"ގާނޫނުއަސީސާގެ ދިފާއުގައި" ޑިމޮކްރެޓްސް ޖަލްސާ ކުރިއަށް ދަނިކޮށް ބޮނޑިބަތް ޕާކުން ކަރަންޓު ކެނޑިއްޖެ

ޑިމޮކްރެޓްސްގެ ޖަލްސާގައި ބޮންޑޭ ވާހަކަދައްކަވަނިކޮށް ކަރަންޓު ކެނޑުނު ވަގުތު -- ފޮޓޯ: ސްނެޕްޝޮޓް

ޑިމޮކްރެޓްސްގެ ޖަލްސާގައި ބޮންޑޭ ވާހަކަދައްކަވަނިކޮށް ކަރަންޓު ކެނޑުނު ވަގުތު -- ފޮޓޯ: ސްނެޕްޝޮޓް

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް އަޑު އުފުލުމަށް "ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި އިދިކޮޅު ދަ ޑިމޮކްރެޓްސްއިން މިރޭ ޖަލްސާއެއް ކުރިއަށް ގެންދަނިކޮށް އެތަނުން ކުއްލިއަކަށް ކަރަންޓު ކެނޑިއްޖެ އެވެ.

ގާނޫނުއަސާސީގެ ދިފާއުގައި ނަމުގައި ޑިމޮކްރެޓުންގެ ޖަލްސާ މިރޭ ފެށީ 9:00 ގައި މާފަންނު ބޮނޑިބަތް ޕާކުގަ އެވެ. އެ ޖަލްސާ ފަށައިގެން އެންމެ ފުރަތަމަ ވާހަކަދައްކަވަމުން ގެންދެވީ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. ނަމަވެސް އޭނާގެ ވާހަކަ ފަށައިގެން 10 ވަރަކަށް މިނެޓު ފާއިތުވިތަނާހެން ކުއްލިއަކަށް ބޮނޑިބަތް ޕާކުން ކަރަންޓު ގޮސް ލައިވް މެދުކެނޑުނީ އެވެ.

އެކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، މުހައްމަދު ވަހީދު (ވައްޑެ) "އަދަދު" ނޫހަށް ވިދާޅުވީ ކަރަންޓު ކެނޑުނީ ހަމައެކަނި ބޮނޑިބަތް ޕާކުން އެކަނި ކަމަށާއި ވަށައިގެންވާ މަގުގައި ހުރި ބައްތިތަކުން ކަރަންޓު ނުކެނޑޭ ކަމަށެވެ.

"ވަށައިގެން ހުރި މަގުބައްތިތަކުގައި ކަރަންޓު އެބަހުރި، ހަމައެކަނި މިތަނުން ކަރަންޓު މިދިޔައީ، މިއީ ކަރަންޓު ދިޔައީއެއް ނޫން، ކަރަންޓު ދުއްވައިލީ،" ވައްޑެ ވިދާޅުވި އެވެ.

"ސްޓެލްކޯއަށް ގުޅީމާ ބުނީ ޓެކްނީޝަނެއް އެބަ ފޮނުވަމޭ، އަދި މީހަކު ނާދޭ."

ޖަލްސާ ކުރިއަށް ދަނިކޮށް ބޮނޑިބަތް ޕާކުން ކަރަންޓު ކެނޑުނުއިރު، ޕޯޑިއަމުގައި ވާހަކަ ދައްކަވަން ހުންނެވި ބޮންޑޭ ވިދާޅުވީ ޖަލްސާ ބާއްވަން ކަރަންޓު ނަގާފައި ހުރީ ބޮނޑިބަތް ޕާކުގައި ހުރި ކަރަންޓު ފޮށިން ކަމަށެވެ.

"މިތަނުގައި ހުރި ކަރަންޓު ފޮށިން ކަރަންޓު ނަގައިގެން މި ގެންދިޔައީ ޖަލްސާ، އެބަ ފޮނުވަމޭ ބުނީ ޓެކްނީޝަނެއް، އަދި ކުރިއަށް ގެންދާނަން،" ބޮންޑޭ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ޖަލްސާ ކުރިއަށް ދަނިކޮށް ބޮނޑިބަތް ޕާކުން ކަރަންޓު ކެނޑުނުއިރު، މިދިޔަ ހަފުތާގައި އެ ޕާޓީން ހަމަ އެ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވަނީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox