ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ދަށަށް، ނޫސްވެރިންނަށް އޮތް ރައްކާތެރިކަން 21 ދަރަޖަ ފަހަތަށް

ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: މިނިވަން ނޫސްވެރިކަން މަރާލުމަށް ސަރުކާރު އިސްވެ އޮވެ އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަން -- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ: މިނިވަން ނޫސްވެރިކަން މަރާލުމަށް ސަރުކާރު އިސްވެ އޮވެ އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަމުގެ މާހާއުލު އެއްކޮށް ފުނޑުފުނޑުކޮށްލައި ނޫސްތަކާއި ނޫސްވެރިންނަށް ދައުލަތުގެ އިދާރާތައް މެދުވެރިކޮށް އެތައް ގޮންޖެހުމެއް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގައި ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) ގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ. 

މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 108 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ ރޭންކު ކުރެވިފައި އޮތީ 104 ވަނައިގަ އެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު ރާއްޖެ ރޭންކު ކޮށްފައި އޮތީ 100 ވަނައިގަ އެވެ. 

"ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ވަނީ 21 ދަރަޖަ ފަހަތަށް ގޮސްފައި، ނޫސްވެރިންނަށް ރާއްޖޭގައި އޮތް ނުރައްކާ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައިވާކަން އިންޑެކްސްގައި ފާހަގަކުރޭ،" ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާއިން ބުނެފައިވެ އެވެ. 

Advertisement

ރާއްޖޭގެ ރޭންކިން

  • 2026 - 108 ވަނަ
  • 2025 - 104 ވަނަ
  • 2024 - 106 ވަނަ
  • 2023 - 100 ވަނަ
  • 2022 - 87 ވަނަ
  • 2021 - 72 ވަނަ
  • 2020 - 79 ވަނަ
  • 2019 - 98 ވަނަ
  • 2018 - 120 ވަނަ
  • 2017 އަދި 2016 - 117 ވަނަ

ރާއްޖޭގައި ނޫސްވެރިކަމުގެ ހާލަތު

ފާއިތުވި އަހަރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެކެވެ. ވަކިން ހާއްސްކޮށް މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ފާސްކޮށް ކޮންޓްރޯލް ކޮމިޝަނެއް އުފައްދައި މީޑިއާތައް ހުއްޓުވޭނެ ގާނޫނީ އޮނިގަނޑެއް ވަނި އެކުލަވާލާފަ އެވެ

އޭގެ އިތުރުން، ސީދާ މުއިއްޒު ވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއަށް ގުޅުއްވައި އޭނާއަށާއި އަދަދުގެ ނޫސްވެރިންނަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ދެއްވާފަ އެވެ.  ފިޔާޒުއަށް ރައީސް މުއިއްޒު ފޯނުން ގުޅުއްވައި ބިރު ދެއްކެވީ މާޗު 14، 2025، ގެ އިރާކޮޅު 19:04 ގަ އެވެ.

އަދަދު ނޫހުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ނޫސްވެރިންނަށް މިދިޔަ އަހަރުގެ ތެރޭގައި މަރުގެ އިންޒާރުތައް ވެސް ލިބިފައިވެ އެވެ. އަދި ސީދާ ސަރުކާރުން އަންގައިގެން ނޫސްވެރިންގެ އަގުވައްޓާލުމަށާއި ބިރުދައްކައި ފަހަތަށް ޖެއްސުމުގެ އަމާޒުގައި ސޯޝަލް މީޑިއާގައި ކެމްޕޭން ހިންގާފައި އެބަހުއްޓެވެ. އެ ކެމްޕޭންތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބީ މީހުން ބައިވެރިވެފައިވެ އެވެ. 

ފިޔާޒުއަށް ގުޅައި މުއިއްޒު އިންޒާރު ދެއްވިތާ އަހަރެއް ފާއިތުވި ފަހުން މި އަހަރުގެ އެޕްރީލް 27، ގެ ރޭގެ ވަގުތެއްގައި ފުލުހުން ފޮނުވައިގެން އަދަދު ނޫހުގެ އިދާރާ ވަނީ ރެއިޑުކޮށްފަ އެވެ. އެ ރެއިޑުގައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. 

މިއީ ރައީސް އޮފީހުގެ މުވައްޒަފަކު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ދީފައިވާ އިންޓަވިއުއަކަށް ބިނާކޮށް އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން އަދަދު ނޫސް ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކެކެވެ. އަދަދުގެ އޮފީސް ރެއިޑުކުރީ އެ ޑޮކިއުމެންޓްރީ އާންމުކުރިތާ މަހެއްހާ ދުވަސް ފަހުންނެވެ.

އަދަދުގެ އޮފީސް ރެއިޑުކުރީ މުއިއްޒުއާ އެ ތުހުމަތުތަކާ ގުޅޭގޮތުން އަަދަދުން ސުވާލުކުރިތާ 12 ގަޑިއިރު ވެސް ނުވަނީހެވެ. މުއިއްޒު އެ ތުހުމަތުތައް ދޮގުކުރެއްވިއިރު އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރުކޮށް އެ ދެ މީހުންގެ ޕާސްޕޯޓު ވަނީ އެ މައްސަލައާ ގުޅިގެން ހިފަހައްޓާފަ އެވެ. 

މި ހާދިސާތަކަކީ މި އަހަރު ތެރޭގައި ހިނގާފައިވާ ކަންކަމަށްވުމާއެކު މި ފަހަރުގެ އިންޑެކްސް އެކުަލަވާލިއިރު އެ ކަންކަމަށް ރިއާޔަތްކޮށްފައި ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox