އާދަޔާހިލާފަށް ކަރަންޓު ބިލުތައް ބޮޑުވެ ގިނަ ބައެއްގެ ނުރުހުމާއި ޝަކުވާ ސްޓެލްކޯއަށް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ. މިދިޔަ މަހު ވެސް ކަރަންޓޫ ބިލު ބޮޑުވުމުގެ ސަބަބުން އާންމުންގެ ޝަކުވާ އަމާޒުވި --- ފޮޓޯ: އަދަދު ފައިލް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ. މިދިޔަ މަހު ވެސް ކަރަންޓޫ ބިލު ބޮޑުވުމުގެ ސަބަބުން އާންމުންގެ ޝަކުވާ އަމާޒުވި --- ފޮޓޯ: އަދަދު ފައިލް

މިިދިޔަ މަހު މާލެ ސަރަހައްދުގެ ގޭބިސީތަކަށް ސްޓެލްކޯއިން ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެ ގިނަ ބައެއް ޝަކުވާ އާއި ނުރުހުން އެ ކުންފުންޏަށް އަމާޒުވެއްޖެ އެވެ.

އިއްޔެ އާއި މިއަދު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމީހުންގެ ގޭބިސީތަކުގެ ކަރަންޓު ބިލު އޭގެ ކުރީ ބިލަށް ވުރެ ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބުނެ ބިލުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ބިލު ހިއްސާކުރި އެކަކު ބުނެފައިވާ ގޮތުގައި އެ ގެއަށް ފޮނުވި ބިލުގައި ރީޑިން ނަގާފައިވާ ތާރީހުތަކުގައި އެއްވެސް މީހަކު ދިރިނޫޅެ އެވެ. އެހެން ނަމަވެސް, އެ ގޭގެ ބިލަށް ވެސް 1,100ރ. އަށް ވުރެ ގިނައިން އަރާފައިވާކަން ބިލުން އެނގެ އެވެ.

"މިގޭ ބިލަށް ދުވަހަކު ވެސް 700ރ. އަށްވުރެ މަތިން ނާރާ. ކުރިން ވެސް މިހާރު ވެސް އުޅެނީ ތިން މީހުން. ހުރީ ހަމަ އެކައްޗެއް. އެކަމަކު މި މަހުގެ ބިލު 1969ރ.," މީހަކު ބިލުގެ ހިއްސާކުރަމުން ބުންޏެވެ.

ބިލު ހިއްސާކުރި އެހެން މީހަކު ލިޔެފައިވާ ގޮތުގައި އޭނާގެ މުޅި އާއިލާ ރާއްޖޭން ބޭރުގައި 10 ދުވަސް އެ ރީޑިން ނެގި މުއްދަތުގައި ހޭދަކުރިއިރު އެ ގޭގެ ބިލު ވެސް އޮތީ ބޮޑުތަނުން އިތުރުވެފަ އެވެ. އާންމު މަހެއްގައި 1,400ރ. އަރާ އެ ގޭގެ ބިލު މިފަހަރު ސްޓެލްކޯއިން ފޮނުވިއިރު 3,900ރ. އަށްވުރެ ގިނައިން އޮތީ އަރާފަ އެވެ.

މިދިޔަ ދުވަސްތަކުގައި ވިއްސާރަވި ނަމަވެސް ބިލުތައް ބޮޑުވެފައިވާ ކަމަށް ވެސް އާންމުން ވަނީ ބުނެފަ އެވެ. ނަމަވެސް, ސްޓެލްކޯއިން ބުނާ ގޮތުގައި "އެންމެ ފަހުގެ ބިލްތަކުގައި ހިމެނެފައިވާނީ ވިއްސާރައިގެ މަދު ދުވަސްކޮޅެކެވެ."

"ހޫނު ގަދަވެ، ގޭގަޔާއި މީޓަރުގައި އަލިފާން ރޯވިޔަސް މިވަރު ވާނެ ކަމަށް ގަބޫލެއް ނުކުރަމެވެ. މާ ބޮޑު ކަމެއް ކޮށްދޭނެ ކަމެއް ނެތެވެ. މިހާވަރު އަރަންޖެހޭ ސަބަބެއް އޮޅުންފިލުވައިދެއްވާށެވެ. މިއީ ސިޔާސީ ކަމެއް ނޫނެވެ,"

"ރައްޔިތުން ފެލަން ވާނީ ވެސް ކުޅަދާނަ މިންވަރަކަށް. ސެލަރީ އެއްކޮށް ކަރަންޓު ބިލު ދައްކަން މިޖެހުނީ. ބާކީ ބިލްތަކަށް ސަލާން ޖަހަން," ކަންބޮޑުވުން ފާޅުކުރި ޒުވާނަކު ލިޔެފައިވެ އެވެ.

ބައެއް ފަރާތްތަކުން ވަނީ ކަރަންޓު ބޭނުންކުރި މިންވަރު އޭގެ ކުރީ ބިލަށް ވުރެ ކުޑަ ވިޔަސް މިފަހަރުގެ ބިލު މާ ބޮޑު ކަމަށް ބުނެ ބިލުތައް ވެސް ހިއްސާކޮށްފަ އެވެ.

"މި ދެ ބިލްގަ ޔޫސޭޖް މަދުން އެރި ބިލްގަައި ގިނައިން ޗާޖު ކޮށްފަ ގިނައިން ޔޫސޭޖް އެރި ބިލް އަށް މަދުން ޗާޖްވެފަ މި އިނީ ކީއްވެ؟ ދެން ތީގަ ތިބުނާ ގޮތުން ވެއްޖެޔާ ތަފާތު ބޮޑު ވެއްޖެޔާ ކަސްޓަމަރާ ވާހަކަ ނުދައްކާތަ؟," މީހަކު އެކްސްގައި ލިޔެފައިވެ އެވެ.

ރޯދަ މަހުގެ ކަރަންޓު ބިލުތައް ލުއިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް, އެޕްރީލްގައި ފޮނުވި މާޗު މަހުގެ ބިލުތައް ވެސް އާދަޔާހިލާފަށް ބޮޑެވެ. ސްޓެލްކޯއިން އޭރު ބުނި ގޮތުގައި ރައީސް ވައުދުވީ ރޯދަ މަހު ލިބޭ ބިލަށް ޑިސްކައުންޓެއް ދޭށެވެ.

ބިލުތައް ބޮޑުވެ, ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން އެކަން ސްޓެލްކޯ މެދުވެރިކޮށް ދިފާއު ވެސް ކުރި އެވެ. އަދި, އެ ބިލުގައި ރޯދަ މަހުގެ ގިނަ ދުވަސްތައް ހިމެނޭނެ ކަމަށް ސްޓެލްކޯއިން އޭރު ބުންޏެވެ.

އާންމުންގެ ނުރުހުން އަމާޒުވުމުން އަނެއްކާ ވެސް އެޕްރީލް ފަހުކޮޅު ފޮނުވި ބިލުތައް މުރާޖާކުރުމަށް ފަހު ޑިސްކައުންޓް ހިމަނައި ކަސްޓަމަރުންނަށް ފޮނުވި އެވެ. ސަރުކާރުގެ ވެރިން އެކަން ސިފަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހެޔޮފުޅު" ކަމުން ކުރެއްވި ކަމެއް ކަމަށެވެ.

ރޯދަ މަހުގެ ގިނަ ދުވަސްތައް ކުރީ މަހުގެ ބިލުގައި ހިމެނިފައި މިފަހަރުގެ ބިލުގައި ރޯދަ މަހުގެ މަދު ދުވަސްތަކެއް ހިމެނޭއިރު މެއި މަހުގެ ބިލުތައް ބޮޑުވުމުގެ ޝަކުވާއިން ސޯޝަލް މީޑިއާ ވަނީ ފުރާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox