މިފަހަރު ވެސް ރާއްޖެ ލައްވާލީ ޔޫކޭ ރެޑް ލިސްޓުގައި

ވެލާނާ އެއާޕޯޓުގެ ކައުންޓަރެއް ކައިރީގައި ޓޫރިސްޓަކު މަޑުކޮށްލައިގެން: ހުސްވި މަހުގެ ތެރޭގައި ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ވެލާނާ އެއާޕޯޓުގެ ކައުންޓަރެއް ކައިރީގައި ޓޫރިސްޓަކު މަޑުކޮށްލައިގެން: ހުސްވި މަހުގެ ތެރޭގައި ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

އިނގިރޭސި ވިލާތު ރައްޔިތުންނަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓުގެ އެންމެ ފަހުގެ އަޕްޑޭޓުގައި ވެސް ރާއްޖެ ހިމެނުނީ ރަތް ލިސްޓުގަ އެވެ.

އިއްޔެ އިނގިރޭސި ސަރުކާރުން އާންމުކުރި ދަތުރުކުރަން ރައްކާތެރި ގައުމުތަކުގެ ގްރީން ލިސްޓުން ޖާގަ ލިބުނީ ޔޫރަޕުގެ ހަތް ގައުމަކަށެވެ. އަދި އޮގަސްޓް 8 ވަނަ ދުވަހުން ފެށިގެން އެ ގައުމުތަކާއި، މިހާރު ލިސްޓުގައި އޮތް 33 ގައުމަކުން އިނގިރޭސި ވިލާތަށް ދަތުރުކުރާ މީހުން ކޮވިޑް ނެގެޓިވް ނަމަ ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ.

ގްރީން ލިސްޓަށް އޭޝިއާ ސަރަހައްދުގެ އެއްވެސް ގައުމެއް ނޭރި ނަމަވެސް، ވެކްސިން ޖަހާފައިވާ މީހުންނަށް ލުއި ލިބޭ އެމްބާ ލިސްޓުގައި އޭޝިއާގެ ހަތަރު ގައުމެއް ހިމެނެ އެވެ. އޭގެ ތެރޭގައި މި ސަރަހައްދުގެ ކޮވިޑުގެ ހާލަތު އެންމެ ގޯސްވި އިންޑިއާ ވެސް ހިމެނެ އެވެ.

މި ގައުމުތަކުން ދަތުރުކުރާ މީހުންގެ ތެރެއިން ވެސް ވެކްސިން ލުއި ލިބެނީ އިނގިރޭސި ސަރުކާރުން ގަބޫލުކުރާ ވެކްސިނޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ޖަހާފައިވާ މީހުން އެކަންޏެވެ. އެއީ އެ ގައުމުން ވެކްސިން ޖަހާ މީހުންނާއި ޔޫރަޕުގެ ގައުމަކުން ނުވަތަ އެމެރިކާގެ ވެކްސިނޭޝަން ޕްރޮގްރާމުތަކުން ތެރެއިން ވެކްސިން ޖަހާ މީހުންނެވެ.

އެހެން ކަމުން އޭޝިއާ ސަރަހައްދުގެ އެއްވެސް ގައުމަކުން ހިންގާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖަހާ މީހުންނަކަށް، މި ލުއިތަކެއް ނުލިބޭނެ އެވެ. އެކަމަކު ފަސް ދުވަހުގެ ތެރޭގައި ކޮވިޑް ނެގެޓިވް ނަތީޖާއަކާ އެކު ކަރަންޓީނުން ވީއްލުމުގެ ފުރުސަތު އޮންނާނެ އެވެ. އެހެން ނޫނީ ދިހަ ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހެ އެވެ.

އިނގިރޭސި ވިލާތަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓެކެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި އެ ގައުމު ހިމެނެ އެވެ. ނަމަވެސް ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެ މި އަހަރުގެ މެއި މަހު ރަތް ލިސްޓަށް އެރި ފަހުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

މިއީ ރާއްޖޭގައި ކޮވިޑް ނަމްބަރުތައް ކޮންޓްރޯލް ކުރެވުނު ފަހުން މި ލިސްޓު އަޕްޑޭޓް ކުރި ދެ ވަނަ ފަހަރެވެ. އެކަމަކު ދެ ފަހަރު ވެސް ރާއްޖެއަށް ލިސްޓުން އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. މި ލިސްޓު މުރާޖާކުރަނީ ކޮންމެ ތިން ހަފުތާއަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox