އާރުޑީސީއަށް ނުހެދުނު އައްޑޫގެ މަގުތައް ހަދަން އެހެން ކުންފުންޏަކާ ހަވާލުކުރަނި

ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު: އައްޑޫ މަގުތައް ހެދުން ލަސްވެގެން އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ޕީއެންސީ

ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު: އައްޑޫ މަގުތައް ހެދުން ލަސްވެގެން އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ޕީއެންސީ

އައްޑޫ ސިޓީގެ ލިންކްރޯޑާއި އެހެނިހެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް ކުރިއަށް ނުގެންދެވިގެން އެ މަޝްރޫއު އެހެން ކުންފުންޏަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ ވިދާޅުވެއްޖެ އެވެ. 

ޕީއެންސީގެ ކޮންގްރެސްގައި މުއްތަލިބު ވިދާޅުވީ އައްޑޫ މަގުތައް ހެދުން މެޝިނަރީސް ގެނެސްގެން ވެސް އާރްޑީސީއަށް ކުރިއަށްގެންދަން ގޮންޖެހުންތައް ދިމާވުމާ ގުޅިގެން، އެ މަޝްރޫއު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ވަރަށް ރަނގަޅު ކުންފުންޏަކާ އެންމެ ލަސްވެގެން އަންނަ ހަފުތާގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށެވެ. 

"އަޅުގަނޑުމެން މަސައްކަތްކޮށްފިން އާރްޑީސީއާ ހަވާލުކޮށްގެން މަސައްކަތް ފެށޭތޯ، އާރްޑީސީ އޮތް ހާލަތުން އެހާ ފަސޭހަ ކަމަކަށް ނުވި މެޝިނަރީސް ގެނެސްގެންވެސް އެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް ސީދާ ފަހިވެގެނެއް ނުދިޔަ އަޅުގަނޑުމެންނަށް،" ކޮންގްރެސްގައި ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި މުއްތަލިބު ވިދާޅުވި އެވެ. 

Advertisement

"އެހެންވީމަ މިހާރު އަޅުގަނޑުމެން މި މަސައްކަތްކުރަނީ އިރާދަކުރެއްވިއްޔާ މި ހަފްތާ ނިންމާފައި، ލަސްވެގެން އަންނަ ހަފްތާ ތެރޭގައި އަޅުގަނޑުމެން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދެވޭނެ ކޮންޓްރެކްޓަރަކާ އަޅުގަނޑުމެން ހަވާލުކޮށްދޭނަން. ވަރަށް ރަނގަޅަށް މަސައްކަތްކުރާ ކޮންޓްރެކްޓަރަކަށް،" މުއްތަލިބު ވިދާޅުވި 

މުއްތަލިބު ވިދާޅުވީ އަމާޒަކީ އައްޑޫ މަގުތައް ހެދުމުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ފެށުން ކަމަށާއި އެންމެ ބޮޑު އިސްކަން ދޭނީ ލިންކްރޯޑުން ހަލާކުވެފައި އޮތްބައި ނިންމުމަށް ކަމަށެވެ. އެގޮތުން ލިންކް ރޯޑު ހަތަރު ލޭނަށް އިތުރުކޮށް ތާރުއަޅައި ނިންމުމަށްފަހު ސައިޑްވޯކްގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

"ހަވާލުކޮށްފައި އިރާދަކުރެއްވިއްޔާމުން އަންނަ މަސް ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށޭތޯ، އެހެންވީމަ އަޅުގަނޑުމެން ބަލާނީ ލިންކްރޯޑުގެ މަސައްކަތް ކުރުމަށް. މާނައަކީ މިހާރު އޮތްތަން، ހަލާކުވެފައި އޮތްބައި ހަތަރު ލޭނަށް ބަދަލުކޮށްފައި އެތާގައި ތާރު އަޅާފައި ދެން ހުރި ބައިގައިވެސް ތާރު އަޅާފައި ރަނގަޅަށް ހަދާނަން. އޭގެ ފަހުގައި ސައިޑްވޯކްގެ މަސައްކަތް ދާނީ. އެހެންވީމަ އެންމެ މުހިންމު ކަމަކަށްދޭނީ ލިންކް ރޯޑު ހެދުން،" މުއްތަލިބު ވިދާޅުވި އެވެ. 

އައްޑޫ ލިންކްރޯޑާއި އެހެނިހެން މަގުތައް ހެދުމުގެ މަޝްރޫއު މިދިޔަ އަހަރު ފެށޭނެ ކަމަށް ފެބްރުއަރީ 5، 2025، ގެ ރިޔާސީ ބަޔާނުގައި މުއއިްޒު ވިދާޅުވި ފަހުން އެ މަޝްރޫއު އާރްޑީސީއާ އެޕްރިލް 8، 2025 ގައި ހަވާލުކުރި އެވެ. ނަމަވެސް އަހަރު ނިމިގެންދިޔައިރުވެސް މަޝްރޫއު ފެށިފައެއް ނުވެ އެވެ. 

"އައްޑޫ ލިންކް ރޯޑާއި، އެހެނިހެން މުހިއްމު މަގުތައް، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް، މި އަހަރު ފެށިގެންދާނެ،" މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވި އެވެ. 

އައްޑޫ މަގުތައް ހެދުން އާރްޑީސީއާ ހަވާލުކުރީ 829 މިލިއަން ރުފިޔާއަށް، 11 މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ލިންކްރޯޑުގެ  67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރުއެޅުމާއި ފޭދޫގައި ފެންހިންދާ ނިޒާމު ގާއިމްކުރުމާއި މަގުމަތީގައި ނިޝާންތައް ހަދައި ބޯޑު ހަރުކުރަން އޮތީ ރާވާފަ އެވެ. 

މި މަޝްރޫއު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދެން ހަވާލުކުރާނީ ކޮން ކުންފުންޏަކާ ކަމެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އައްޑޫގެ ލިންކްރޯޑުގެ ބޮޑުބައެއް ހަލާކުވެފައިވާތީ އެކަމާގުޅިގެން ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox