"އަނގައިން ބަލިނުވި" ޕީއެންސީގެ ލީޑާޝިޕަށް ނަޝީދު ފާޑުވިދާޅުވެއްޖެ

Jun 7, 2026, 7:52 AM
ތިން ރައީސުންގެ ބައްދަލުވުން —— ފޮޓޯ: މުހައްމަދު ޝަރުހާން

ތިން ރައީސުންގެ ބައްދަލުވުން —— ފޮޓޯ: މުހައްމަދު ޝަރުހާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެންބަރަކު ހޮވަން އިއްޔެ ބޭއްވި އިންތިހާބުން ބަލިވިކަން ގަބޫލު ކުރަން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ލީޑާޝިޕުން ދެކޮޅު ހަދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ. 

އިއްޔެގެ އިންތިހާބު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެ ވަނީ 1375 ވޯޓު ހޯއްދަވައިފަ އެވެ. ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. 

ޕީއެންސީގެ ލީޑާޝިޕުން އެ ބަލި ސިފަ ކުރަމުންދަނީ އެ ޕާޓީއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގަ އެވެ. އަދި އެއީ އިދިކޮޅު އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއެއް ކަމަށް ވެސް ބުނަމުންދެ އެވެ. އިންތިހާބުން މޮޅުވި ކެންޑިޑޭޓު ސޯބެއަށް މަރުހަބާ ކިޔާފައި ވަނީ ވެސް ޕީއެންސީގެ މަދު ބަޔެކެވެ. 

Advertisement

އެކަމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އެގޮތަށް ވާހަކަ ދައްކާ ޕީއެންސީގެ މެންބަރުން ނަޝީދު ސިފަ ކުރެއްވީ "އަނގައިން ބަލިނުވާ"  ބޭފުޅުންގެ ގޮތުގަ އެވެ. 

"ބައެއް ފަހަރު ތަޅާފޮޅާއިރު ވާގޮތެއް އޮވޭ. ގަދަ މީހާ ޖަހާ އިރަށް އަންގައިން ބަލިނުވާ މީހާ ބުނާނެ، ދެން ޖަހާ ބަލަ. އެންމެ ފަހުން ހެސް ކިޔާފަ ކަންކަށީގަ ޖަހާ ވެއްޓުނީމާ ބުނާނެ، އައްދެ، ކިރިޔާ ޖެހުނުކަމޭ. ހިތަދޫ އުތުރު ގޮނޑި އަކީ ޕީއެންސީގެ އަތުގައި ބޮޑު އަގުލަބިއްޔަތަކުން ލިބިފައި ހުރި ގޮނޑިއެއް. އެމްޑީޕީ އެ ގޮނޑި ހޯދައިފި. ޑރ. މުއިއްޒު އެ ހުރީ ރަނގަޅަށް ބަލިވެފައި،" ނަޝީދު ވިދާޅުވި އެވެ. 

އެންމެފަހުން 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނު ކާމިޔާބު ކުރެއްވީ 1079 ވޯޓު ހޯއްދަވައިގެންނެވެ. އެންމެ ކައިރިން ވާދަކުރެއްވީ ނަވާރަވަނަ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަސްލަމްއަށް ލިބިވަޑައިގަތީ 838 ވޯޓެވެ. 

އިއްޔެގެ އިންތިހާބުން ބަލިވިކަން ގަބޫލުކުރަން ދެކޮޅު ހަދަމުންދާ ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހިމެނެ އެވެ. 

ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ބަލި ގަބޫލު ކުރެއްވި ކަމަށް ވިދާޅުވެފައެއް ނުވެ އެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި ސޯބެއަށް މަރުހަބާއެއް ވެސް ނުކިޔަ އެވެ. 

އޭގެ ބަދަލުގައި ފަލާހު ވަނީ އިންތިހާބުގައި ބެހެއްޓި ބައެއް ފޮށިތަކުން ސޮޑާ ކުރި ހޯދާފައިވާތީ އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އައްޑޫ ރައްޔިތުން ވަނީ އެ ފޮށިތަކުން "ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައި" ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. 

"އައްޑޫގައި ދިރިއުޅޭ، ރައްޔިތުން ބުނާ ކަހަލަ އެމްޑީޕީގެ ލީޑާޝިޕް ވަނީ ފެއިލްވެފައޭ. އައްޑޫއާމެދު އިހުމާލުވެފައޭ! [ރައީސް އަބްދުﷲ] ޔާމީނަކަށް އައްޑޫ އިން ޖާގައެއް ނެތޭ! ކަލޭމެން ދެން އައްޑޫއަށް ނާރައްޗޭ!،" ފަލާހު ވިދާޅުވެފައިވެ އެވެ.

ވެރިކަމުގައި ހުންނަވައި ވިދިވިދިގެން ތިން ވޯޓުން ބަލިވި ނަމަވެސް، ރައީސް މުހައްމަދު މުއިއްޒަށް އައްޑޫއިން އޮތް ލޯބި މިއަދު ނާކާމިޔާބުވި އިންތިހާބުން ހާމަވި ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. 

"މިއަދު ބޭއްވުނު އިންތިހާބުގައި ބެހެއްޓި ހަތް ވޯޓު ފޮށީގެ ތެރެއިން ހަތަރު ވޯޓު ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެއް. ރައީސް މުއިއްޒު އަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް،" ފަލާހު ވިދާޅުވި އެވެ. 

މިއަދުގެ އިންތިހާބަށްފަހު، ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އިބްރާހިމް ސުޖާއު ވެސް ވަނީ ދިގު މެސެޖެއް އެކްސްގައި ލިޔުއްވާފަ އެވެ. އޭނާ ވެސް ވަނީ ބަލި ގަބޫލު ކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ. 

"ތިރީގައި އެވަނީ ތިން ރައީސުން އެކުވެގެން ބައި-އިލެކްޝަނުން ހޯދި ނަތީޖާއާއި ރައީސް ޑރ. މުއިއްޒު އެކަނި ހޯއްދެވި ނަތީޖާ. ރަނގަޅަށް ބައްލަވާ! ތަފާތު ކުރެވުނީ އެންމެ 62 ވޯޓު. ރައީސް ޑރ. މުއިއްޒު މިނަތީޖާ ހޯއްދެވީ އެމްޑީޕީގެ ވެރިކަމުގައި ބައި-އިލެކްޝަންތަކުގައި މުޅި ދައުލަތް ލޫޓުވާލި ގޮތަކަށް ނޫން. ކޮމަންޑޫ އާއި ގުރައިދޫ ދާއިރާ އަށް މުޅި ދައުލަތް އޮއްސާލެއްވި ގޮތަކަށް ނޫން،" ސުޖާއު ވިދާޅުވެފައިވެ އެވެ. 

އެ ދެ ބޭފުޅުންގެ އިތުރުން މިއަދު ބަލިވި ކެންޑިޑޭޓު ސޮޑާ ވެސް ބަޔާނެއް ނެރުއްވި އެވެ. ސޮޑާގެ ބަޔާނުގައި، އޭނާއަށް "ކާމިޔާބީއާ ހަމަށް ވާސިލުނުވެވުނު" ކަމަށް ވަނީ ގަބޫލު ކުރައްވައިފަ އެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު ސޯބެއަށް އޭނާ ވެސް މަރުހަބާއެއް ނުކިޔަ އެވެ. 

"އިންތިހާބުން އަޅުގަނޑަށް ކާމިޔާބީއާ ހަމައަށް ވާސިލު ނުވެވުނު ކަމުގައި ވިޔަސް ތިޔަ ބޭފުޅުން ދެއްވި ކޮންމެ ވޯޓަކީ އަޅުގަނޑުގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" އެ ބަޔާނުގައި ސޮޑާ ވިދާޅުވެފައިވެ އެވެ.

ޑިމޮކްރަސީގެ ރޫހާއި ރީތި އާދަޔާ ހިލާފަށް ބަލި ގަބޫލު ނުކުރައްވާ ފަދަ މޭރުމަކުން ޕީއެންސީގެ ލީޑަރުން ވާހަކަ ދައްކަވާއިރު، އިންތިހާބު ނިމުނު ފަހުން ރައީސް މުއިއްޒު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ. މި އިންތިހާބުގައި ކެމްޕެއިން ކުރައްވަން އެމަނިކުފާނު އައްޑޫއަށް ވަޑައިގެންފައެއް ވެސް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox