
ސާއިފް ޝިޔާދު
ސަބް އެޑިޓަރ
ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަ ބަދަލުތަކާއި ބައިނަލްއަގުވާމީ މަޝްރަހާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު އަދި އިގުތިސޯދީ ދާއިރާގެ ލިޔުންތައް އޭނާ އަންނަނީ ލިޔަމުންނެވެ. މީގެކުރިން ސާއިފް ވަނީ "ރާއްޖެ ޓީވީ" ގެ ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
2400 ލިޔުން
ހަބަރުމާލޭގެ މަގުތައް ސާވޭ ކުރާ ޓީމު މި މަހު އަންނާނެ
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ސާވޭ އަދި ޑިޒައިން މަރުހަލާ ފެށުމަށްޓަކައި މި މަހުގެ ތެރޭގައި ޓީމެއް ރާއްޖެ އަންނާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނީ ޑިޒައިން މަރުހަލާ ނިމި، މަސައްކަތް ކުރާނެ ކޮންޓްރެކްޓަރެއް ޗައިނާ ސަރުކާރުން ހަމަޖެއްސުމުންނެވެ.
ހަބަރުއެމްޑީޕީ ޗެއާޕާސަން އިންތިހާބު ބާތިލުކުރަން ކޯޓަށް މައްސަލަ
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ އިއުލާނާއި ތާވަލު، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމަށް ބުނެ ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. ގާނޫނީ ވަކީލު އަބްދުالله ޝާއިރު ހުށަހެޅި މި މައްސަލާގައި ބުނެފައިވަނީ، އިންތިހާބުގެ ކަންކަން ހިންގަންވާނީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން ކަމަށެވެ.
ހަބަރުކޮންޓްރޯލް ކޮމިޝަންގެ ގާނޫނު އުވާލަން ޕެޓިޝަން
މީޑިއާ ކޮންޓްރޯލް ކުރުމުގެ ބާރު ލިބޭ ގޮތަށް އޮތް ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، ނޫސްވެރިންގެ ޖަމިއްޔާއިން އިސްނަގައިގެން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ މި ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނަށް މީޑިއާތައް ޖޫރިމަނާކުރުމާއި ރަޖިސްޓްރީ ބާތިލުކުރުން ފަދަ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ މުތުލަގު ބާރުތަކެއް ދީފައިވާ ކަމަށެވެ.
