ކަންކަން ވިޔަ ނުދޭން ސަރުކާރުން ދައްކަނީ އުޒުރު، އޮޅުހިޔާ ހުރީ ބުޅާ ގެންގުޅެވޭ ހާލަތުގައި: އާޒިމް

 މާލެ ސިޓީ މޭޔަރު، އާދަމް އާޒިމް -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ މޭޔަރު، އާދަމް އާޒިމް -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މަގުމަތިވެފައިވާ ބުޅާތައް ގެންގުޅެއް ހުޅުމާލޭގައި ހަދާފައިވާ "އޮޅުހިޔާ" ހުރީ ބުޅާ ގެންގުޅެވޭ ހާލަތެއްގައި ނޫން ކަމަށް ސަރުކާރުން ބުނަނީ ކަންކަން ވިޔަ ނުދޭން އުޒުރެއްގެ ގޮތުގައި ކަމަށާއި، އެ ތަން ހުރީ ބުޅާތައް ބަދަލުކުރެވޭ ހާލަތުގައި ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ އޮޅުހިޔާ އަކީ މާލޭގައި ބުޅާ ގިނަވެ ކުރިމަތިވެފައިވާ އާންމު އުދަނގުލަށް ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުގެ އިސްނެގުމުގެ މަތިން ގާއިމު ކުރި ތަނެއް ކަމަށެވެ.

އޮޅުހިޔާ އަތުލަން ސަރުކާރުން އުޅޭއިރު، އާޒިމް ވިދާޅުވީ އެއީ މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން، އެ ކައުންސިލުގެ މުވައްޒަފުން މަސައްކަތުން ނިންމާފައިވާ ތަނެއް ކަމަށެވެ.

"އެ ހަރަދު ވެސް އަޅުގަނޑުމެންނަށް ލިބެން އެބަޖެހޭ އެހެން ގޮތަކަށް ދަންޏާ، މިތަނުގެ ބަޖެޓުން، އެއްވެސް ބަޖެޓެެެއް މިތަނަކަށް ލިބިފަކާ ނެތް މިކަން ކުރުމަކަށް، ހަމަ ފުލީ މިތަނުގެ ބަޖެޓުން މިތާ މުވައްޒަފުން ހުރިހާ ކަމެއް ކުރީ، ފެސިލިޓީ ރެޑީކޮށް އެހުރީ، މިހާރު ބުޅާ ގެންދެވޭނެ، އެތާ ބުޅާ ބޭތިއްބޭނެ،" އާޒިމް ވިދާޅުވި އެވެ.

އެނިމަލް އެންޑް ވެލްފެއާ މިނިސްޓްރީ އާއެކު އެންމެ ފުރަތަމަ އެއްބަސްވީ ބުޅާ ފެސިލިޓީގައި 10 ގޮޅި ހަދާފައި އެތަނުގައި ބުޅަލަށް ހާއްސަ ކްލިނިކެއް ވެސް ގާއިމުކުރުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ވަރަށް ދިގު މުއްދަތެއް ހޭދަވާނެތީވެ، މާލޭގައި އުޅޭ ބުޅާތައް ގެންގޮސް ބައިތިއްބަން 2000 އަކަފޫޓުގެ އިތުރު ތިން ގޮޅި ހަދަން ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް އެއްބަސްވި ސަބަބަކީ އެއީ ގެންދާ ވަރަކަށް ކަރަންޓީނު ކޮށްގެން އެ އެއްޗެހި ނިއުޓާ ކޮށްގެން އެކަން ކުރުމަކީ އެއީ ވަރަށް ވަގުތު ނަގާނެ ކަމަކަށް ވާތީ، އެތައް ދުވަހެއް ވާއިރު ވެސް މަގުމަތިން ބުޅާތައް ނުނެގޭނެތީ އަޅުގަނޑުމެން [މިނިސްޓްރީއާއެކު] އެއްބަސްވެގެން އެކަންތައްތައް ކުރީ،" އާޒިމް ވިދާޅުވި އެވެ.

ބުޅާ ފެސިލިޓީގެ މަސައްކަތް މިހާރު ނިންމާފައި އެހުރީ އެނިމަލް އެންޑް ވެލްފެއާ މިނިސްޓްރީ އާއެކު ކައުންސިލުން އެއްބަސްވި ގޮތަށް ކަމަށާއި ނަމަވެސް އިރުކޮޅުކޮޅުން އައު ބަދަލު ގެންނަން ބުނާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެތަނުގެ ހުރިހާ މަސައްކަތެއް މިހާރު ހުރީ ނިމި، މިވަގުތު ވެސް ބުޅާ ގެންދެވޭ ހާލަތުގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

"ދެން މި ޖެހުނު މައްސަލައަކީ އެތަނަށް ގެންގޮސް އެތަނުގައި ތިއްބާ [ބުޅާތައް] ބަލިވެދާނެޔޭ، ބަލިވީމާ ޑޮކްޓަރު އެބަހުރި، ބަލިވީމާ މާލެއިން ބޭސް ގަނެވޭނެ، މިކަން ވެސް ހަމަ މާލޭގައި ބޭސް ހުރިއްޔާ ގަނެވޭނެ، އެއްވެސް ހޮސްޕިޓަލެއްގައި ނުހުންނާނެ އެ ހޮސްޕިޓަލަކަށް ބޭނުންވާ ހުރިހާ ބޭހެއް، އެހެންވެ މުޅި މާލެ ތެރޭގައި ފާމަސީތައް މިހުރީ ވެސް، އެހެންނާ އައިޖީއެމްއެޗުގައި ހުންނަން ޖެހޭނެތާ އެތަނަށް ބޭނުންވާ ހުރިހާ ބޭހެއް،" އާޒިމް ވިދާޅުވި އެވެ.

"އެހެންވީމާ އެކަހަލަ އުޒުރުތަކެއް ދައްކާފައި އަޅުގަނޑުމެން މިކަން ކުރިޔަ ނުދިނީ،"

އޮޅު ހިޔާގެ ބުޅާ ފެސިލިޓީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަ ފޫޓުގެ ބިމެއްގަ އެވެ.

އެތަން ރައީސް މުއިއްޒު ހުޅުވައި ދެއްވީ ރަނގަޅަށް ނުނިމެނީސް، އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކުރެއްވުމުގެ ގޮތުންނެވެ. އެއަށް ފަހު އެތަން އެއްކޮށް ނިންމައި އަންގާރަ ދުވަހު މާލޭގެ މަގުމަތިން ބުޅާތައް ނަގައިގެން ގެންދަން އުޅުމުން އުޅުމުން އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ އެތަނުގެ ބައެއް ކަންކަން ފުރިހަމަ ނުވާ ކަމަށް ބުނެ، ބަޔާނެއް ނެރި، އެތަނަށް ބުޅާ ގެންދިޔުން ހުއްޓުވައިފަ އެވެ.

ކޮންމެ ކަމެއް ކުރާއިރު ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އަބަދުވެސް ހުންނާނެކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މާލޭގައި ބުޅާތައް އުޅެ މީހުންނަށް އޭގެ ސަބަބުން އުނދަގޫވެ ބަލިތައް ފެތުރުމަށްވުރެ ބުޅާ ފެސިލިޓީއަށް ގެންގޮސްގެން ގެންގުޅުން މާ ރަނގަޅުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox