ރާއްޖެއަށް ހިޖުރަކުރާ އަދި ރާއްޖޭގައި އުޅޭ ދޫނިސޫފާސޫތްޕާ ބެހޭ ދިރާސާއެއް އޮކްލޭންޑް ޔުނިވާސިޓީން ކުރަނީ

ރާއްޖޭގެ ރަށެއްގެ ކުޅިއެއް ކައިރީގައި އިން ދޫންޏެއް -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ ރަށެއްގެ ކުޅިއެއް ކައިރީގައި އިން ދޫންޏެއް -- ފޮޓޯ: އަދަދު ފައިލް

އެކި މޫސުމުގައި ރާއްޖެއަށް ހިޖުރަކުރާ ދޫންޏާއި ރާއްޖޭގައި އުޅޭ ދޫނިސޫފާސޫތްޕާ ބެހޭ ގޮތުން ދިރާސާއެއް ކުރުމަށް ނިއުޒިލޭންޑުގެ އޮކްލޭންޑް ޔުނިވާސިޓީ އާއެކު އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ސޮއިކޮށްފި އެވެ.

އީޕީއޭގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ، އެ އެއްބަސްވުމުގެ ދަށުން ދިރާސާ ކުރާނީ ރާއްޖެއަށް ހިޖުރަކޮށް އުޅޭ ދޫނިސޫފާސޫތްޕާއި ރާއްޖޭގައި އުޅޭ ކަނޑުމަތީ ދޫނިތައް ކަމަށެވެ.

އެގޮތުން އެސޮރުމެން ހާލިހަދާ ތަންތަނާއި ނިދަން އަރާ ތަންތަނުގެ އިތުރުން އެސޮރުމެން ކާނާ ހޯދާ ގޮތްގޮތާއި ހޯދާ ތަންތަން ދިރާސާ ކުރާނެ ކަމަށް އީޕީއޭއިން ބުންޏެވެ.

Advertisement

އެ ދިރާސާގެ ސަބަބުން ދޫނިސޫފާސޫފީގެ ވާސަތައް ހިމާޔަތް ކުރުމަށް އިތުރު ބާރެއް ލިބޭނެ ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަރަމެންޓް މިނިސްޓަރު، ތޯރިގު އިބްރާހިމް އެވެ.

ރާއްޖެއަށް އާންމުކޮށް ދޫނި ހިޖުރަކޮށް އުޅެނީ ކޮންމެ އަހަރެއްގެ ވެސް ހެއި ނަކަތް ފެށި ހުޅަނގު މޫސުން ނިމުމަކާ ހަމައަށް އަންނަން ގާތްވުމުންނެވެ. އިހުގައި މީހުން ބުނެއުޅޭ ގޮތުގައި ހިޖުރަ ކުރާ ދޫނި ރާއްޖެއިން ފެނުމަކީ އެއީ އިރުވައިވުމުގެ އަލާމާތެކެވެ. ދިވެހީންގެ ތެރޭގައި އެގޮތުން އެންމެ މަޝްހޫރު ހިޖުރަކުރާ ދޫންޏަކީ ހެއިނަކަތު ދޫނު ނުވަތަ އާންމު ނަމުން ނަމަ ދޮންދޫންޏެވެ.

މި ހިނގާ ދޮށަ ނަކަތް ނިމި އިރުވައި ފެށުމަށްފަހު ވެސް ރާއްޖެއަށް އެކި ބާވަތްތަކުގެ ދޫނި މި އަހަރު ވެސް ހިޖުރަ ކުރާނެ ކަމަށް ބެލެވެ އެވެ.

ރާއްޖެއަކީ ހިޖުރަ ކުރާ ދިރޭތައްކެއްޗަށް ހާއްސަ އދ. ގެ މުއާހަދާ، ކޮންވެންޝަން އޮން މައިގުރޭޓަރީ ސްޕީޝީޒްގެ މެންބަރު ގައުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox