ހުއްދަ ނުހޯދައި ޒާތީ މައުލޫމާތު ބީއެމްއެލްއާ ހިއްސާކުރާތީ އާންމުންގެ ކަންބޮޑުވުމާއި ފާޑުކިޔުން

ބޭންކް އޮފް މޯލްޑިވްސްގެ މައި ބްރާންޗު

ބޭންކް އޮފް މޯލްޑިވްސްގެ މައި ބްރާންޗު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރާއްޖޭގައި ތިބޭ މީހުންގެ ކާޑުތަކުން ބޭރުގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުން ބޭރު ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ނަމުގައި އެޅި ފިޔަވަޅަކީ ހުއްދަ ނުހޯދައި އާންމުންގެ ޒާތީ މައުލޫމާތު އެ ބޭންކަށް ލިބޭ ގޮތަށް ގެނައި ބަދަލަކަށްވާތީ އާންމުން ކަންބޮޑުވުުން ފާޅުކުރަން ފަށައިިފި އެވެ.

ބީއެމްއެލް އާއި އިމިގްރޭޝަންއާ ދެމެދު ޑިޖިޓަލް އިންޓަގްރޭޝަނެއް ގާއިމުކޮށްފައިވާއިރު ކާޑުތަކަށް ރާއްޖޭން ބޭރަށް ދޫކުރާ ލިމިޓު އެެކްޓިވްވާނީ ބޭރަށް ފުރުމުން ކަމަށް އިއްޔެ ބޭންކުން ވަނީ ހާމަކޮށްފަ އެވެ. މިއީ އިމިގްރޭޝަންގެ މައުލޫމާތަށް ބިނާކޮށް ބޭންކުން އަޅާނެ ފިޔަވަޅެކެވެ 

ރާއްޖޭން ބޭރަށް ފުރާއިރު ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ގަންނަ މީހުންގެ މައުލޫމާތު މިހާރު ވެސް އެ ބޭންކަށް އެނގެ އެވެ. ނަމަވެސް، މި ގެނައި ބަދަލާއެކު އެ ބޭންކުގެ ކަސްޓަމަރުންގެ ގޮތުގައި ނެތް މީހުންގެ މައުލޫމާތަށް އެކްސެސްވުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. 

Advertisement

"ގެސްޓުހައުސްތަކާއި ހޮސްޕިޓަލްތަކަށް ވަންނަ މީހުންގެ މައުލޫމާތު ވެސް މިގޮތަށް ދޭންވިީީ. ޒާތީ މައުލޫމާތު މި ގޮތަށް ބޭންކަށް ދިނުމަކީ ބޮޑު ގޯހެއް،" އެމްފުރުގާން ނަމުގައި އެކްސްގައި މީހަކު ލިޔުނެވެ. 

ބީއެމްއެލްއިން މި ފިޔަވަޅު އެޅީ، ކާޑުތަކުގެ ލިމިޓުތައް މަތިކުރި ފަހުން، އެކި މީސްމީހުންގެ ކާޑުތައް ހިފައިގެން ގޮސް އެ ކާޑުތައް ބޭނުންކުރާ މައްސަލަ ފާހަގަވިތާ މަސްތަކެއް ފަހުން، އިރާނު ހަނގުރާމައާ ހެދި ޑޮލަރު ތާށިކަން އިހުނަށް ވުރެ އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

"މިއީ ސީދާ ޒާތީ މައުލޫމާތަށް އަރައިގަތުން. ކަސްޓަމަރުން ކުރާ ދަތުރުތަކުގެ މައުލޫމާތު އެއްވެސް ހުއްދައެއް ހޯދުމެއް ނެތި ދެވިގެން ނުވާނެ. ފޮރިން ޓްރާންސެކްޝަން ލިމިޓާ ގުޅޭ ކަމެއް ނަމަ ކަސްޓަމަރުންގެ ހުއްދަ ހޯދަން ޖެހޭނެ،" ކާކުަކަން ނޭނގޭ ގޮތަށް އެހެން މީހަކު ލިޔުނެވެ.

މަދު ބަޔަކު ގިނަ އަދަދެއްގެ ކާޑު ހިފައިގެން ގޮސް ބޭރު ގައުމުތަކުން ވިޔަފާރިކުރި ނަމަވެސް އެންމެނަށް އާންމުންވެގެންވާ ގޮތަށް މިފަދަ "އަދަބެއް" ނުދެވޭނެ ކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

"އިމިގްރޭޝަން މެދުވެރިކޮށް ސިއްރުން މީހުން މޮނީޓަރު ކުރުމަށްވުރެ ބޭރަށް ގޮސް ފޮރިން ޓްރާންސެކްޝަން އެކްޓިވޭޓު ކުރެވޭ ގޮތް ބޭންކުގެ އެޕްލިކޭޝަން މެދުވެރިކޮށް ހެދިދާނެ،" އެހެން މީހަކު ހިޔާލު ހިއްސާކުރި އެވެ.

ރާއްޖޭގައި ޒާތީީ މައުލޫމާތު ރައްކާކުރުމާ ގުޅޭ ގާނޫނެއް ނުވަތަ ޕްރައިވެސީ ލޯއެއް މިހާތަނަށް ވުޖޫދުކޮށްފައި ނުވެ އެވެ. އެފަދަ ގާނޫނެއް ނެތި މި މައުލޫމާތު ބޭންކާ ހިއްސާކުރުމަކީ ގޯހެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި އެވެ.

"މައުލޫމާތު ހިއްސާކުރެވޭނީ އެފަދަ ގާނޫނެއް އޮވެގެން. އިމިގްރޭޝަނުން ދަތުރުފަތުރުގެ މައުލޫމާތު ބޭންކަށް އެފަދަ ގާނޫނެއް ނެތި ދިނުމަކީ ބޮޑު ގޯހެއް،" އަލީ ހުސައިން ވިދާޅުވި އެވެ. 

ދަތުރުފަތުރުގެ މިނިވަންކަމަކީ ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެކެވެ. ގާނޫނުއަސާސީގެ 41 ވަނަ މާއްދާގައި ބުނާ ގޮތުން ރާއްޖޭން ފުރައިގެންދިޔުމާއި އެނބުރި އައުމަކީ ކޮންމެ ދިވެެއްސަކަށް ލިބޭ ހައްގެކެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެ ހައްގަށް މިވަނީ އަރައިގެންފަ އެވެ.

"ތިޔަ އަރައިގަންނަނީ މީސްމީހުންގެ ދަތުރުފަތުރުކުރުމުގެ މިނިވަންކަމަށް. މީހުންނަށް ފާރަވެރިިވުމުގެ ހައްގަކީ ބޭންކުތަކަށް ލިބިގެންވާ ހައްގެއް ނޫން."

"އަހަރެންގެ ދަތުރުފަތުރުގެ މައުލޫމާތު ޕަބްލިކް ލިމިޓެޑް ކުންފުންޏަކާ ހިއްސާކުރަން އަހަރެން ހުއްދައެއް ނުދެން. މިއީ ޒާތީ މައުލޫމާތަށް ވަރަށް ބޮޑަށް އަރައިގަތުން. މި މައްސަލަތައް ކޯޓަށް ހުށަހަޅަން ޖެހޭ،" އެކްސްގައި ލިޔުނު އިތުރު މީހަކު ބުނެފައިވެ އެވެ.

ގާނޫނުއަސާސީގެ ދެވަނަ ބާބުގެ 24 ވަނަ މާއްދާގައި އޮތީ ރައްޔިތުން ޒާތީީ ދިރިއުޅުމަކީ ހުރުމަތްތެރިވެގެންވާ ކަމެއް ކަމަށް ކަނޑައަޅާފަ އެވެ. ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަން ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން މިހާތަނަށް ބޭންކާއި އިމިގްރޭޝަނުން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox