަ ގޮތެއްގައި މި ދިވެހި ބިމުގައި ވަޒަންވެރި ވުމާއި މި ބިން ބޭނުންކޮށްގެން އެންމެހާ ނަފާ ނަގަން ޖެހޭނީ ހަމައެކަނި ދިވެހިންނެވެ. މި ނަޒަރިއްޔާތު ފަތުރާ މީހުން އެ ވިސްނުން އިތުރަށް ގުޅުވަނީ އިސްލާމް ދީނާވެސްމެއެވެ. މި ބިމުގައި ދިރިއުޅުމާއި މި ބިމުން ނަފާނެގެންވެސް ވާނީ ހަމައެކަނި ދިވެހި މުސްލިމުންކަމަށް ދެކެވޭ ދެކުމެވެ.

ދިވެހި ބިމާއި ގުޅޭ މިދެންނެވި ވިސްނުންގެންގުޅޭ މީހުން އެ ވިސްނުމުގައި ސާބިތުވެ އެތިބެނީ ދިވެހިންނަށް ޓަކައި ކަމަށް އެމީހުން ދެކެއެވެ. ބޭރު މީހުނާއި އެކު އުޅުމުން ދިވެހިންގެ ދީނާއި ސަގާފަތް ގެއްލި ހިގައިދާނެކަމުންކަމަށްވެސް ބުނަމުންނެވެ. މިއަދުގެ ދިވެހީންގެ ދީނަކީ އިސްލާމް ދީނެވެ. ދިވެއްސަކަށް އިސްލާމް ދީންގެއްލިއްޖެ ނަމަ، އެމީހަކަށް އާހިރަތު ގެއްލިދާނެކަމަށް އަޅުގަޑުމެން ހިތުގެ އަޑީން ޤަބޫލް ކުރަމެވެ.

ދިވެއްސެއްގެ އަވައްޓެރިއަކީ އެހެން ދީނެއްގެ މީހަކަށް ވެގެން، ދިވެހި މީހާގެ ދީން ގެއްލޭނަމަ، އެ ދިވެހި މީހާ އަށް އެހުރެވެނީ ވަރަށް ނިކަމެތި ދީނީ އަގީދާއެއްގައެވެ. ދިވެހިންގެ ދީނީ އަގީދާ ވަރުގަދަ ކުރެވެން އޮތީ ދިވެހިން އެހެން މީހުންނާއި ދުރުގައި އެކަހެރިކޮށް އުޅުމުންކަމަށް ދެކެވިއްޖެ ނަމަ ދިވެހިންގެ ތޮބިއްޔަތު ދާނީ ނިކަމެތި ވަމުންނެވެ. އިސްލާމް ދީނަކީ ތަނަވަސްކަމާއި ތަރައްޤީ ހޯދުމަށް އިންސާނިޔަތައް ބާރުއަޅާ ތަހުޒީބީ ދީނެކެވެ. އިސްލާމްދީނަކީ އެއްވެސް ނަސްލެއް ނުވަތަ ދީނެއްގެ ބައެއް އެކަހެރި ކުރުމަށް ވަކާލާތު ކުރާ ދީނެއްނޫނެވެ. އަޅުގަޑުމެންގެ ދީނަކީ ތަރްޤީގެ ފަލްސަފާއެކެވެ.

ދިވެހިންނަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގައި ޝަރުތު ބަޔާންކޮށްފައިވާ ބައެކެވެ. އެއީ މިއަދުގެ ދިވެހިންނެވެ. ދިވެހި ތާރީޙްގެ ފަތްފުއް ތަކުން ފެންނާން އޮތްގޮތުގައި މީގެ ކުޑަދުވަސްކޮޅެއްކުރީގައިވެސް ދިވެހިންނަކީ މުޅިން އެހެންބައެކެވެ. 1800 ވަނަ އަހަރުގެ ޖަނަވަރީ މަހުން އެއްވަނަ ދުވަހު މާލޭގެ އާބާދީ އަކީ ހަތްހާހާއި ދިހަ ހާސްމީހުނާއި ދެމެދުގެ އަދަދެކެވެ. މި އާބާދީގެ ތެރެއިން 70 % މީހުނަކީ ބޭރުމީހުނެވެ. ނުވަތަ ދެވަނަ ޖީލުގެ މާލޭ މީހުންނެވެ. އެމީހުން ނަކީ ސޯޅިޔާ އިންނެވެ، ސިންހަޅައިންނެވެ، ބަބުރުންނެވެ، މަލަބާރު މީހުނެވެ، ތުރުކީ މީހުނެވެ، ޔަމަނު މީހުނެވެ، އަރަބިންނެވެ، އަދި ޗައިނާ މީހުންވެސްމެއެވެ. އެތެރެވަރި އާއި އަދި އިރުމަތީ އެފްރިކާގެ އެތަން މިތަނުން މާލެ އައިސް ވަޒަންވެރި ވެފައި ތިބިމީހުންެވެ. އެއިރު މާލޭގައި ތިބި މީހުނާއި ކައިވެނިކޮށް ހަމަ ޖެހުމުގައި ދިރި އުޅެމުން އައި އާއިލާތަކެވެ.

މާލެ އެކަންޏެއްނޫނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ އާބާދީ އަށް ބަލައިފިނަމަ ކަން އޮންނާނީ މާލޭގައި ކަން ހިގާފައިވާ ގޮތާއި ދާދި އެއްގޮތަކަށެވެ. މާލެ އާއި ރާއްޖޭގެ ރައްތައް ރަގަޅު އާބާދީ ތަކަކަށް ހަދާފައި މިވަނީ މިދެންނެވި ބޭރުން އައިސް ވަޒަންވެރިވި މީހުންގެވެސް ވަރަށް ބުރަ މަސައްކަތާއި އެކުއެވެ. ބޭރުމީހަކީ އަޅުގަޑުމެން ދިވެއްސެއްގެ އަވައްޓެރިއަކަށް ވެގެން ރާއްޖެއަށް ލިބިފައިހުރީ އިތުރު މަސައްކަތްތެރި ކަމާއި ވިޔަފާރިއެވެ. ތަނަވަސްކަމާއި ފައިދާއެވެ.

ރާއްޖޭގެ ކިތަންމެ ރަސްރަސްކަލުންނަކީ ބޭރުމީހުނެވެ. ނުވަތަ ބޭރުމީހުންގެ ދަރީންނެވެ. އަލިރަސްފގެފާނުގެ ބައްޕައަކީ ޔަމަނު މީހެކެވެ. ބޮޑުތަކުރުފާނުގެ ކާފައަކީ އިންޑިޔާ ސޯޅިޔާއެކެވެ. ދޮންބާޑަރިންގެ ކާފައކީވެސް ޕޯޗްގީޒް މީހެކެވެ. ރާއްޖެއަށް ބޭރުމީހުން އައިސް ވަޒަންވެރި ވުމުގެ ސަބަބުން ދިވެހިންނަށް ގެއްލުންވާނެ ކަމަށް މިކުރާ ވަކާލާތަކީ ދާދި ފަހުން ކުރެވެން ފެށުނު ކަމެކެވެ. ނިމި ދިޔަ ޤަރުނުގެ ކުރީ ކޮޅުގައި ހިގާން ފެށި ކަމެކެވެ. ބޭރުމީހުނާއި ރުޅިވެރިވުމާއި ހަސަދަވެރި ވުމަކީ ދިވެހިންގެ ބައެއްބާވަތުގެ ވެރިން، އެ ބޭފުޅުންގެ ބާރުވެރިކަން ރާއްޖޭގެ ރައްޔިތުންގެ މައްޗައް ފޯރުވުމަށްޓަކައި ފަތުރާން ފެށުނު ބިރުވެރިކަމެކެވެ. ބޭރުމީހުނާއި މެދުގައި ބިރުވެރިކަން ފަތުރާ މީހުންގެ ވަކާލާތަކީ: ތިމަންނާ އަކީ ދިވެހި މީހާއެވެ. ދިވެހީން ދަންނަ މީހާއެވެ. އެހެންއެއްވެސް މީހެއްގެ ވާހަކަތައްވެސް އަދި ދިރިއުޅޭގޮތްވެސް ދިވެހިން ޤަބޫލް ކުރާން ފަށައިފިނަމަ، ތިމަންނާ މިބަޔާންކުރާ ރިވެތި ދިވެހިގޮތްތައް ގެއްލިދާނެއެވެ. ރީތި ދިވެހި ގޮތަކީ ކޮބައިކަން ބަޔާންކުރާނީ ތިމާންނާއެވެ. ތިމަންނާ މިއުޅޭގޮތް ނޫން އެހެންގޮތަކަށް އުޅެއްޖެ ނަމަ ދިވެހިންނަށް ހުރީ ހަލާކު ކަމަށް ވަކާލާތު ކުރަމުންނެވެ.

ދިވެހިންގެ ނިކަމެތިކަން އެންމެބޮޑަށް ގުޅިފައިވަނީ، ދިވެހިން އެހެން މީހުނާއި ގުޅިގެން ތަނަވަސްކަން ހޯދުމާއި ދެކޮޅައް ކުރާ ވަކާލާތާއެވެ. ރާއްޖޭގައި ވޯރާ ވިޔަފާރިވެރިން ވަޒަންވެރި ވާން ފެށުނީ އަށާރަސަތޭަކައިގެ އަހަރުތަކުގެ ކުރީކޮޅުއެވެ. މުސްކުޅި ބަންޑާރައިންގެ  (1835 – 1883) ރަސްކަމުގައެވެ. ވޯރާއިން ރާއްޖެއިން ބޭރުކޮށް ނިމުނީ އިބްރާހިމް ނާސިރުގެ ރައީސް ކަމުގައި 1962 ވަނަ އަހަރުއެވެ. ހަމަ އެދުވަސްވަރުގައި ސިންގަޕޫރުގައި ތިބި ވޯރާއިންނަށް އެތަނުގައި ކަންކުރީ މުޅިން އެހެން ގޮތަކަށެވެ. ސިންގަޕޫރު ވޯރާ ވިޔަފާރިވެރިންނަށް ބިމާއި ރައްޔިތުކަން ދިނީއެވެ. ސިންގަޕޫރު މިއަދު މިދެކޭ ތަނަވަސަކމުގެ ވަރަށް ބޮޑު ހިއްސާދާރުންނަކީ ވޯރާ ވިޔަފާރި ވެރިންނެވެ.  

ރާއްޖޭގެ ބިމުގައި އެހެންބަޔަކު ދިރިއުޅެ، ދިވެހިންނާއި އެކު އެމީހުން ހިންގާ ވިޔަފާރިތަކާއި މަސައްކަތްތަކުން ދިވެހިންނަށް ލިބޭނީ ތަނަވަސްކަމެވެ. ދިވެހިން ބޯދާ ވިސްނުމުގައި ބައިތިއްބާން މިހިންގާ ޖަރީމާތަކަކީ ދިވެހި އުންމަތާއި ދެކޮޅައް، އަދި އެކަން ކުރާމީހުންގެ އަމިއްލަ ފައިދާ އަށް ކުރާ ކަމެއް ނޫގޮތުގައި ދެކޭނެ ތަނެއެް ނެތެވެ. ދިވެހި ބިމުގައި ދިރިއުޅުމަށް، އަދި އެބިމުން މުއްސަދިކަން ހޯދުމަށް ބޭރު މީހުނަށް ދައުވަތު ދިނުމަކީ ކޮންމެހެން ބޭނުން ތެރިކަމެކެވެ. ދިވެހިރާއްޖޭގެ ނަލަ ނަލަ ޖަޒީރާ ރައްތަކަކީ ހަމައެކަނި ވައްލަ ބިސްއަޅާ ތަންތަނުގެ ގޮތުގައި އޮތްއޮތުން ބަދަލުވެ، ރާއްޖެއަށް ޓުރިސްޓު ވިޔަފާރީގެ ފައިދާ އާއި ނަފާ ލިބިފައިމިވަނީ ބޭރުމީހުންގެ ފައިސާ އާއި މަސައްކަތް އިންތިހާއަށް ހިމެނިފައި އޮތުމުނެވެ. ދެންވެސް ރާއްޖެގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަން ހޯދޭން އޮތީ ބޭރުމީހުނާއި ގުޅިގެން އެމީހުނާއި އެކުގައި މަސައްކަތް ކޮށްގެނެވެ. އަޅުގަޑުމެން މި މަދު ދިވެހީންކޮޅު ޖާހިލުކަމާއި ބޯދާ ކަމުގައި ތިބެގެނެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox