ނުއަގުގައި ގޯތި ދިނުމަށްފަހު، ދެން އެހެން ގޯތި ނުދޭނެ ކަމަށް މުއްތަލިބު ވިދާޅުވެއްޖެ

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތައް ހައްލުކުރަން މީގެފަހުން ފޮނުވާނީ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ---- ފޮޓޯ: އަދަދު

ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތައް ހައްލުކުރަން މީގެފަހުން ފޮނުވާނީ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ---- ފޮޓޯ: އަދަދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ނުއަގުގައި މީހަކަށް ގޯއްޗެއް ވިއްކި މައްސަލައަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، ދެން އެގޮތަށް ގޯތި ނުދޭން ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ. 

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ މިނިސްޓްރީން ގޮތް ކަނޑަނާޅައި އެފަދަ މައްސަލަތައް އެޓާނީ ޖެނެރަލް އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. 

"ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި އަމަލުކުރުމަށް މީގެ ފަހުން ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސް އަށް،" މުއްތަލިބު ވިދާޅުވި އެވެ. 

މިގޮތުން ހައުސިން މިނިސްޓްރީން މީގެ ފަހުން މިފަދަ މައްސަލަތަކުގައި ދެން އަމަލުކުރާނީ އޮފީސް ފޯ ސިވިލް ރައިޓްސް އިން އަންގާ ގޮތެއްގެ މަތިން ކަމަށްވެސް މުއްތަލިބު ވިދާޅުވި އެވެ. 

ސޯޝަލް މީޑިއާގައި ލީކުވެފައިވާ ހައުސިން މިނިސްޓްރީގެ މެމޯއެއްގައި ބުނެފައިވާ ގޮތުން ޒާހިރު އަށް ހުޅުމާލެއިން 1250 އަކަފޫޓުގެ ބިމެއް ވިއްކަން ނިންމާފައި ވަނީ 468،750ރ. އަށެވެ. އެއިރުން އަކަފޫޓަކަށް ޖެހެނީ އެންމެ 375ރ. އެވެ. 

ހުޅުމާލޭގައި އެންމެ ފަހުން ވިޔަފާރި އުސޫލުން ބިން ވިއްކާފައި ވަނީ 4000ރ. އާއި 4500ރ. ދެމެދުގެ އަގެއްގަ އެވެ.  އެހެންކަމުން އަހުމަދު ޒާހިރަށް ބިން ވިއްކާފައި ވަނީ މާކެޓު އަގަށް ވުރެ ބޮޑު ޑިސްކައުންޓެއް ދީފަ އެވެ. 

 އެކަމުގެ މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް އަދި އަދަދު އާ ވާހަކަ ދައްކަމުން ބުނީ ޒާހިރަށް ނުއަގުގައި ގޯތި ވިއްކަން ހައުސިން މިނިސްޓްރީއަށް އެންގީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. ޒާހިރަކީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރެކެވެ.

މިކަން ދިފާއުކޮށް ހައުސިން މިނިސްޓްރީން ކުރިން ބުނީ އަހުމަދު ޒާހިރުއަށް އަގުހެޔޮކޮށް ހުޅުމާލެއިން ގޯއްޗެއް ވިއްކީ، 2003 ވަނަ އަހަރު އޭނާއަށް ހުޅުމާލޭގެ އެއްވަނަ ފިޔަވަހިން ގޯއްޗެއް ވިއްކަން އޭރުގެ ސަރުކާރުން ނިންމާފައި އޮތް ނިންމުމަކާ އެއްގޮތަށް ކަމަށެވެ.

އެގޮތުން، ޒާހިރުއަށް ގޯއްޗެއް ވިއްކާފައި އޮތީ ޑިސެމްބަރު 22، 2003، ގައި އޭރުގެ ސަރުކާރުން "މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕެމްންޓު ބޯޑު" މެދުވެރިކޮށް ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ތެރެއިން ހުޅުމާލޭގެ ރަށު ތެރެއިން ވިއްކި 56 ގޯތީގެ ދަށުންކަން ރަސްމީ ލިޔެކިޔުންތަކުން ފެންނަން އޮތް ކަމަށް މިނިސްޓްރީން ބުންޏެވެ. 

މި  މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ވަނީ ހުށަހަޅާފަ އެވެ. އެކަމަކު އެ މުއާމަލާތް އެ ކޮމިޝަނުން ބިން ވިއްކުމުގެ މުއާމަލާތް ނުހުއްޓުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox