ދެކުނުގެ ޓޫރިޒަމް ދިރުވަން އަމިއްލަ ފަރާތަކުން ޗާޓަރު ފްލައިޓް ގެންނަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓް: ރިސޯޓް ލައިފުން ޗާޓާ ކުރާ ފްލައިޓްތައް ރަޝިއާއިން ދަތުރުކުރަނީ ގަން އެއާޕޯޓަށް. -- ފޮޓޯ: އިއުޖާޒް އަލީ/ގަން އިންޓަނޭޝަނަލް އެއާޕޯޓް

ގަން އިންޓަނޭޝަނަލް އެއާޕޯޓް: ރިސޯޓް ލައިފުން ޗާޓާ ކުރާ ފްލައިޓްތައް ރަޝިއާއިން ދަތުރުކުރަނީ ގަން އެއާޕޯޓަށް. -- ފޮޓޯ: އިއުޖާޒް އަލީ/ގަން އިންޓަނޭޝަނަލް އެއާޕޯޓް

ދެކުނުގެ އަތޮޅުތަކުގައި ހުރި ރިސޯޓްތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކަށް އިރުމަތީ ޔޫރަޕުން ޓޫރިސްޓުން ގެންނަން ހާއްސަ ޗާޓަރު ފްލައިޓްތަކެއް ފެށުމުގެ މަސައްކަތް ރިސޯޓް ލައިފް މޯލްޑިވްސްއިން ފަށައިފި އެވެ.

މި ޗާޓަރުތައް ފެށުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ރިސޯޓް ލައިފްގެ މެނޭޖިން ޑިރެކްޓަރު ޝާޒް ވަލީދް "އަދަދު"އަށް ވިދާޅުވީ، މިކަމަށް ބޭނުންވާ ހުއްދަތައް ނަގަން ސިވިލް އޭވިއޭޝަން އޮތޯރިޓީގައި މިހާރު އެދިފައިވާ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު ނޫނީ އޮކްޓޫބަރު މަހުގެ ތެރޭގައި ސީދާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފެށޭ ވަރު ވާނެ ކަމަށް ވިދާޅުވި އެވެ.

މި ޗާޓަރު ފްލައިޓްތައް ދަތުރުކުރާނީ ރަޝިއާއިން ސީދާ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ޔޫކްރެއިނުން ވެސް ސީދާ ދަތުރުތައް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ދަތުރުތައް ފެށުމާ ގުޅިގެން ޝާޒް ވިދާޅުވީ، މި ފްލައިޓްތައް އަޅައިގެން ބޭނުންވަނީ ދެކުނުގެ ޓޫރިޒަމް ތަރައްގީކުރަން ކަމަށެވެ. އަދި އަމާޒަކީ އައްޑޫ އަތޮޅާއި ހުވަދު އަތޮޅުގައި މިހާރު ވެސް ޓޫރިސްޓުންނަށް ގިނަ ޕްރޮޑަކްޓްތަކެއް ހުރި އިރު، ޑެސްޓިނޭޝަނެއްގެ ތެރެއިން ޑެސްޓިނޭޝަނެއް ދިރުވާލުން ކަމަށް ވިދާޅުވި އެވެ.

"ޓޫރިޒަމްގައި ތަސައްވުރެއް ހުރި މީހެއް ވެއްޖިއްޔާ އެނގޭނެ، ކުރިޔަށް އޮތް ތާނގައި އެންމެ ކުރިއަރާނީ ދެކުނުގެ ޓޫރިޒަމް ކަން. ރޫރަލް ޓޫރިޒަމްގެ ތެރެއަށް ވަދެގެން ޑެސްޓިނޭޝަން ތަރައްގީވާ ވަރަކަށް ވިޔަފާރި ވެސް ތަރައްގީ ވާނެ ކަމުގެ ޔަގީންކަން އެބައޮތް" ޝާޒް ވިދާޅުވި އެވެ.

މި ފްލައިޓްތައް ޖައްސާ ގަން އެއާޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ޝާޒް ވިދާޅުވީ، އެއާޕޯޓުގައި ރަނގަޅު ކުރަން ހުރީ ކުދިކުދި ކަންކަން ކަމަށެވެ. އަދި އެކަންކަން ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރާއި، އައްޑޫ އެއާޕޯޓްސް ހިންގާ އޭއައިއޭ ކުންފުނިން ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއާޕޯޓުގެ ރަންވޭއަކީ ބަރާބަރު ރަންވޭއެއް. ދެން ބައެއް ކަހަލަ އިންފްރާސްޓްރަކްޗާ ބޭނުން ނުކުރެވޭ މައްސަލަ. މިސާލަކަށް އިމިގްރޭޝަންގެ އެންމެ ކައުންޓަރެއް ހުރުން. އެކަމަކު ސަރުކާރާއި، އައްޑޫ އެއާޕޯޓް ހިންގާ ކުންފުނިން އެކަންކަން ހައްލުކުރާނެ ކަމުގެ ޔަގީންކަންދޭ. އަދި ފްލައިޓްތައް ފެށުމަށް ބާރުއަޅާ" ޝާޒް ވިދާޅުވި އެވެ.

ރިސޯޓް ލައިފުން އަމާޒު ހިފާފައިވަނީ މި ޗާޓަރު ފްލައިޓްތަކާ އެކު ރަސްމީކޮށް "ސައުތް ޓޫރިޒަމް" ބްރޭންޑް ލޯންޗް ކުރުމެވެ. އަދި މިހާރު ޖައްސާ ފްލައިޓްތަކަކީ މިއީ ދެކޮޅު ޖެހޭ ކަމެއްތޯ ބަލަން ކުރާ މަސައްކަތެއް ކަމުން، މިކަމުގެ ފީސިބިލިޓީއަށް ބަލާފައި އިތުރަށް މި މަސައްކަތް ފުޅާކުރުމުގެ ވިސްނުން ގެންގުޅެ އެވެ.

ޝާޒް ވިދާޅުވީ ހެޔޮ އަގުގައި ޓޫރިސްޓުންނަށް ސީޓް އޮފާކޮށްގެން ބޭޏުންވާ ވަރަށް ކެޕޭސިޓީ ލިބޭނެ ކަމަށެވެ. އަދި ރިސޯޓް ލައިފުން ޓޫރިސްޓުންނަށް ވިއްކާނީ މުޅި ޗުއްޓީގެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ކޮމްބައިންޑް ޕެކޭޖްތަކެއް ކަމުގައި ވިދާޅުވި އެވެ. އެގޮތުން ފްލައިޓް ޓިކެޓުން ފެށިގެން ގޮސް ޓްރާންސްފާ އަދި އެކޮމޮޑޭޝަން ހަރަދުތައް މި ޕެކޭޖްތަކުގައި ހިމެނެ އެވެ.

ރާއްޖޭގެ އިން-ބައުންޑް ޓްރެވަލް އެޖެންސީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ ރިސޯޓް ލައިފަކީ ރިސޯޓްތަކާއި، ހޮޓާތަކުގެ އިތުރުން ގެސްޓްހައުސް އަދި ސަފާރީތައް ވެސް ވިއްކާ ވިޔަފާރިއެކެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި އިރުމަތީ ޔޫރަޕުން ޓޫރިސްޓުން އަންނަ ޓޫރިސްޓުން އިތުރުވުމުގައި ބޮޑު ރޯލެއް އަދާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox