އީގަލް ހިލްސްއާ ދެކޮޅަށް ވާހަކަ ދައްކާ އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

އޮކްޓޯބަރު 3، 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ؛ މުހައްމަދު ޝާބިން

އޮކްޓޯބަރު 3، 2026: އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން --- ފޮޓޯ؛ މުހައްމަދު ޝާބިން

އީގަލް ހިލްސްއާ ދެކޮޅަށް ވާހަކަދައްކާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ނުސީދާ އިންޒާރެއް ދެއްވައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންނަށް ނަޝީދު ނުސީދާ އިންޒާރެއް ދެއްވީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި މީހަކު ހިއްސާކުރި މަޖިލީހުގެ ވީޑިއޯއަކާ ގުޅިގެން އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

އެ މެސެޖުގައި ނަޝީދު ވިދާޅުވީ މީގެ ކުރިން 2023 ވަނަ އަހަރު ހެންވޭރު މެދު ދާއިރާގެ އޭރުގެ މެންބަރު، އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ވެސް އެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަދައްކަވައިގެން ކަމަށެވެ.

Advertisement

"މެންބަރުންނަށް ދަންނަވައިލަން ބޭނުން، އަލީ އާޒިމް ޕާޓީން ވަކިކުރީ މަޖިލިސް ގެ މެންބަރަކަށް ހުންނަވައި ޕާޓީގެ ސިޔާސަތާ އިދިކޮޅަށް ވާހަކަދައްކަވައިގެން. އީގަލް ހިލް ކަންތަކާ ގުޅޭގޮތުން ޕާޓީން ވަނީ ބަޔާނެއް ނެރިފައި،" ނަޝީދުގެ މެސެޖުގައި ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން، މަޖިލީހުގެ ތަޅުމުގައި އީގަލް ހިލްސް މަޝްރޫއުއާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާފައި ވަނިކޮށެވެ.

ރަސްމާލޭގެ ބިމުން 500 ހެކްޓަރު، އީގަލް ހިލްސްއަށް ދިނުމަށް އެ ކުންފުންޏާއެކު ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުން ހާމަކުރަން ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ އީގަލް ހިލްސްގެ ވެރިޔާ، މުހައްމަދު އަލައްބާރުއަކީ ޔަހޫދީންނަށް ވާގިވެރިވާ ބޭފުޅެއްކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންނަށް ނުސީދާ އިންޒާރެއް ދެއްވައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ރައްދު ދެއްވައިފަ އެވެ.

އަކްރަމް ކުރެއްވި މެސެޖެއްގައި ވިދާޅުވީ އީގަލް ހިލްސް މަޝްރޫއުއާ ގުޅޭގޮތުން ނަޝީދު ދައްކަވާ ވާހަކަތައް ވެރިކަންކުރާ ޕީއެންސީ ތެރޭގައި ވަރަށް ހިނގާކަމަށެވެ. އަދި، އެކަމާ ޕީއެންސީގެ ބޭފުޅުން ވަރަށް އުފާކުރައްވާ ކަމަށް އޭނާ ފޮނުއްވި މެސެޖުގައި ލިޔުއްވައިފައިވެ އެވެ.

އަކްރަމްގެ މެސެޖަށް ރައްދުދެއްވައި ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ ކޮންމެ ބައެއްގެ ތެރޭގައި އެ ވާހަކަ ހިނގިޔަސް، ވިދާޅުވެފައި އެ ވަނީ ކަން އޮތް ގޮތް ކަމަށެވެ.

ނަޝީދުގެ އެ މެސެޖާއެކު އެ ގްރޫޕަށް އަކުރަމް ފޮނުއްވި އިތުރު ދެ މެސެޖުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ދެއްކެވީ ހަގީގީ ވާހަކަ ކަމަށާއި އީގަލް ހިލްސްއިން އުޅެނީ ރާއްޖޭގައި ޒަޔަނިސްޓުން ބާރުވެރި ކުރުވަން ކަމަށެވެ.

"އަނެއް ސުވާލަކީ ސެކްރެޓޭރިއެޓުން ނެރޭ ބަޔާނަކީ ޕާޓީގެ ނިންމުން ކަމަށް ކަނޑައެޅިފައި އޮތީބާ؟ ދެން ކީއްކުރާ ގައުމީ މަޖިލިސް އަކާ ކޮމިޓީތަކެއްބާ؟ މިއީ ރައީސް ނަޝީދު ވިދާޅުވާހާ ގޮތަކަށް އާދެ އާދެ ކިޔަން އޮންނަ ޕާޓީއަކަށްތޯ ވާންވީ ޕީއެންސީ އެމްޕީސް ހެން،" އަކްރަމް ސުވާލު އުފެއްދެވި އެވެ.

"ރަސްމާލެ ހަރަކާތުގެ ޕްރެސްއަށް އެރި އެމްޕީސް އަށް ބިރުދައްކަން ޖެއްސެވި އެއްޗެއްތޯ މިއީ؟"

އަކްރަމްގެ އެ މެސެޖުތަކަށް ރައްދުދެއްވައި ނަޝީދު ކުރެއްވި މެސެޖުގައި ވިދާޅުވީ އަލީ އާޒިމް އެމްޑީޕީން ވަކިކުރުމުގައި ވެސް އިސްކޮށް އުޅުއްވީ އަކްރަމް ކަމަށެވެ.

ނަޝީދު ސިފަކުރެއްވީ އީގަލް ހިލްސް މަޝްރޫއުއާ ގުޅުވައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ދައްކަވާ ވާހަކަތަކަށް ހިތްވަރު ދެއްވުމަކީ އެ ބޭފުޅުން ޕާޓީން ވަކިކުރަން އަކްރަމް ކުރައްވާ މަސައްކަތެއްގެ ގޮތުގަ އެވެ.

އަކްރަމް އާއި ނަޝީދުގެ މެސެޖުތަކަށްފަހު، އެމްޑީޕީގެ ކުރީގެ ލީގަލް ޑިރެކްޓަރު، މަހުފޫޒް ސައީދު ކުރެއްވި ޕޯސްޓެއްގައި ވަނީ އެއްވެސް ބޭފުޅަކަށް ފިޔަވަޅެއް ނޭޅޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އީގަލް ހިލްސްއާ ދެކޮޅު ހެދުމަށް ޕާޓީގެ އެމްޕީސް އަދި، އާންމު މެންބާސް ހަރަކާތްތައް އަދި ކުރިއަށް އޮތީ. ހަމަ އެކަކަށް ވެސް އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ! ތިވާހަކަ ދެއްކުން ހުއްޓާލާ،" މަހުފޫޒް ކުރެއްވި މެސެޖުގައި ލިޔުއްވާފައިވެ އެވެ.

އޭގެ ފަހުން ނަޝީދު އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓާ ގުޅުވައި އަލައްބާރުއަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމެއް ކަމަށެވެ.

"ރަސްމާލެ ޕްރޮޖެކްޓާ ގުޅުވައި އަލައްބާރުއަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް އަދި ވަރަށް ބޮޑަށް ގެއްލުންވާނެ ކަމެއް. ރާއްޖޭގައި މިހާރު ހުރި ޔޫއޭއީ އިންވެސްޓްމެންޓުތަކަށް ވެސް ހުއްޓުން އަންނާނެ ކަމެއް،" ނަޝީދު ކުރެއްވި މެސެޖުގައި ލިޔުއްވާފައިވެ އެެވެ.

ނަޝީދު އެ މެސެޖަށް ރައްދުދެއްވައި މަހުފޫޒް ކުރެއްވި ދެ ޕޯސްޓުގައި ވަނީ އަލައްބާރުއަކީ ޒަޔަނިސަމް ނޯމަލައިޒްކުރާ މީހެއް ކަމަށް ވިދާޅުވެފަ އެވެ. އެ ސަބަބުތަކަށް ބަލާއިރު، އެކަމަށް ތާއީދުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މަހުފޫޒްގެ މެސެޖުގައި ވިދާޅުވި އެވެ.

"އެމްޑީޕީ މަޖިލިސް މެންބާސް، ޖީއެމް މެންބާސް އަދި، އާންމު މެންބާސް ވެސް އަލައްބާރުއާ ދެކޮޅަށް ތެދުވާނެ." މަހުފޫޒްގެ މެސެޖުގައި ވިދާޅުވި އެވެ.

މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު، އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ދިވެހި ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކައިލި ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އޭނާ ބައިވެރިވެވަޑައިގެންނެވުމުންނެވެ.

އާޒިމް އެމްޑީޕީން ވަކިކުރުމުން، ނަޝީދުގެ އަރިސް ގިނަ ބޭފުޅުންތަކެއް އެމްޑީޕީން ވަކިވި އެވެ. އެއަށްފަހު އެ ބޭފުޅުން އުފެއްދެވީ ދަ ޑިމޮކްރެޓްސް އެވެ. އެމްޑީޕީން ވަކިވެވަޑައިގެން ގޮސް އެ ޕާޓީއާ އޭރު ގުޅިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox