
އަމަން ހަލީމް
ޖާނަލިސްޓް
އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.
2160 ލިޔުން
ވިޔަފާރިވެކްސިން ނުޖަހާ ޓޫރިސްޓުންނަށް މާލެ އަދިވެސް މަނާ
ވެކްސިން ނުޖަހާ ޓޫރިސްޓުންނަށް މާލެ މަނަލީ ވެކްސިން ކަވަރޭޖާ ގުޅިގެން އެޗްޕީއޭއިން ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަ ނުވާތީ. މާލޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން ވެކްސިން ފުރިހަމަކުރީ މިހާތަނަށް 51.90 ޕަސެންޓު މީހުން. ޓޫރިސްޓުންނަށް ހުޅުވާލަން މި އަދަދު 60 ޕަސެންޓަށް ވާން ޖެހޭ.
ހަބަރުއެމެރިކާ އިން ފައިޒާގެ 128،000 ޑޯޒު ރާއްޖެއަށް
އެމެރިކާއިން ހަދިޔާކުރި ފައިޒާ ވެކްސިންގެ 128،000 ޑޯޒަކީ، ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެއަށް ލިބުނު ވެކްސިން. ފައިޒާ ވެކްސިން ބޭނުން ކުރާނީ ރާއްޖޭގައި ކުރިން ވެކްސިން ނުޖަހާ 12 އަހަރުން މަތީގެ ކުޑަކުދިންގެ އާބާދީއަށް ވެކްސިން ޖަހަން.
ވިޔަފާރިހޯލްސޭލާއި ރީޓެއިލް ފިޔަވާ ހުރިހާ ވިޔަފާރިއެއް ދަށަށް
އެމްއެމްއޭއިން ހެދި ދެވަނަ ކުއާޓާގެ ބިޒްނަސް ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިތަކުގެ އާމްދަނީއަށް އަސަރުުކުރި. ހާއްސަކޮށް ކޮންސްޓްރަކްޝަނާއި ޓޫރިޒަމްގެ ވިޔަފާރިތަކަށް ބޮޑު ހީނަރުކަމެއް އައި.
