ތިނަދޫ ސިޓީ ކައުންސިލުން ތިން އާއިލާއެއްގައި ހިމެނޭ ދޫނި ހިމާޔަތް ކުރުމަށް ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
އެ ކައުންސިލުން ނިންމީ އަސްދޫނީގެ އާއިލާ އާއި މައިނާ އާއިލާ އަދި ކުރުއްލާ ދޫނި ހިމެނޭ އާއިލާގެ ދޫނިތައް ހިމާޔަތް ކުރުމަށެވެ.
"ލިސްޓު ކޮށްފައިވާ ބާވަތްތަކުގެ ދޫނިތައް ހިފުމަކީ މަނާ ކަމެއްކަން ކަނޑައަޅަން. އަދި މިފަދަ އަމަލެއް ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން," އެ އިއުލާނުގައި ބުނެފައިވެ އެވެ.
މިއީ ސިޓީ ކައުންސިލާއި ތިނަދޫ ދޫނިތައް ގެންގުޅޭ ކޮމިޔުނިޓީ ޒުވާނުން ގުޅިގެން ތިނަދޫއަކީ ތަފާތު އެކި ވައްތަރުތަކުގެ ދޫނިތައް ރައްކާތެރިކަމާއެކު ދިރިއުޅޭ ހިތަފަސޭހަ މާހައުލަކަށް ހެދުމުގެ މަގްސަދުގައި ނިންމި ނިންމުމެކެވެ.












