ހޯލްސޭލާއި ރީޓެއިލް ފިޔަވާ ހުރިހާ ވިޔަފާރިއެއް ދަށަށް

ފިހާރައަކުން މީހަކު ވިޔަފާރި ކުރަނީ: އެމްއެމްއޭގެ ސާވޭގައި ބައިވެރިވި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އާމްދަނީ ދެވަނަ ކުއާޓާގައި ވެސް ރަނގަޅު. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ފިހާރައަކުން މީހަކު ވިޔަފާރި ކުރަނީ: އެމްއެމްއޭގެ ސާވޭގައި ބައިވެރިވި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އާމްދަނީ ދެވަނަ ކުއާޓާގައި ވެސް ރަނގަޅު. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ދެވަނަ ކުއާޓާގައި އިގުތިސޯދީ ދުވެލި މަޑުޖެހުމާ ގުޅިގެން ހޯލްސޭލާއި ރީޓެއިލް ދާއިރާގެ ވިޔަފާރިތައް ފިޔަވާ އެހެން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް އަސަރު ކުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން އިއްޔެ އާންމުކުރި ދެވަނަ ކުއާޓާގެ ކުއާޓަލީ ބިޒްނަސް ސާވޭގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ކުއާޓާގައި ޓޫރިޒަމާއި، ކޮންސްޓްރަކްޝަންގެ އިތުރުން ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގެ ވިޔަފާރި ހަރަކާތްތަކަށް އަސަރުކުރި އެވެ. އަދި މި ސާވޭގައި ބައިވެރިވި ގިނަ ވިޔަފާރިތަކުން ވަނީ އާމްދަނީ ހީނަރުވި ކަމަށް ބުނެފަ އެވެ.

ވިޔަފާރިތަކުގެ މާލީ ހާލަތަށް ބަލާއިރު، ދެވަނަ ކުއާޓާގައި ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގެ ވިޔަފާރިތައް ފިޔަވާ އެހެން ހުރިހާ ދާއިރާއެއްގެ ގިނަ ވިޔަފާރިތަކުގެ މާލީ ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ. އަދި ހުރިހާ ވިޔަފާރިތަކުން ވެސް ބުނީ ދަރަންޏަށް ފައިސާ ހޯދަން ކުރިޔަށް ވުރެ އުނދަގޫ ކަމަށެވެ.

ދެވަނަ ކުއާޓާގައި ގިނަ ވިޔަފާރިތަކަށް އަސަރު ކުރި ނަމަވެސް، ކޮންސްޓްރަކްޝަން ދާއިރާ ނޫން ވިޔަފާރިތަކުން އުއްމީދު ކުރަނީ ތިންވަނަ ކުއާޓާގައި ވިޔަފާރި ރަނގަޅު ވާނެ ކަމަށެވެ. ކޮންސްޓްރަކްޝަން ދާއިރާގެ ގިނަ ވިޔަފާރިތަކުން ލަފާކުރަނީ މި ކުއާޓާގައި ވެސް ވިޔަފާރިއަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ ޖުމްލަކޮށް ހުރިހާ ވިޔަފާރިއަކަށް ވެސް ދެވަނަ ކުއާޓާގައި ގެއްލުން ބޮޑެވެ އޭގެ ތެރެއިން ވެސް ޓޫރިޒަމާއި ކޮންސްޓްރަކްޝަން ވިޔަފާރިތަކުގެ އާމްދަނީއަށް ކުރި އަސަރު ބޮޑެވެ. މި ދާއިރާގެ ގިނަ ވިޔަފާރިތަކުން ބުނަނީ ތިންވަނަ ކުއާޓާގައި ވެސް ބަލިމަޑުކަމުގެ ސަބަބުން ލިބެމުންދާ ގެއްލުން ފޫނުބެދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox