އުރީދޫ އަށް 16: ކާމިޔާބަކީ އަތްފޯރާފަށަށް މުވާސަލާތީ ހިދުމަތް ގެނައުން

އުރީދޫ އެންޓަނާއެއް ހަރުކުރުމުގެ މަސައްކަތް ކުރަނީ: ރާއްޖޭގެ ހުރިހާ ރަށަކަށް މޮބައިލް ކަވަރޭޖް ދިން ފުރަތަމަ ކުންފުންޏަކީ އުރީދޫ. -- ފޮޓޯ: އުރީދޫ މޯލްޑިވްސް

އުރީދޫ އެންޓަނާއެއް ހަރުކުރުމުގެ މަސައްކަތް ކުރަނީ: ރާއްޖޭގެ ހުރިހާ ރަށަކަށް މޮބައިލް ކަވަރޭޖް ދިން ފުރަތަމަ ކުންފުންޏަކީ އުރީދޫ. -- ފޮޓޯ: އުރީދޫ މޯލްޑިވްސް

"އޭރު ދިވެހިން މިދަންނަ ޓެލެކޮމް ހިދުމަތެއް ރާއްޖެއަކަށް ނުލިބޭ. އެއީ ބޮޑު ޓޯކީގައި ރަށްރަށުގެ ކަތީބުން އަތިރި މައްޗަށް ނުކުމެ ރަށުގެ ހާލަތު އަންގަން އަތޮޅު އޮފީހަށް ގުޅައި އުޅުނު ޒަމާން،" ރާއްޖެއަށް ޓެލެކޮމް ހިދުމަތް ދޭން މީގެ 16 އަހަރު ކުރިން އުރީދޫ (އޭރު ވަތަނިއްޔާ) އިން ފެށި ދަތުރު ހަނދާނަށް ގެންނަމުން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވި އެވެ.

އޭރު އުރީދޫއަށް ދިމާވީ ގޮންޖެހުން ބޮޑު މަސައްކަތެކެވެ. ގައުމު ތަރައްގީވެފައި އޮތް ގޮތުން ކުރަން ޖެހުނު މަސައްކަތަކީ މިހާރު ވަޒަންކުރަން ވެސް އުނދަގޫ މަސައްކަތެކެވެ. މުވާސަލާތް ކުރުމާއި ރަށްރަށަށް މުދާ އުފުލުމާއި މުދާ ބޭލުމުގައި ހުރި ދަތިތަކާ އެކު އުރީދޫގެ ނެޓްވޯކް ގާއިމްކުރަން ގިނަ ހުރަސްތަކެއް ގިރާކުރަން ޖެހުނެވެ.

މި ދަތި އުނދަގޫތަކާ އެކު ވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުރީދޫއިން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މޯބައިލް ކަވަރޭޖް ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވެފަ އެވެ. އަދި ފަސްޖެހުމެއް ނެތި ކުންފުނި ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރަމުންނެވެ.

އުރީދޫ މުވައްޒަފުންތަކެއް  ބޮއްކުރާއަކަށް އަރަނީ: ބައެއް ރަށްރަށުގައި ބަނދަރު ނުހުންނާތީ ހިދުމަތް ދޭން ބޭނުންވާ އިންފްރާސްޓްރަކްޗާ ގެންދަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި. -- ފޮޓޯ: އުރީދޫ
އުރީދޫ މުވައްޒަފުންތަކެއް ބޮއްކުރާއަކަށް އަރަނީ: ބައެއް ރަށްރަށުގައި ބަނދަރު ނުހުންނާތީ ހިދުމަތް ދޭން ބޭނުންވާ އިންފްރާސްޓްރަކްޗާ ގެންދަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި. -- ފޮޓޯ: އުރީދޫ

އުރީދޫ މުވައްޒަފުންތަކެއް ބޮއްކުރާއަކަށް އަރަނީ: ބައެއް ރަށްރަށުގައި ބަނދަރު ނުހުންނާތީ ހިދުމަތް ދޭން ބޭނުންވާ އިންފްރާސްޓްރަކްޗާ ގެންދަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި. -- ފޮޓޯ: އުރީދޫ

ކޮލިޓީ ޓެލެކޮމް އެންމެނާ ހަމަޔަށް ހެޔޮ އަގެއްގައި

އުރީދޫގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި، ނިޔާޒް ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އެންމެ ބޮޑު ކާމިޔާބަކީ އާންމު މީހާޔަށް ވެސް މުވާސަލާތީ ހިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމެވެ. އެގޮތުން އުރީދޫން ހިދުމަތްދޭން ފެށުމުން އުފެދުނު ވާދަވެރިކަމުގެ ތެރެއިން ރާއްޖޭގައި "އެކްސްކްލޫސިވް" ކޮށް އޮތް މުވާސަލާތީ ހިދުމަތް "އިންކްލޫސިވް" ކުރެވިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުވާސަލާތީ ހިދުމަތުގެ އަގު ހެޔޮ ކުރެވިއްޖެ. ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް މޯބައިލް ހިދުމަތްތައް ތައާރަފުކުރެވިއްޖެ. ކުރިން އަގު ދައްކައިގެން ލިބުނު ކޯލާ އައިޑީ ހިދުމަތް ހިލޭކޮށްލެވިއްޖެ. އަދި އެންމެ ފަހުގެ ޓެކްނޮލޮޖީތައް ރާއްޖޭގެ އާބާދީއަށް ލިބޭ ގޮތް ވެއްޖެ،" ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އުރީދޫގެ އަބަދުގެވެސް އެންމެ އިސް އަމާޒަކަށްވީ ރާއްޖޭގައި ފޯރުކޮށްދޭ ޓެލެކޮމް ފެންވަރުގެ ހިދުމަތުގެ ރަނގަޅު ކުރުމެވެ. މިކަމަށް އެ ކުންފުނިން ކުރި އިންވެސްޓްމަންޓްތަކުގެ ތެރޭގައި ފޯން ކޯލުގެ ކޮލިޓީ ރަނގަޅުކުރަން ރާއްޖޭގެ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމާއި، ޑޭޓާ ކޮލިޓީ ރަނގަޅު ކުރަން އިތުރު ކޭބަލެއް އެޅުން ހިމެނެ އެވެ. އަދި މުވާސަލާތީ ދާއިރާގެ ފަހުގެ އީޖާދުތަކުގެ ތެރެއިން 3ޖީ، 4ޖީ އަދި 5ޖީ ހިދުމަތް ތައާރަފުކުރުން ކުރުން ވެސް ހިމެނެ އެވެ.

އުރީދޫއިން 2015 ގައި ގުޅާލި ސަބްމެރިން ކޭބަލްގެ މަސައްކަތް ކުރަނީ: ރާއްޖެއަށް އެންމެ ފުރަތަމަ ސަބްމެރިން ކޭބަލެއް އެޅީ އުރީދޫއިން. -- ފޮޓޯ: އުރީދޫ މޯލްޑިވްސް
އުރީދޫއިން 2015 ގައި ގުޅާލި ސަބްމެރިން ކޭބަލްގެ މަސައްކަތް ކުރަނީ: ރާއްޖެއަށް އެންމެ ފުރަތަމަ ސަބްމެރިން ކޭބަލެއް އެޅީ އުރީދޫއިން. -- ފޮޓޯ: އުރީދޫ މޯލްޑިވްސް

އުރީދޫއިން 2015 ގައި ގުޅާލި ސަބްމެރިން ކޭބަލްގެ މަސައްކަތް ކުރަނީ: ރާއްޖެއަށް އެންމެ ފުރަތަމަ ސަބްމެރިން ކޭބަލެއް އެޅީ އުރީދޫއިން. -- ފޮޓޯ: އުރީދޫ މޯލްޑިވްސް

ކުންފުނީގެ ކުރީ ސަފުގައި ފަންނީ ދިވެހިން

ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން، އުރީދޫގެ އެންމެ ބޮޑު ކާމިޔާބީގެ ތެރޭގައި ގުނާ އަނެއް ކަމަކީ މި ދާއިރާއަށް ފަންނީ ދިވެހިން ބިނާކުރުމެވެ. އަދި އެ ދިވެހިންނަށް ކުންފުނީގެ އިސް މަގާމުތައް އަދާކުރަން ފުރުސަތު ދިނުމެވެ. މިހާރު ރާއްޖޭގައި ހިންގާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން މެނޭޖްމަންޓް ފެންވަރުގައި މަސައްކަތްކުރާ ދިވެހިން އެންމެ ގިނަ ކުންފުނިތަކުގެ ތެރޭގައި އުރީދޫ ހިމެނޭ ކަމީ، އެ ކުންފުނިން އުފަލާއެކު ފާހަގަކުރާ ކަމެކެވެ.

ދިވެހިން ބިނާކުރުމުގެ އިތުރަށް އުރީދޫއިން ރަށްރަށުގައި ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ފޯމިއުލާއަކީ ވެސް ބޮޑު ކާމިޔާބީއެކެވެ. އެގޮތުން ރަށުގެ ކޭބަލް އޮޕަރޭޓަރުންނާ ގުޅިގެން ހިދުމަތް ދޭން ނިންމުމަކީ ދިވެހި ވިޔަފާރިތަކަށް ހުޅުވާލެވުނު މުހިންމު ދޮރެއްގެ ގޮތުގައި އެ ކުންފުނިން ދެކެ އެވެ. އަދި މި ޕާޓްނާޝިޕްގެ މަންފާ އުރީދޫއާ އެއްވަރަށް އެ ވިޔަފާރިތަކަށް ވެސް ކުރާ ކަމީ އެ ކުންފުނިން ފަހުރުވެރިވާ ކަމެކެވެ.

މިއަދު އުރީދޫއަކީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ. އުރީދޫ އަކީ މަލްޓިނޭޝަނަލް ކުންފުންޏަކަށް ވިޔަސް އެއީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހިއްސާ ވިއްކާ ދިވެހި ޕަބްލިކް ކުންފުންޏެކެވެ. ރާއްޖޭގެ އެންމެ ބޮޑު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން މިއަދު ރާއްޖެ މިދެކޭ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ.

ވަތަނިއްޔާގެ ނަމުގައި ކުންފުނި ހިންގި އިރުގެ މުވައްޒަފުން: އުރީދޫއިން ދިވެހިން ބިނާކުރަން ހާއްސަ ސަމާލުކަމެއްދޭ އަދި ކުންފުނީގައި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރި މުވައްޒަފުން މިއަދުވެސް އެބަތިބި. -- ފޮޓޯ: އުރީދޫ
ވަތަނިއްޔާގެ ނަމުގައި ކުންފުނި ހިންގި އިރުގެ މުވައްޒަފުން: އުރީދޫއިން ދިވެހިން ބިނާކުރަން ހާއްސަ ސަމާލުކަމެއްދޭ އަދި ކުންފުނީގައި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރި މުވައްޒަފުން މިއަދުވެސް އެބަތިބި. -- ފޮޓޯ: އުރީދޫ

ވަތަނިއްޔާގެ ނަމުގައި ކުންފުނި ހިންގި އިރުގެ މުވައްޒަފުން: އުރީދޫއިން ދިވެހިން ބިނާކުރަން ހާއްސަ ސަމާލުކަމެއްދޭ އަދި ކުންފުނީގައި ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރި މުވައްޒަފުން މިއަދުވެސް އެބަތިބި. -- ފޮޓޯ: އުރީދޫ

މި ހުރިހާ ކަމެއްގެ ޝުކުރު އުރީދޫއިން އަދާކުރަން ބޭނުންވީ ކުންފުނީގެ ހީވާގީ މުވައްޒަފުންނާއި ވަފާދާރު ކަސްޓަމަރުންނަށާއި ވިޔަފާރީގެ ބައިވެރިންނަށެވެ. މުސްތަގުބަލުގައި ވެސް ދިވެހިންނާ "އެކު" ކުރިޔަށްދާން އޮތީ ތައްޔާރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox