
މުހައްމަދު ޝަހްޒާން
ޖާނަލިސްޓު
މުހައްމަދު ޝަހުޒާން އަކީ ނޫސްވެރިކަމުގެ ހުރިހާ ދާއިރާއެއްގެ ހަބަރުތައް ވެސް ލިޔާ ނޫސްވެރިއެކެވެ. އޭނާ އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ފީޗާ ލިޔުންތެރިއެއް ވެސް މެ އެވެ. މަލްޓިމީޑިއާގެ މަސައްކަތަކަށް ވެސް ފަރިތަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ 'އަދިވެސް' ގައި ލިޔުންތެރިއަކަށެވެ.
3520 ލިޔުން
ހަބަރުފުއާދު އާއި އިންޝާއަށް މަޖިލީހުން ރުހުން ދީފި
ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ފުއާދު ތައުފީގު އައްޔަނު ކުރުމަށް ވެސް އަދި، އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަނު ކުރަން ފެންނަ ކަމަށް ވެސް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ހަބަރުމަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެންނަ ބިލު ކޮމިޓީއަށް
ގަމު ދާއިރާގެ ޕީއެންސީ މެންބަރު، ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ބަލައިގަންނަން ބޭނުން ނުވާ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ހަބަރު"އެއާޕޯޓު ކުނީގެ މައްސަލައިގެ ފަހަތުގައި އޮތީ ޑްރަގުގެ މައްސަލަ"
މަސްތުވާތަކެއްޗާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ނާޒިމު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ގޮތްތައް ޒަމާނާއެކު ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް ބަދަލުވި ގޮތާ އެއްވަރަށް މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ނުކުރެވޭކަން ނާޒިމު ފާހަގަ ކުރެއްވި އެވެ.
