މަޖިލީހަށް ސަރުކާރު ޖަވާބުދާރީއެއް ނުކުރެވޭ، އެކަން ކުރަން ތިބީ ނޫސްވެރިން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނުގެ ހަޔާތުގެ ކުރީކޮޅު ނޫސްވެރިއެއްގެ ވަޒީފާ އަދާކުރެއްވި. މިހާރު ވެސް އެއީ ލިޔުންތެރިޔެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނުގެ ހަޔާތުގެ ކުރީކޮޅު ނޫސްވެރިއެއްގެ ވަޒީފާ އަދާކުރެއްވި. މިހާރު ވެސް އެއީ ލިޔުންތެރިޔެއް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށާއި އެކަން ކުރަން މިއަދު ތިބި ބަޔަކީ ނޫސްވެރިން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ސަންގު ޓީވީގެ 11 ވަނަ އަހަރީ ދުވަހުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި ގައުމަކަށް ތަނަވަސް ކަމެއް އަންނަނީ ތެދު ބަހުން ވާހަކަ ދެކެވި ބަހުސް ކުރަން ފެށުމުންނެވެ. އެހެން ނޫން ނަމަ ނުބައި އަގުގައި ނުބައި މީހުންނަށް ޕްރޮޖެކްޓުތައް ހަވާލުކުރުމަށް މަގުފަހިވެގެންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"ދެ ފުށް ނުފެންނަ ގޮތަށް ސަރުކާރުގެ ހަރަދުތައް، ދައުލަތުގެ ކަންކަން ހިނގަމުންދިޔައިމާ ލިބޭ ގެއްލުން މި ލިބެނީ ރައްޔިތުންނަށް. އެ ގެއްލުމުން ރައްޔިތުން ސަލާމަތް ކުރުމަށް ދައުލަތުގެ ބާރެއްގެ ގޮތުގައި، ހަތަރު ވަނަ ބާރަކީ ނޫސްވެރިކަމަކީ،" މީގެ ކުރިން ނޫސްވެރިކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ. 

Advertisement

ހަތަރުވަނަ ބާރުގެ ގޮތުގައި އޮންނަ ނޫސްވެރިކަމަކީ އެންމެ މުހިންމު ބާރު ކަމަށާއި އެއީ ދައުލަތުގެ އަނެއް ތިން ބާރު ބަލަހައްޓަނީ ނޫސްވެރިކަން ކަމަށްވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ. ޑިމޮކްރަސީއެއް ހިނގަނީ މިނިވަންކަމާ އެކީގައި ނޫސްވެރިކަން ކުރެވެމުން ދާނަމަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

"އަޅުގަނޑުމެންގެ މަސައްކަތްތަކަށް ފާރަވެރިވާން ތިބީ ތި ބޭފުޅުން [ނޫސްވެރިން]. އަޅުގަނޑުމެންގެ މަސައްކަތް ރަނގަޅަށް ހިނގަނީ ތި ބޭފުޅުން ފާރަވެރިވީމައި،" ނަޝީދު ވިދާޅުވި އެވެ. 

"ރައްކާތެރިކަމާއި ސަލާމަތްތެރިކަމަކީ ބަޑީގެ ވަޒަނުން ހޯދާ އެއްޗެއް ނޫން. އެއީ ތެދު ބަހުން ވާހަކަ ދައްކައިގެން، ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދީގެން އެކެއްގެ ހައްގަށް އަނެކަކު އަރައިނުގަނެ މި ތިބެނީ ސާފު ސާދާކޮށް މަޝްވަރާ ކުރެވުނީމައި."

ސަރުކާރު ޖަވާބުދާރީ ކުރުމަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވެސް އެކަން ނުކުރެވޭ ކަމަށާއި ވާދަވެރި ޕާޓީ ވެސް ސަރުކާރު ވަރަށް ރަނގަޅޭ ބުނެފި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ މުއިއްޒުގެ ކެބިނެޓުގެ ވަޒީރުންނަށް އެމްޑީޕީގެ ބައެއް މެންބަރުން ރުހުން ދިނުމަށެވެ.

"ނޫސްވެރިން އެކަން [ސަރުކާރު ޖަވާބުދާރީ] ކުރަން ތިއްބެވީ، ނޫސްވެރިން މި ކަންކަމުގެ އަސްލާއި ހަގީގަތް އަޅުގަނޑުމެންގެ ރައްޔިތުންނަށް ގެނެސްދޭން ތިބި ބަޔަކީ،" ނަޝީދު ވިދާޅުވި އެވެ. 

ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަމުގެ މާހާއުލު އެއްކޮށް ފުނޑުފުނޑުކޮށްލައި ނޫސްތަކާއި ނޫސްވެރިންނަށް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް މުއިއްޒުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 108 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ ރޭންކު ކުރެވިފައި އޮތީ 104 ވަނައިގަ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު ރާއްޖެ ރޭންކު ކޮށްފައި އޮތީ 100 ވަނައިގަ އެވެ.

ފާއިތުވި އަހަރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެކެވެ. ވަކިން ހާއްސްކޮށް މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ފާސްކޮށް ކޮންޓްރޯލް ކޮމިޝަނެއް އުފައްދައި މީޑިއާތައް ހުއްޓުވޭނެ ގާނޫނީ އޮނިގަނޑެއް ވަނި އެކުލަވާލާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox