
ސާއިފް ޝިޔާދު
ސަބް އެޑިޓަރ
ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ބައިނަލްއަގުވާމީ މަޝްރަހާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު އަދި އިގުތިސޯދީ ދާއިރާގެ ލިޔުންތައް އޭނާ އަންނަނީ ލިޔަމުންނެވެ. މީގެކުރިން ސާއިފް ވަނީ "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
2405 ލިޔުން
ހަބަރުމޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަންނަވަނީ
ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުން އާންމު ގޮތެއްގައި ވެރިކަމުގެ ކުރީކޮޅު އިންޑިއާއަށް ރަސްމީ ދަތުރު ކުރެއްވި ނަމަވެސް މިހާތަނަށް އައިއިރު އެފަދަ ދަތުރެއް ރައީސް މުއިއްޒު ކުރައްވާފައި ނުވޭ.
ހަބަރުތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ 2.7 ބިލިއަނުން ދަށަށް
އަހަރު ދެބައިވާން ކައިރިވަމުންދާއިރު ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރި ކަމަށް ދައްކަނީ 23 ޕަސެންޓު. މިދިޔަ އަހަރުގެ މެއި މަސް ނިމުނުއިރު ޕީއެސްއައިޕީ ބަޖެޓުން 55 ޕަސެންޓަށްވުރެ އިތުރަށް ވަނީ ހޭދަކޮށްފައި. މުސާރަ ހޭދަ 12.6 ޕަސެންޓުން ވަނީ އިތުރުވެފައި.
ހަބަރުދިޔަނެރު ފަރަށް އެރި ޓަގަކާއި ބާޖެއް 20 މިލިއަނުން ޖޫރިމަނާކޮށްފި
އެ އުޅަނދުތަކުގެ ވެރިފަރާތަކީ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ކަމަށްވާއިރު އެ އެ ކުންފުނި 20,246,600ރ. (ވިހި މިލިއަން ދެލައްކަ ސާޅީސް ހަހާސް ހަސަތޭކަ ރުފިޔާ) އިން ވަނީ ޖޫރިމަނާކޮށްފައި.
