އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ދިވެހިންގެ ތެރޭގައި ބައިބައިވުން އުފެދޭނެ

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް: ރަސްމާލެ ޑީލުގެ ސަބަބުން ދިވެހިންގެ ތެރޭގައި ބައިބައިވުން އުފެދޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް: ރަސްމާލެ ޑީލުގެ ސަބަބުން ދިވެހިންގެ ތެރޭގައި ބައިބައިވުން އުފެދޭނެ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ: އަދަދު

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން ދިވެހި މުޖުތަމައުގައި މިހާރު އޮތް ބައިބައިވުން އިތުރަށް ބޮޑުވެގެންދާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މިސްރާބު ހުރީ ޕާޓީ އުފެއްދި އަސާސްތަކާ ދުރަށް ކަމަށް ވިދާޅުވެ ނަޝީދު އެކްސް ގައި ކުރެއްވި ޕޯސްޓަށް ރައްދު ދެއްވައި އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ސިޔާސަތުތަކަކީ ގައުމުގެ ވަސީލަތްތަކުން ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. 

"އެމްޑީޕީ އުފެދިގެން އައީ އިންސާނީ ހައްގުތަކާއި ޑިމޮކްރެޓިކް ހަމަތަކުގެ މައްޗަށް. އެއީ ދުވަހަކުވެސް ގިނަ ދީންތަކާއި ސަގާފަތްތަކަށް ޖާގަދޭ ޕްލުރަލިޒަމް އަށް ބިނާވެފައިވާ ޕާޓީއެއް ނޫން،" އިބްރާ ވިދާޅުވި އެވެ. 

އިބްރާ ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ގިނަ އަދަދެއްގެ މީހުންނަށް އިހުތިރާމްކޮށް، ކެތްތެރިކަން އިސްކުރުމަށް އެމްޑީޕީން އަބަދުވެސް ބާރުއަޅަމުން އައި ނަމަވެސް، އެއީ ތަފާތު ދީންތަކާއި ސަގާފަތްތަކުގެ މީހުންނަށް ރާއްޖޭގައި ދާއިމީކޮށް ވަޒަންވެރިވުމަށް ފުރުސަތު ދިނުން ނޫން ކަމަށެވެ.

ރަސްމާލެ ޑީލާ އޮތް ދެކޮޅުވެރިކަމަކީ ހަމައެކަނި ވަކި ފިކުރަކަށް ނުވަތަ އެންޓި-ޒަޔަނިސްޓް ވިސްނުމަކަށް އޮތް ދެކޮޅުވެރިކަމެއް ނޫންކަން ފާހަގަކުރައްވާ އިބްރާ ވިދާޅުވީ މީގެ ކުރިން ނަޝީދު އަމިއްލަފުޅަށް ދައްކަވަމުން ގެންދެވި ބައެއް ވާހަކަތަކާމެދު ޕާޓީގެ ތެރެއިން އޭރު ދެކޮޅު ނުހެދީ، އޭރުގެ ސިޔާސީ މަސްރަހު އޮތް ނާޒުކު ގޮތުން ކަމަށެވެ. 

ނަމަވެސް މިހާރު ރައްޔިތުންގެ ވިސްނުން ބަދަލުވެފައިވާ ކަމަށާއި، ހަގީގީ ޑިމޮކްރަސީއެއްގައި ތަފާތު ހިޔާލުތަކަށް ޖާގަ އޮންނަންވާނެ ކަމަށް އިބްރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގައުމުގެ މިލްކިއްޔާތާއި ވަސީލަތްތައް ބޭރުގެ ބޮޑެތި ކުންފުނިތަކަށް ދޫކޮށްލުމަކީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ނުރައްކަލެއް ކަމަށެވެ. 

ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ރަސްމާލޭގެ ބިމުން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު އެ ޕާޓީގެ ތެރޭގައި ދެބަސްވުންތަކެއް އެބައޮތެވެ. އެކާމާ ގުޅޭގޮތުން އެ ޕާޓީގެ ސްޓޭންޑު ކަނޑައެޅުމަށް މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.  

ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox