މަސްތުވާތަކެތީގެ ގާނޫނު ބަދަލުކޮށް ކުށް ސާބިތު ނުވާ މީހެއްގެ މުދާ ދައުލަތަށް ނަގާތީ އަބްދުއްރަހުމާންގެ ކަންބޮޑުވުން

އައްޑޫމީދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުއްރަހުމާން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫމީދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުއްރަހުމާން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ކުށް ސާބިތު ނުވި ނަމަވެސް މީހުންގެ މުދާ ދައުލަތަށް ނެގޭ ގޮތަށް އޮތުމުން އައްޑޫމީދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހުމާން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސް ކުރައްވަމުން އަބްދުއްރަހުމާން ވިދާޅުވީ ކުށް ސާބިތު ނުވާ މީހެއްގެ މުދާ ދައުލަތަށް ނެގޭނެ އެއްވެސް ހަމައެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ސިކުނޑިއަށް ގަބޫލު ނުކުރެވޭ މީހެއްގެ މުދަލެއް ދައުލަތަށް ނެގޭނެ އެއްވެސް ހަމައެއް ކުށް ސާބިތު ނުވެ އޮންނަން ވާނެ ކަމަށް، އަދި 151 ވަނަ މާއްދާގެ ހ. ގެ 10 ގައި ވާގޮތަށް އުޅަނދެއް ދައުލަތަށް ނެގޭނަމަ އޮޑިވެރިޔާގެ އެއްވެސް ބައިވެރިވުމެއް ހިއްސާއެއް ނެތް ކަމެއްގައި އޮޑި ދައުލަތަށް ނެގުމުގެ ފުރުސަތު ބޮޑު، އަދި މި މާއްދާތައް ގާނޫނުއަސާސީގެ 40 ވަނަ މާއްދާއާ ހިލާފު ކަމަށް ވެސް އަޅުގަނޑަށް ފާހަގަކުރެވޭ،" އަބްދުއްރަހުމާން ވިދާޅުވި އެވެ.

ގަމު ދާއިރާގެ މަޖިލިސް މެންބަރު، ޔޫސުފް ނަޝީދު ސްޕޮންސާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ 1-161 ވަނަ މާއްދާގައި ވާގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތު ނުވި ނަމަވެސް ދައުލަތަށް މުދާ ނެގޭނެ ހާލަތްތަކެއް ހިމަނާފައިވެ އެވެ.

މިއަދު ވާހަކަދައްކަވަމުން އަބްދުއްރަހުމާން ގާނޫނުގައި މިހާރު އޮތް ގޮތުން ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ހިންގައި ކުށް ސާބިތު ކުރުމަށް ވެސް ހުރަސްތަކެއް ހުރި ކަމަށެވެ. އެހެންކަމުން އެކަންކަމަށް ވެސް ހައްލު ހޯދައިދީ މިހާރަށްވުރެ ފަސޭހައި ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ހިންގޭނެ މަގެއް ގާނޫނުގެ ތެރެއިން ކޮށައިދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ބިލުން ހާސިލު ކުރަން ބޭނުންވާ މަގުސަދު ވަރަށް ސާފު ނަމަވެސް އެ މަގުސަދު ހާސިލުވާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް އަބްދުއްރަހުމާން ވިދާޅުވި އެވެ.

"ގާނޫނު ތަންފީޒު ކުރެވޭނެ ތަނެއް ނުފެނޭ، އެ ކެޕޭސިޓީއެއް ނެތް އެ އިހުލާސްތެރިކަމެއް ނެތް، ފުރަތަމަ ކަމަކަށް އިސްލާހު ކުރަން އަންނަ މީހާ މި އަންނަނީ އިންތިހާބުތަކުގައި ވެސް މަސްތުވާތަކެއްޗާއި ފައިސާ ބަހައި ގޭންގު ހިންގުވައި ކޮރަޕްޝަން ހިންގައި މަގާމު ހޯދައިގެން، މިކަން ނުކޮށް ޕޮލިސީ މޭކަރުން މަގާމުތަކަށް އައި ދުވަހަކުން މެނުވީ މިކަން ހައްލު ވާނެ ތަނެއް އަޅުގަނޑަށް ނުފެނޭ،" އަބްދުއްރަހުމާން ވިދާޅުވި އެވެ.

އަބްދުއްރަހުމާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ވުޒާރާތަކަށް ބޮޑެތި ބާރުތައް ދިނުން ވެސް އެއީ އޭނާ ގަބޫލު ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ ވުޒާރާތަކަށާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އެއްވެސް އިތުބާރެއް ނެތް ކަމަށް އަބްދުއްރަހުމާން ވިދާޅުވި އެވެ.

އޭގެއިތުރުން އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ކުޑަކުދިންގެ އަދަދު މަދު ކުރުމަށްޓަކައި މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށް ކުޑަކުދިން ވައްދާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް ގާނޫނުގައި ކަނޑައަޅަންޖެހޭނެ ކަމަށެވެ.

"ކުދިން ބައިވެރި ކޮށްގެން ހިންގާ މުއާމަލާތް އެއީ ސީދާ ކުދިން އެބިއުސް ކުރުން ކަމަށް ބަލައި، ހެކި ހޯދުމާއި ސާބިތު ކުރުމަށް ބޭނުންވާ ކަންކަން ފަސޭހަކޮށް ބްރޯޑުކޮށް މާފެއް ނެތް ގޮތަށް ހަރުކަށި އަދަބު ދެވޭނެ ގޮތަށް އަޅުގަނޑުމެން މި ގާނޫނު ބައްޓަން ކުރުން ވާޖިބު،" އަބްދުއްރަހުމާން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox