ޝަރުތު ހަމަނުވާތީ ވެކްސިން ނުޖަހާ ޓޫރިސްޓުންނަށް މާލެ އަދިވެސް މަނާ

މާލޭ މަގެއް މަތިން ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ގެސްޓްހައުސްތަކާއި ޓޫރިސްޓު ހޮޓާ ހުންނަ މާލެ ސަރަހައްދުގައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭ މަގެއް މަތިން ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ގެސްޓްހައުސްތަކާއި ޓޫރިސްޓު ހޮޓާ ހުންނަ މާލެ ސަރަހައްދުގައި. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލެ ސަރަހައްދުގައި އެކަށީގެންވާ ވަރެއްގެ އާބާދީއަކަށް ކޮވިޑް ވެކްސިން ފުރިހަމަ ނުވާތީ، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިން ކުރެވޭނީ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ ޓޫރިސްޓުންނަށް އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

ވެކްސިން ނުޖަހާ ޓޫރިސްޓުންނަށް ދެވޭ ރަށްރަށާ ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައި ވެކްސިނާ ގުޅޭ ތިން ޝަރުތެއް ފުރިހަމަކުރަން ވަނީ ޝަރުތުކޮށްފަ އެވެ. އެއީ ރަށުގައި ދިރިއުޅޭ އާބާދީގެ 60 ޕަސެންޓު ވެކްސިން ފުރިހަމަކުރުމާއި، ޓޫރިސްޓުންނަށް ހިދުމަތް ދޭ މީހުންގެ 95 ޕަސެންޓު ވެކްސިން ފުރިހަމަ ކުރުން އަދި 65 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓު ވެކްސިން ފުރިހަމަ ކުރުމެވެ.

މިހާތަނަށް އެޗްޕީއޭއިން ވަނީ މި ޝަރުތު ހަމަވާ 28 ރަށަކަށް ވެކްސިން ނުޖަހާ ޓޫރިސްޓުންނަށް ދާން ހުއްދަ ދީފަ އެވެ. މި ނޫން އެއްވެސް ރަށަކަށް ވެކްސިން ނުޖަހާ ޓޫރިސްޓުން ޗެކިންވުމަކީ މަނާ ކަމެކެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ވެކްސިނޭޝަން ތަފާސްތައް ދައްކާ ގޮތުގައި، މާލެ ސަރަހައްދުގައި ދިރިއުޅޭ އާބާދީގެ ތެރެއިން ވެކްސިން ފުރިހަމަކުރީ 51.90 ޕަސެންޓެވެ. މި އާބާދީގެ ތެރެއިން 65 ޕަސެންޓުން މަތީގެ މީހުންނާއި ޓޫރިޒަމްގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދުތަކެއް ސާފެއް ނޫނެވެ.

ވެކްސިނާ ގުޅޭ އުސޫލަށް ރިއާޔަތްކޮށް މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތަކަށް އެންމެ އަވަހަށް ވެސް ހުއްދަ ލިބޭނެ ކަމަށް ލަފާކުރެވެެނީ މި މަސް ނިމޭހާ ތަނުގަ އެވެ. އެއީ މިހާރު ވެކްސިން ފުރިހަމަކުރަމުންދާ އާބާދީ ވެކްސިން ފުރިހަމަވީ ކަމަށް ބަލަނީ ދެވަނަ ޑޯޒް ޖެހުމަށް ފަހު 14 ދުވަސް ވުމުން ކަމަށް ވާތީ އެވެ.

ގެސްޓްހައުސްތަކަށް ޗެކިން ނުވެވުނު ނަމަވެސް، ޓްރާންސިޓް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަން ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައިވާ ގެސްޓްހައުސްތަކާއި ހޮޓާތައް މި އުސޫލުން އިސްތިސްނާވާނެ އެވެ. މިހާތަނަށް މިނިސްޓްރީން ވަނީ މާލެ ސަރަހައްދުގައި ހުންނަ ނުވަ ތަނަކަށް ޓްރާންސިޓްގެ ގޮތުގައި ބޭނުން ކުރަން ހުއްދަ ދީފަ އެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ގެސްޓްހައުސްތަކާއި ހޮޓާތައް ހުންނަ މާލެ ސަރަހައްދުގައި އޮޕަރޭޓް ކުރަން ޓޫރިޒަމް މިނިސްޓްރީން ވަނީ 58 ހޮޓާ/ގެސްޓްހައުސްއަށް ހުއްދަ ދީފަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އަމަލު ނުކުރާތީ، މިފަހުން ބައެއް ގެސްޓްހައުސްތަކުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox