ކަރަންޓު ބިލު ބޮޑުވެގެން ރައީސް ކުރިން ކުރެއްވި ޓްވީޓަކަށް ފާޑުކިޔުން އަމާޒުވެއްޖެ

ރައީސް މުއިއްޒު ކެމްޕޭން ހަރަކާތެއްގައި ބައިވެރިވަނީ. ކަރަންޓު ބިލުތައް ބޮޑުވެ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފައި.

ރައީސް މުއިއްޒު ކެމްޕޭން ހަރަކާތެއްގައި ބައިވެރިވަނީ. ކަރަންޓު ބިލުތައް ބޮޑުވެ އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް ވަނީ އަމާޒުވެފައި.

ފާއިތުވި މަހު ސްޓެލްކޯއިން ފޮނުވި ކަރަންޓު ބިލުތައް ބޮޑުވުމުގެ ސަބަބުން އާންމުންގެ ނުރުހުމާއި ޝަކުވާ ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް 2021 ގައި މާލޭގެ މޭޔަރަކަށް ހުންނަވަނިކޮށް ކަރަންޓު ބިލުތަކާ ގުޅޭ ގޮތުން, ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓަކަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ގޭބިސީތަކަށް ކަރަންޓު ބިލުތައް ލިބުމާ އެކު އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އޭގެ ކުރީ ބިލަށް ވުރެ ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބުނެ ބިލުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ކަންބޮޑުވުންތަކާ އެކު ސްޓެލްކޯ ކައިރީގައި މުޒާހަރާ ވެސް ކުރި އެވެ.

ބިލު ބޮޑުވުމުގެ ހޫނުގައި މިފަހަރު ތިލަވީ ޖުލައި 29, 2021 ގައި މާލޭގެ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވި އިރު ކުރެއްވި ޓްވީޓެކެވެ.

"މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭ ވަރަށްވުރެ ބޮޑު ބިލެއް. ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭގޮތް މިވަނީ ވެފައި. ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން މިވަނީ ޖެހިފައި," އެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އެ ޓްވީޓު އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދަނީ ދައުރުވަމުންނެވެ. އަދި, އެމަނިކުފާނުގެ ޓްވީޓަށް ބައެއް މީހުން ދަނީ ރިޕްލައި ވެސް ކުރަމުންނެވެ.

"ދެން ކިހިނެއް ހަދަންވީ. ރައީސްގެ ދީލަތި އެހީގައި ޑިސްކައުންޓް ދީފައި އެވާހަކަ ގޮވަންތަ ރެޑީވަނީތި," މީހަކު ރައީސަށް ދިން ރިޕްލައިގައި ސުވާލުކުރި އެވެ.

"ހާލުގައި އުޅެމުންދާ ރައްޔިތުން، އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް، ކަރަންޓް ބިލް ޖެހޭނީ ހަމަ ދައްކަން."

ރައީސް އޭރު ޓްވީޓު ކުރެއްވީ އޭރު ހުންނެވި މަގާމުގެ ގޮތުން އިތުރަށް ތާއީދު ހޯއްދެއްވުމަށް ކަމަށް ހިޔާލު ފާޅުކުރި ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި, ރައީސް ވެރިކަމަށް ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ "ރާގު ބަދަލުވެފައި" ވާ ކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ.

"ބިލުތަކާ ގުޅިގެން އާންމުން ރައްޔިތުން ވަނީ އެތަކެއް ތަކުލީފުތަކެއް އުފުލަން ޖެހިފައި. މަނިކުފާނުގެ މިވަގުތު އެއްވެސް އިހުސާސެއް ނެތީތޯ," އެކްސްގައި މީހަކު ޝަކުވާ ކުރަމުން ބުނެފައިވެ އެވެ.

"މިފަހަރު މަނިކުފާނުގެ ސަރުކާރުގަ ވެސް މިއޮތީ ކަރަންޓު ބިލް ބޮޑުކޮށްފަ. ރައްޔިތުން ބޮޑުކުލިދައްކާފަ ނެތް ފައިސާއަކުން ބިލް ދައްކާނީ ކިހިނެތްތޯ؟ މަނިކުފާނު މިކަން ހައްލުކޮށްދެއްވާނެ ކަމަށް މިބަލަނީ."

ރޯދަ މަހުގެ ގިނަ ދުވަސްތައް ކުރީ މަހުގެ ބިލުގައި ހިމެނިފައި މިފަހަރުގެ ބިލުގައި ރޯދަ މަހުގެ މަދު ދުވަސްތަކެއް ހިމެނޭއިރު, މެއި މަހުގެ ބިލުތައް ބޮޑުވުމުގެ ޝަކުވާއިން ސޯޝަލް މީޑިއާ ވަނީ ފުރާލާފަ އެވެ.

ސްޓެލްކޯއިން އެ ކުންފުނީގެ "އެކްސް" އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ކަރަންޓު ބިލާއި ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާ ސާވިސް އަށް ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން ސްޓެލްކޯގެ ކަސްޓަމާ ސާވިސް ބިލްޑިންގްގެ ފޯނު ނަމްބަރު، 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލާފަ އެވެ. އަދި ސްޓެލްކޯގެ އީމެއިލްއަށް ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox