އެފްޑީސީ ފްލެޓުތަކުގެ އަގު ބޮޑުކޮށްފި: ދެ ކޮޓަރި 8,000ރ. އަށް, ތިން ކޮޓަރި 10,500ރ. އަށް

ހުޅުމާލޭގައި އެފްޑީސީން އިމާރާތްކުރަމުުން އަންނަ ފްލެޓުތައް: މި ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު އިއުލާންކުރީ ދޮޅު އަހަރު ފަހުން --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ހުޅުމާލޭގައި އެފްޑީސީން އިމާރާތްކުރަމުުން އަންނަ ފްލެޓުތައް: މި ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު އިއުލާންކުރީ ދޮޅު އަހަރު ފަހުން --- ފޮޓޯ: އަބްދުالله އިޔާން/އަދަދު

ގެދޮރުވެރިޔާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފްލެޓުތަކަށް ކުރީ ސަރުކާރުން ކަނޑައެޅި ކުލިން ހަރަދުުތައް ފޫނުބެދޭ ކަމަށް ބުނެ ފްލެޓުތަކުގެ ކުލި ބޮޑުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ފްލެޓު ލިސްޓާ ގުޅޭ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތޮލިބު ވިދާޅުވީ, ކުރީ ސަރުކާރުން ފްލެޓުތަކުގެ އަގުތައް ކަމުގައި ކަނޑައެޅި އަދަދުތަކަކީ, ފްލެޓުތައް އިމާރާތްކުރަން ނެގި ލޯނުތައް ދެއްކޭ ވަރުގެ އަދަދެއް ނޫން ކަމަށެވެ.

"މި އަދަދުތަކަކީ ދައުލަތުން ލޯނު ދައްކަން ޖެހޭ ފައިސާއަށް ބަލައި, އެސެސްމަންޓު ހަދާފައި ކަނޑައަޅާފައި ހުރި އަދަދުތަކެއް ނޫން. އަދި ސަރުކާރުން [] މިހާތަނަށް ކުރިއަށް ގެންގޮސްފައި ހުރި މަޝްރޫއުތަކުން ނަގަން ކަނޑައަޅާފައި ހުރި އަދަދަށް ބަލާފައި ވެސް, ކަނޑައަޅާފައި ހުރި އަދަދުތަކެއް ނޫން," މުއްތޮލިބު ވިދާޅުވި އެވެ.

Advertisement

ކުރީ ސަރުކާރުން ކުރި އިއުލާނުގައި އޮތީ ދެ ކޮޓަރި އެޕާޓަމަންޓަކަށް 5,000ރ. އަދި މެއިންޓެނަންސް ފީއަށް 1000ރ. އަދި ތިން ކޮޓަރި އެޕާޓްމަންޓަކަށް 7,000ރ. އަދި މެއިންޓެނަންސް ފީއަށް 1,000ރ. އެވެ. މުއްތޮލިބު ވިދާޅުވީ މިއީ އިންސާފުވެރިކޮށް ކަނޑައަޅާފައި ހުރި އަދަދުތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެފްޑީސީގެ ދެ ކޮޓަރީގެ ފްލެޓުތަކުން ނަގާ އަގު

  • މަހު ކުލި - 7,000ރ
  • މެއިންޓެނަންސް ފީ - 1,000ރ.
  • މަހަކު ދައްކަން ޖެހޭ ޖުމްލަ - 8,000ރ.
  • ސެކިއުރިޓީ ޑިޕޮސިޓި - 15,000ރ.

ތިން ކޮޓަރީގެ ފްލެޓުތަކުން ނަގާ އަގު

  • މަހު ކުލި - 9,000ރ.
  • މެއިންޓެނަންސް ފީ - 1,500ރ.
  • މަހަކު ދައްކަން ޖެހޭ ޖުމްލަ - 10,500ރ.
  • ސެކިއުރިޓީ ޑިޕޮސިޓު - 25,000ރ.

މިކަމަށް ބާރު ދޭން އޭނާ މިސާލަކަށް ނެންގެވީ ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރިން ނަގަމުން އައި 7,000ރ. އެވެ. މި ސަރުކާރުން އެ އަދަދު 3,984ރ. އަށް ކުޑަކޮށްފަައިވާއިރު, މުއްތޮލިބުގެ ވާހަކައިގައި މި އަގަށް އެއްވެސް ވަރަކަށް ރިއާޔަތްނުކުރަައްވަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުން ނަމަ މިހާރު ކަނޑައަޅާފައި ހުރި އަދަދުތަކަކީ ވެސް, ލޯނު ދެއްކޭ ވަރުގެ އަދަދުތަކެއް ނޫނެވެ. އަދި ލޯނު ދެއްކޭ ވަރަށް ފައިސާ ހޯދާ ނަމަ ދެ ކޮޓަރީގެ ފްލެޓަކުން މަހު ކުއްޔަށް 9,000ރ. އަދި ތިން ކޮޓަރީގެ ފްލެޓުތަކުން މަހު ކުއްޔަށް 13,000ރ. ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން ހިންގާ މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ހިންގަން ޖެހޭނީ ވީހާ ވެސް ބަޖެޓަށް ބުރަ ނުވާ ގޮތަށް, ދެމެހެއްޓެނިވި ގޮތެއްގައި ކަމުގައި ވާތީ މި އަގުތައް ކަނޑައެޅީ" ކުލި ބޮޑު ކުރަން ނިންމި ސަބަބާ ގުޅޭ ގޮތުން މުއްތޮލިބު ވިދާޅުވި އެވެ.

މިހާރު ކަނޑައަޅާފައިވާ އަގުތަކަކީ ސަރުކާރުން ހަރަދުގެ ބައެއް ސަބްސިޑައިޒް ކުރާ ގޮތަށް ކަނޑައަޅާފައި ހުރި އަގުތަކެކެވެ. މިނިސްޓަރު ވިދާޅުވި މި އަގުގައި ވެސް ލޯނު ދެއްކުމަށް ޓަކައި އަހަރަކު ގާތްގަނޑަކަށް 100 މިލިއަނެއްގައި ރުފިޔާ ސަރުކާރުން ހަރަދު ކުރަން ޖެހޭނެ ކަމަށެވެ.

އެފްޑީސީގެ ފްލެޓު މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ 15 ޕަސެންޓު އިކުއިޓީ ފިޔަވައި ބާކީ ހުރިހާ ހަރަދެއް ކުރަނީ ލޯނުންނެވެ. މުޅި ޖުމްލަ ޕްރޮޖެކްޓުގެ އަގަކީ, އިންޓްރެސްޓާ ނުލައި, 267 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox