މިމަހު 10 ގައި އެމްޑީޕީން ބާއްވާ ބޮޑު ޖަލްސާގެ ތާރީހު ބަދަލުވެއްޖެ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރަނީ

މިމަހު 10، ގައި އެމްޑީޕީން ބާއްވަން މަސައްކަތް ކުރާ ޖަލްސާގެ ތައްޔާރީތަކުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އެމްޑީޕީ

މިމަހު 10، ގައި އެމްޑީޕީން ބާއްވަން މަސައްކަތް ކުރާ ޖަލްސާގެ ތައްޔާރީތަކުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އެމްޑީޕީ

"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އަންނަ ޑިސެމްބަރު 10، ގައި ހެންވޭރު ކާނިވާ ސަރަހައްދުގައި އިދިކޮޅު އެމްޑީޕީން ބާއްވަން މަސައްކަތް ކުރާ ޖަލްސާގެ ތާރީހު ބަދަލުވެއްޖެ ކަމަށް ބުނެ ވެރިކަން ކުރާ ޕީއެންސީ އެކްޓިވިސްޓުން ދޮގު ފަތުރަން ފަށައިފި އެވެ.

އެމްޑީޕީން ތާރީހު ބާއްވަން ނިންމާފައިވާ ތާރީހު ބަދަލުވެއްޖެ ކަމަށް ބުނެ ދޮގު ފަތުރަމުން ދަނިީ ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުން ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި ހިންގާ އެކައުންޓުތަކުންނެވެ.

އޭގެތެރޭގައި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު އާއި ޕީއެންސީގެ އިސް އެކްޓިވިސްޓު، މަރިޔަމް ޝިއުނާ ހިމެނެ އެވެ. ނިހާދު ވަނީ އެމްޑީޕީން ޖަލްސާ ބާއްވާ ދުވަސް ބަދަލުވި ކަމަށް ބުނެ ސުވާލުތަކެއް އުފައްދައިފަ އެވެ.

"ދުވަސް ބަދަލު ކުރުމުގެ ހިކުމަތަކީ ކޮބާ؟ ކޮންފަދަ ކަމެއް ރާވަނީ؟" މި ސަރުކާރު ވެރިކަމަށް އައުމާ ހަމައަށް ވެސް އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވި ނިހާދު ކުރެއްވި ޕޯސްޓުގައިވެ އެވެ.

އޭގެ އިތުރުން ވެސް ސަރުކާރާއި ރައީސް މުއިއްޒު މެދުކެނޑުމެއްނެތި ޕްރޮމޯޓް ކުރަމުންދާ އެކައުންޓުތަކުން ވެސް ދަނީ ޖަލްސާއަށް އެމްޑީޕީން ތައްޔާރުކޮށްފައިވާ އޮފިޝަލް ޕޯސްޓަރު ބަދަލުކޮށްގެން ދޮގު މައުލޫމާތު ހިމަނައިގެން އެކި ފޮޓޯ ދައުރު ކުރަމުންނެވެ. މި ޕޯސްޓުތައް ސަރުކާރުގެ އެކި އޮފިޝަލުން ގެންދަވަނީ ރީޕޯސްޓް ވެސް ކުރައްވަމުންނެވެ.

ގާނޫނުއަސާސީގެ ދިފާއުގައި އަންނަ އަންގާރަ ދުވަހު އެމްޑީޕީން ޖަލްސާއެއް ބާއްވަން ނިންމައި އެކަން އިއުލާނު ކުރީ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް މިދިޔަ ނޮވެމްބަރު 21، ގައި ގެނައި ބަދަލާ ގުޅިިގެންނެވެ.

އެ ބަދަލާ ގުޅިގެން އިދޮކޮޅު ދަ ޑިމޮކްރެޓްސް އިން ވެސް ގެންދަނީ ސިލްސިލާ ކަންމަތީ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. ނަމަވެސް 10، ގައި އޮންނަ ޖަލްސާގައި އެ ޕާޓީން ބައިވެރިވާނެކަން އަދި އިއުލާނުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox