މި އަހަރު ހާސިލު ކުރެވުނު އެންމެ ބޮޑު ކަމަކީ ބަނގުރޫޓުވިޔަ ނުދީ ގައުމު ސަލާމަތް ކުރުން: ރައީސް މުއިއްޒު

ރަސްދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރަސްދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ހިނގަމުން މިދާ އަހަރު ތެރޭގައި ހާސިލު ކުރެވުނު އެންމެ ބޮޑު ކަމަކީ އޭގައި އަތް ލެވެން ނެތް އެއްޗެއް ކަމަށާއި އެ ކަމަކީ ބަނގުރޫޓުވިޔަ ނުދީ ގައުމު ސަލާމަތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމަށް އައިސް ފުރަތަމަ ކުރަން ޖެހުނު މަސައްކަތަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައި އޮތް އިގުތިސާދެއް ހަމައަކަށް އެޅުވުން ކަމަށެވެ.

އެގޮތުން މިދިޔަ ވެރިކަން ނިމުމުގެ ކުރިން އައިއެމްއެފުން ނެރުނު ރިޕޯޓެއްގައި ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެފައި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ އެ ހިސާބުން އެ އިގުތިސާދު ސަލާމަތްކޮށް ސަލާމަތުގެ އައްސޭރިއަށް ގެންދިޔުން އެއީ ހަގީގަތުގައި މިދިޔަ އަހަރު އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ބޮޑު ކަންތައް، ޑިފޯލްޓަކަށް ނުވެ ގައުމު ސަލާމަތް ކުރުން، އިގުތިސާދު ސަލާމަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ހިތުން ފެންނަން އޮތް އެއްޗެއް ނޫން، ތެދުފުޅެއް، ފެންނާކަށް ނެތް އެކަމެއް، އަތުން ހިފޭކަށް ނެތް، އެހެން ނަމަވެސް އެއީ އެންމެ ބޮޑު ކަންތައް ކުރެވުނު."

އެކަން ހާސިލު ކުރެވުނީ އެތައް ބައިވަރު ފިޔަވަޅުތަކެއް އަޅައިގެން ކުރި ގިނަ މަސައްކަތުން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވަސް ކުރިން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ފައިސާ ޗާޕު ނުކުރައްވައި ރަނގަޅު މަގުގައި އިގުތިސާދު ކުރިއަރުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނެ ދެއްވި އެވެ.

ރައީސްގެ ވާހަކައިގައި ވަނީ ރަސްދޫގެ މަސްވެރިންނަށާއި އެރަށުގައި ޓޫރިޒަމް ވިޔަފާރި ކުރައްވާ ފަރާތްތަކަށް ވެސް ފަހި ގޮތްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކުން އިއާދަކުރަނިވި ހަކަތަ ބޭނުން ކުރުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި އެފަދަ ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox