ޕީޖީ ޝަމީމާ ގުޅުވާ ޗެނަލް13 އިން ދެއްކި ވާހަކަތަކުގެ މައްސަލަ ބްރޯޑްކޮމުން ބަލަނީ

ޗެނަލް13ގެ ހަޖަމް ޕްރޮގްރާމްގެ ތެރެއިން: ބްރޯޑްކޮޮމުން ބަލަމުން ދަނީ މި ޕްރޮގްރާމުގައި ދެއްކި ވާހަކަތަކުގައި މީޑިއާގެ ކޯޑް އޮފް ކޮންޑަކްޓް ހިލާފުވީ މައްސަލަ. -- ފޮޓޯ: ފޭސްބުކް/ޗެނަލް13

ޗެނަލް13ގެ ހަޖަމް ޕްރޮގްރާމްގެ ތެރެއިން: ބްރޯޑްކޮޮމުން ބަލަމުން ދަނީ މި ޕްރޮގްރާމުގައި ދެއްކި ވާހަކަތަކުގައި މީޑިއާގެ ކޯޑް އޮފް ކޮންޑަކްޓް ހިލާފުވީ މައްސަލަ. -- ފޮޓޯ: ފޭސްބުކް/ޗެނަލް13

ޗެނަލް 13ގެ ޕްރޮގްރާމެއްގައި ދެއްކި ބޭއަދަބީ ވާހަކަތަކެއްގެ މައްސަލަ ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބަލަން ފަށައިފި އެވެ.

ބްރޯޑްކޮމުން ބުނީ ރޭގެ ވަގުތެއްގައި ޗެނަލް 13ގެ "ހަޖަމް" ޕްރޮގްރާމުގައި ދެއްކި ވާހަކަތަކުގެ މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޮންނަ އިޖުރާއަތްތަކުގެ ތެރެއިން އެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ވެސް ބްރޯޑްކޮމުން ބުންޏެވެ.

ސޯޝަލް މީޑީއާގައި ފެންނަން ހުރި ކްލިޕްތަކުގައި، އެ ޕްރޮގްރާމްގައި ވާހަކަ ދައްކަން ހުރި ޕްރެޒެންޓަރު ޕީޖީ ޝަމީމަށް ނިސްބަތްކޮށް ވަރަށް ހުތުރުކޮށް ވާހަކަތަކެއް ދެއްކި އެވެ.

އެ މައްސަލައިގައި ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސޯޝަލް މީޑިއާގައި ރައްޔިތުންގެ ކަންބޮޑުވުން ހުރިކަމަށް ފާހަގަކުރެވުމާ އެކު މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އާދިއްތަ ދުވަހު މި މައްސަލަ ބަލަން ކޮމިޝަނުގައި ތާވަލުކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގައި ދެއްކި ކޮން ވާހަކަތަކަކާ ގުޅިގެންތޯ ސުވާލުކުރުމުން މަރީ ވިދާޅުވީ، "ފެކްޓް ވެރިފައި ނުކޮށް" ވާހަކަތަކެއް އެ ޕްރޮގްރާމުގައި ދައްކާފައިވާތީ ކަމަށެވެ. އަދި އިތުރު މައުލޫމާތު ދެވޭނީ އޮންނަ އުސޫލުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ބްރޯޑްކޮމުން ވަނީ ޗެނަލް13ގެ ހަޖަމް ޕްރޮގްރާމްގެ މައްސަލަތަކެއް ބަލާފަ އެވެ. އެ ޗެނަލުން ދައްކާ ޕްރޮގްރާމްތަކުގެ ބަސް މަގު ރަނގަޅު ކުރަން އެންގުމުގެ އިތުރުން އެއް ޕްރޮގްރާމް ނުދައްކަން ވެސް ކޮމިޝަނުން އެންގި އެވެ. އަދި ތަފާތު އެކި ފަހަރު މަތިން މައާފަށް އެދުމަށް ވެސް ޗެނަލް13 އަށް ވަނީ އަންގައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox