ސޫރިއާގެ ހަލަބު ސިޓީ ހިފުމުގައި ދިވެހީންގެ ބައިވެރިވުން

ސޫރިޔާގެ ހަލަބަށް ދިން ކުއްލި ހަމަލާގައި، އެ ސަހަރުގެ ވަށައިގެންވާ ސަރަހައްދުތަކުގައި އިދިކޮޅު ހަނގުރާމަވެރިން ހަރަކާތްތެރިވަނީ -- ފޮޓޯ: މިޑްލްއީސްޓްއައި

ސޫރިޔާގެ ހަލަބަށް ދިން ކުއްލި ހަމަލާގައި، އެ ސަހަރުގެ ވަށައިގެންވާ ސަރަހައްދުތަކުގައި އިދިކޮޅު ހަނގުރާމަވެރިން ހަރަކާތްތެރިވަނީ -- ފޮޓޯ: މިޑްލްއީސްޓްއައި

ކުއްލި ހަމަލާއެއް ދީ ސޫރިއާގެ ދެވަނައަށް އެންމެ ބޮޑު ސަހަރު ހިފުމުގައި އެ ގައުމުގެ އިދިކޮޅު ހަނގުރާމަވެރިންގެ ފައުޖުތަކުގައި ދިވެހިން ބައިވެރިވެއްޖެ އެވެ.

އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުން ހަލަބު ސިޓީ ހިފުމުގައި އެ ގައުމުގައި ހަރަކާތްތެރިވާ ދިވެހީންގެ ބޮޑު ބައިވެރިވުމެއް އޮތްކަން އެނގެ އެވެ.

އެގޮތުން ހަލަބަށް ދިން ހަމަލާއަށް ތައްޔާރުވުމާއި ހަމަލާތަކަށްފަހު ހަލަބުގެ ކޮންޓްރޯލް ލިބުމުން އެކަމާ އުފާ ފާޅުކޮށްފައިވާ ވީޑިއޯ އާއި ފޮޓޯތަކުން ދިވެހިން ފެނެ އެވެ. އަދި ހަލަބުގެ ކޮންޓްރޯލް ލިބުމުގެ އުފަލުގެ މައްޗަށް ސޫރިޔާގައި ހަރަކާތްތެރިވާ ބައެއް ދިވެހި ހަނގުރާމަވެރިން ވާހަކަދައްކާފައިވާ ވީޑިއޯތައް ވެސް އާންމުވެފައިވެ އެވެ.

Advertisement

ސޫރިއާގެ ދެވަނައަށް އެންމެ ބޮޑު ސަހަރުގެ ކޮންޓްރޯލް އިދިކޮޅު ހަނގުރާމަވެެރިން ނަގާފައިވާކަން ބޭރުގެ ނޫސް އެޖެންސީތަކުން ރިޕޯޓު ކުރީ މިހުގެ 1، ގަ އެވެ. ނަމަވެސް އޭގެ ދެ ދުވަސް ކުރިން އެ ގައުމުގެ އިދިކޮޅު ހަނގުރާމަވެރިން ދިޔައީ ހަލަބުގެ ކޮންޓްރޯލް ލިބުމުގެ އުފާ ސޯޝަލްމީޑިއާގައި ފާޅު ކުރަމުންނެވެ.

ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހައިއަތުއް ތަހްރީރުއް ޝާމް އާއި ގުޅިފައިވާ ޖަމާއަތްތަކުން ކުއްލިއަކަށް ދިން ހަމަލާތަކުގެ ސަބަބުން އެ ގައުމުގެ އަހުލީ ހަނގުރާމައިގެ ހުޅުގަނޑު އަނެއްކާ ވެސް ފަޅައިގެން މި ދިޔައީ 2020 ވަނަ އަހަރުން ފެށިގެން މަޑުޖެހިފައި އޮތުމަށް ފަހުގަ އެވެ. މިއީ 2016 ވަނަ އަހަރަށްފަހު ހަލަބުގެ ކޮންޓްރޯލް ބަޝާރުލް އައްސަދުގެ ސިފައިންނަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

އިދިކޮޅު ހަނގުރާމަވެރިން ހަލަބަށް ދިން ކުއްލި ހަމަލާގައި ބަޝާރުލް އައްސަދުގެ ގިނަ އަދަދެއްގެ ސިފައިން މަރުވި ކަމަށް ސޫރިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ބަޝާރުލް އައްސަދުގެ ސިފައިން ވަނީ އިދިކޮޅު ހަނގުރާމަވެރިން ހަލަބުގައި ކުރި ހޯދިކަމަށް އިއުތިރާފުވެ، އެ ސަހަރުގެ ބޮޑެތި ސަރަހައްދުތަކުގެ ކޮންޓްރޯލް އިދިކޮޅު ހަނގުރާމަވެރިން ހޯދާފައިވާ ކަމަށް ބުނެފަ އެވެ.

އިދިކޮޅު ހަނގުރާމަވެރިން ހަލަބު ހިފުމާއެކު، އިދްލިބާއި ހަލަބުގައި އިދިކޮޅު ހަނގުރާމަވެރިން ހަރަކާތްތެރިވާ ކަމަށް ގަބޫލު ކުރެވޭ ބައެއް ސަރަހައްދުތަކަށް ރަޝިޔާ އާއި ސޫރިޔާގެ ހަނގުރާމަމަތީ ބޯޓުތަކުން ހަމަލާތަކެެއް ދިފައިވާ ކަމަށް ބޭރުގެ ބައެއް ނޫސް އެޖެންސީތަކުން ރިޕޯޓު ކޮށްފައިވެ އެވެ.

ހަލަބަކީ 2011، ގައި ފެށި ސޫރިޔާގެ އަހުލީ ހަނގުރާމައިގައި އެ ގައުމުގެ ސަރުކާރުގެ ކޮންޓްރޯލް އެންމެ ފުރަތަމަ ގެއްލުނު އެއް ސަހަރެވެ. އެ ސަހަރު އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން ސަރުކާރުގެ ބާރުގެ ދަށަށް އަލުން ގެންދިޔައީ އީރާނާއި ރަޝިޔާގެ އެހީތެރިކަމާ އެކު މީގެ އަށް އަހަރުކުރިންނެވެ.

ބަޝާރުލް އައްސަދުގެ ސަރުކާރުން ބުނާ ގޮތުގައި އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް އާ ހަމަލާތަކެއް ދޭން އެ ގައުމުގެ ސިފައިން ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox